24 މާޗް

March 24, 2020 35
އެޕަލްގެ އެޕް ސްޓޯރު ރާއްޖެ އަށް

އެޕަލް އިން މި އަހަރު އެ ކުންފުނީގެ އެޕް ސްޓޯރުގެ ހިދުމަތް އަލަށް ދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިފި އެވެ.

17 މާޗް

March 17, 2020
ކޮވިޑް-19އާ ގުޅުން ހުރި އެޕްތައް އެޕަލް އިން ބަލަނީ

ކޮރޯނާވައިރަސް އަދި ކޮވިޑް-19އާ ގުޅޭ މައުލޫމާތު ހިމެނޭ އެޕްލިކޭޝަންތައް، އެޕަލް އެޕް ސްޓޯރަށް ލުމުގައި، ސަމާލުވާންޖެހޭ ކަންކަން އެޕަލް އިން ކިޔައިދީފި އެވެ. މި ކަންކަމަށް ބަލާއިރު، އެޕަލް އިން ދޭން ބޭނުންވާ މެސެޖަކީ، ސައްހަކަން ކަށަވަރުވެފައި ނެތް އަދި ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް އެޕްލިކޭޝަނެއް، އެޕް ސްޓޯރުގައި...

08 މާޗް

March 08, 2020
އެޕްގެލަރީން ލިބޭ ހުރިހާ ފައިސާއެއް ޑިވެލޮޕަރަށް

ގޫގުލްގެ އެންޑްރޮއިޑް ސާވިސްތަކާ ނުލައި، ވާވޭ ސްމާޓްފޯނުތައް ވިއްކުމަށް އޮތް އެންމެ މޮޅު ގޮތެއް ކަމަށް ވާވޭ އަށް ވިސްނިފައި ވަނީ، އަމިއްލަ އެޕްލިކޭޝަން ސްޓޯރެއް އުފެއްދުމެވެ. އެއީ ވާވޭ "އެޕްގެލަރީ" އެވެ. އަމިއްލަ އެޕް ސްޓޯރެއް އުފެއްދުމަށް ވާވޭ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިވެލޮޕަރުންގެ ރުހުމެވެ.

16 އޯގަސްޓް

August 16, 2018 1
އެޕަލް އެޕްލިކޭޝަންތަކަށް މަހު ފީ ނަގަނީ

އެޕަލް އެޕް ސްޓޯރުގައި ހުރި އެޕްލިކޭޝަންތަކުގެ ތެރެއިން ގަނޑުކޮށް އެއްފަހަރު އަގުދެއްކުމުން އަމިއްލަވާ ގޮތަށް ހުރި އެޕްތަކަށް އަގުނަގާ ގޮތް ބަދަލުކޮށް، އެއީ މަހު ފީ ދައްކަންޖެހޭ އެޕްލިކޭޝަންތަކަކަށް ހަދަން ޑިވެލޮޕަރުންގެ ކިބައިން އެޕަލް އެދެފި އެވެ. ބޭނުމަކީ އެޕަލް އަށް ފައިސާ ލިބެން ހުރި ގޮތްތައް އިތުރުކޮށް އަދި އެއީ ދާއިމަށް...

27 ޖޫން

June 27, 2018 2
އެޕަލްގެ ކުރީގެ ޑިރެކްޓަރު އައިލެންޑާސް ހޮލޯގޯ ވޯލްޑަށް

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ ޑިރެކްޓަ އޮފް އެޑިއުކޭޝަންގެ މަގާމުގައި ކުރިން ހުންނެވި މަޝްހޫރު ޓެކް އިންވެސްޓަރު އެލަން ގްރީންބާގް، އައިލެންޑާސް އެޑިއުކޭޝަނާއި ޕްރޯ ޑިޒައިނާސްގެ ހޮލޯގޯ ވޯލްޑާ ގުޅިވަޑައިގެންފި އެވެ.

11 ޖޫން

June 11, 2018
އެޕަލް އެޕްތައް ގަތުމުގެ ކުރިން އަޖުމަބަލަނީ

އެއްޗެއް ގަތުމުގެ ކުރިން އަޖުމަބެލުމަށް ނުވަތަ ރަހަބެލުމަށް ފުރުސަތުދިނުމަކީ ވިޔަފާރިވެރިން ކުރާ ކަމެކެވެ. އެ ގޮތުގައި ގިނަ ފަހަރު އެ އެއްޗެއް ވިކޭ ގޮތްވެ އެވެ.

17 އޯގަސްޓް

August 17, 2017 5
"މިހާރު"ގެ އައިއޯއެސް އެޕް ލޯންޗް ކޮށްފި

ކިޔުންތެރިންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް "މިހާރު"ން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ހަދިޔާއެއް މިއަދު ދީފި އެވެ؛ އެ މީހަކު ކިޔާ ހިތްވާ ޚަބަރުތަކެއް އަމިއްލަ އަށް ހިޔާރު ކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ ދިވެހި އައިއޯއެސް އެޕް "މިހާރު"ން މި ވަނީ ލޯންޗުކޮށްފަ އެވެ.

03 އޯގަސްޓް

August 03, 2017
އެފަލް އަށް 8.7 ބިލިޔަން ޑޮލަރުގެ ފައިދާއެއް

އާ ޕްރޮޑަކްޓްތަކާ އެކު އެޕަލްގެ ވިޔަފާރި ކުރިއެރުމާ ގުޅިގެން ދެ ވަނަ ކުއާޓަރުގެ ފައިދާ 12 ޕަސެންޓަށް އިތުރުވެ، 8.7 ބިލިޔަން ޑޮލަރަށް އަރައިފި އެވެ.

31 ޖުލައި

July 31, 2017 1
ޗައިނާ އެޕް ސްޓޯރުން ވީޕީއެން އެޕްތައް ނަގަނީ

އެޕަލް އަށް ބަޔަކު ކިތަންމެ ބިރެއް ދެއްދި ނަމަވެސް، ކަަސްޓަމަރުން ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ކަމަށް ބެލެވެ އެވެ. އައިފޯނެއް ހުޅުވަން އެފްބީއައި އިން ކުރި އަމުރަށް ވެސް އެޕަލް ކިޔަމަންނުވީ ކަސްޓަމަރުންގެ ހައްގުގަ އެެވެ. އެހެން ނަމަވެސް، މި ހަރުދަނާކަމުގައި އެޕަލް އަށް ދެމިއޮވެވޭނީ ކިހާ ދުވަހަކުބާ އެވެ؟

05 ޖޫން

June 05, 2017 3
އެޕަލް އިން ޑިވެލޮޕަރުންނަށް 70 ބިލިއަން ޑޮލަރު

އެޕަލް އެޕް ސްޓޯރުގެ ދިރުމަކީ ޑިވެލޮޕަރުން ކަމަށް ސިފަކޮށް އެ ކުންފުނިން ވާހަކަދައްކައިފި އެވެ. އައިފޯން އަދި އައިޕެޑް ފަދަ އެޕަލްގެ ޑިވައިސްތަކަށް އެޕްލިކޭޝަން އުފައްދާ ޑިވެލޮޕަރުންނަށް، އެޕަލް އިން ކޮށްދޭ ހެޔޮ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބޭނުމަކީ ޑިވެލޮޕަރުންނަށް ހިތްވަރުދިނުން ކަމަށް ބެލެވެ އެވެ.

07 ޖެނުއަރީ

January 07, 2017
އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް 20 ބިލިއަން ޑޮލަރު

އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް 2016 ގައި 20 ބިލިއަން ޑޮލަރު ހޯދައިދީފައި ވާނެ ކަމަށް އެޕަލުން ބުނެފި އެވެ. އެއީ 2015 އާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު މިންވަރެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

24 އޮކްޓޯބަރ

October 24, 2016
އެޕް ސްޓޯރަށް އެންމެ ގިނައިން ފައިސާ ލިބެނީ ޗައިނާއިން

އެމެރިކާ މީހުންނަށް ވުރެ ޗައިނާ މީހުން މުއްސަނދިވެއްޖެ އެވެ. ސަބަބު މިއޮތީ އެވެ. އެޕަލް އެޕް ސްޓޯރަށް ބެލި ނަމަވެސް، އެމެރިކާ އަށް ވުރެ ގިނަ ފައިސާ އެޕް ސްޓޯރަށް ޗައިނާއިން ލިބެ އެވެ.