10 އޯގަސްޓް

August 10, 2019 4
ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"

މިހާރު އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮޑާއި އެޕަލްގެ އައިއޯއެސް އެވެ. އެކަމަކު މި ނޫން އިހްތިޔާރަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު މިއޮތީ ވާވޭ އިން ފަހިކޮށްދީފަ އެވެ.

06 އޯގަސްޓް

August 06, 2019 4
ގެލަކްސީ ވޮޗް އެކްޓިވް 2: ހީވަނީ އެޕަލް ގަޑިއެއްހެން

މިއީ ސެމްސަންގް "ގެލަކްސީ ވޮޗް އެކްޓިވް 2" އެވެ. ސްމާޓް ގަޑިއެކެވެ. ބަލާބެލުމަށް އެޕަލް ގަޑިއަކާ ވަރަށް ވައްތަރެވެ. މިހާ ބޮޑަށް ވައްތަރުކުރި ސަބަބެއް ވެސް އޮންނާނެ އެވެ. އެޕަލް ގަޑިއެއް ކަމަށް ހީކޮށް މީހަކު ގަނެފާނެ ކަމަށް ލަފާކުރެވެނީ ކަމަށް ވެސް ވެދާނެ އެވެ.

04 އޯގަސްޓް

August 04, 2019
އައިފޯން 11 އަށް ސަޕްލައިކޮށްދޭ މީހުން މާޔޫސްވެފައި

އެޕަލް އަށް، އައިފޯން ވިޔަފާރިން، މިހާރު ރަނގަޅު ނަފާއެއް ނުލިބެ އެވެ. އެޕަލް އަށް ލިބޭ ފައިދާ ރަނގަޅު ނޫން ކަމަށް މި ބުނަނީ، އަންދާޒާކުރާ އަދަދަށް، އައިފޯނުތައް ނުވިކޭތީ އެެެވެ. މިއީ އެޕަލް އަށް ހައްލުކުރަން ދަތި ކަމަކަށް ވެސް ވަނީ ވެފަ އެވެ.

03 އޯގަސްޓް

August 03, 2019
ސިރީ ގާތު ދައްކާ ވާހަކަތައް މިހާރު އަޑެއް ނާހާނެ

އެޕަލްގެ ވާޗްއަލް އެސިސްޓަންޓް "ސިރީ" ގާތު ކަސްޓަމަރުން ދައްކާ ވާހަކަ އެޕަލް އިން އަޑު އަހާ މައްސަލަ ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އެކަން މިހާރު ހުއްޓާލާފައިވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

30 ޖުލައި

July 30, 2019 1
5ޖީ އައިފޯނަށް އެޕަލްގެ އަމިއްލަ މޯޑެމް އަވަސްވެދާނެ

އިންޓެލްގެ މޯޑެމް ޑިވިޒަން ގަތުމަށް އެޕަލް އިން އެއް ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އެޕަލް ބޭނުންވަނީ އައިފޯނުތަކުގައި ބޭނުންކުރާ 5ޖީ މޯޑެމްތައް އަމިއްލަ ނަމަށް ނިސްބަތްކުރާށެވެ....

July 30, 2019 2
އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ތަހުގީގުކުރަނީ

އެމެރިކާ އަށް ނިސްބަތްކުރެވޭ، އެމެޒޯން، އެޕަލް، ފޭސްބުކް އަދި ގޫގުލް ފަދަ ކުންފުނިތަކުގެ ވިޔަފާރި މާ ބޮޑަށް ފުޅާވުން ބިރަކަށް ވެފައިވާ ކަމަށް، އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން...

29 ޖުލައި

July 29, 2019 3
ސިރީ ގާތު ދައްކާ ވާހަކަ މުވައްޒަފުން އަޑުއަހާ: އެޕަލް

ދިރުމެއް ނެތް ޑިޖިޓަލް ޑިވައިސްތަކުން ގޭތެރެ ފަޅުފިލުވައިދެމުން ދާއިރު، އެންމެން ތިބެނީ ވަރަށް ވެފަ އެވެ. އެއާ ކުރާ "ކޮންމެ" ސުވާލަކަށް، ޖެހިލުމެއް ނެތި ދޭ ޖަވާބުތައް އަޑުއަހަން އެކަހެރިވާން ޖެހޭ ފަހަރު ވެސް އާދެ އެވެ. ކޮންމެ މީހަކު ވެސް ހީކުރަނީ ވާހަކަ ދެކެވެނީ ދިރުމެއް ނެތް އެއްޗަކާ ކަމަށެވެ. ދެކެވެމުން ދާ ވާހަކަތަަކަށް...

28 ޖުލައި

July 28, 2019
އިންޓެލްގެ މޯޑެމް ޗިޕް ޑިވިޒަން އެޕަލް އިން ގަންނަނީ

އެޕަލްގެ ޑިވައިސްތަކުގައި، އެހެން ކުންފުންޏަކުން އުފައްދާ ބައިތައް، ހިމެނުމަކީ އެޕަލް ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ބަޔަކަށް ކަމުނުކިޔައި، ޑިވައިސްތައް އުފެއްދޭ ފެންވަރުގެ ކުންފުންނަކަށް ވާން އެޕަލް އެދޭތާ ޒަމާންތަކެއް ވަނީ ފާއިތުވެފަ އެވެ.

18 ޖުލައި

July 18, 2019
ޚިދުމަތް ދޭނެ ބަޔަކު ނެތަސް، 5ޖީ ފޯނުތައް ވިކޭ

އާންމު ހީވުމާ ޚިލާފަށް، 5ޖީ ފޯނުތައް ވިކޭ އަދަދު އިތުރުވަމުން އަންނަ ކަމަށް "ކައުޓާޕޮއިންޓް"ން ބުނެފި އެވެ. ސްމާޓްފޯން މާކެޓް ދިރާސާކުރާ ފާމެއް ކަމަށްވާ "ކައުންޓާޕޮއިންޓް" ބުނި ގޮތުގައި، މި އަހަރުގެ ނިޔަލަށް 22 މިލިއަން 5ޖީ ފޯނު ގައުމުތަކުގައި ވިކޭނެ އެވެ.

09 ޖުލައި

July 09, 2019 1
ސެމްސަންގުގެ ފައިދާ ދަށަށް؛ ބުނަނީ ވާވޭއާ ހެދި ކަމަށް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސެމްސަންގަށް ފައިދާވާނެ ކަމަށް ކުރި އަންދާޒާ ދިމައެއް ނުވި އެވެ. ފާއިތުވި އަހަރަށް ވުރެ މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީ ދަށްވި ސަބަބާ ބެހޭ ގޮތުން ވާހަކަދައްކަން ސެމްސަންގް ބޭނުމެއް ވެސް ނުވި އެވެ.

02 ޖުލައި

July 02, 2019
ސްމާޓްފޯން އުފެއްދުން އަގުބޮޑުވެދާނެ

ސްމާޓްފޯން އަދި މައިކްރޮޗިޕް އުފައްދަން ބޭނުންކުރާ ބައެއް މާއްދާތައް، ސައުތު ކޮރެއާ އަށް ވިއްކުން ދަތިކުރާނެ ކަމަށް ޖަޕާނުގެ ޓްރޭޑް މިނިސްޓްރީން ބުނެފި އެވެ. އޭގެ ތެރޭގައި ސްމާޓްފޯން ޑިސްޕްލޭ އުފައްދަން ބޭނުންކުރާ މާއްދާތައް ވެސް ހިމެނެ އެވެ.

01 ޖުލައި

July 01, 2019
އެޕަލް އާ އެކު ޖޮނީ އައިވް ދެމިހުންނާނެ

އެޕަލްގައި ޖޮނީ އައިވް އަދާކުރާ ވަޒީފާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ އިންޓަނެޓްގައި ފެތުރު ޚަބަރުތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ސަބަބަކީ، އޭނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މީހަކަށް ވުމެވެ. އެޕަލްގެ އުފެއްދުންތަކުން މިހާރު ފެންނަ ޒަމާނީ ޑިޒައިންތައް އުފެއްދީ ޖޮނީ އައިވް ކަމަށް ވުމެވެ. އައިފޯން، އައިޕެޑް، އައިޕޮޑް، މެކްޕްރޯ...

28 ޖޫން

June 28, 2019 3
އެޕަލްގެ މައި ޑިޒައިނަރު ކުންފުނި ދޫކޮށްލަނީ

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެޕަލްގެ ކުރިމަތީގައި މިހާރު އޮތީ ވަރަށް ބޮޑު މައްސަލައެކެވެ. ފޫބައްދަން ވެސް އުނދަގޫވާ ވަރުގެ މައްސަލައެކެވެ. އެ ކުންފުނީގެ މައި ޑިޒައިނަރު ޖޮނީ އައިވް މިހާރު ވަނީ އެޕަލް އިން ވަކިވާން ނިންމައިފަ އެވެ.

27 ޖޫން

June 27, 2019 1
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި

ވިންޑޯޒް ފޯނުތަކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެއިރު މައިކްރޮސޮފްޓް ހިންގަން ތިބި މީހުން ކަމަށް ދޭހަވާ ގޮތަށް، ކުންފުނީގެ ބާނީ ބިލް ގޭޓްސް ވާހަކަދައްކަވައިފި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މުޅި ހަޔާތުގައި ވެސް ހެއްދެވުނު އެންމެ ބޮޑު ގޯހެވެ.

25 ޖޫން

June 25, 2019
އެޕަލް އަތުން ސެމްސްސަންގް ބަދަލު އަތުލަނީ

އެޕަލް އައިފޯނުތަކަށް ވުރެ ސެމްސަންގް ގެލަކްސީ ފޯނުތައް މޮޅެވެ. މިއީ ސެމްސަންގެ ބުނުމެކެވެ. ގެލަކްސީ މަރުކާގައި ހިމެނޭ ބާރުގަދަ ފޯނުތައް އިޝްތިހާރުކުރުމަށް، އެޕަލް އަށް ޖޯކުޖަހައި ޑްރާމާކުޅުމަކީ ސެމްސަންގް ވަރަށް ކުރާހިތްވާ ކަމެކެވެ.

22 ޖޫން

June 22, 2019
މެކްބުކް ޕްރޯ ބޭނުންކުރާ މީހުންނަށް އިންޒާރުގެ ނޯޓިހެއް

އެޕަލްގެ މެކްބުކް ޕްރޯ ބޭނުންކުރާ މީހުން ރައްކާތެރިވުމަށް އަންގައި، އިންޒާރުގެ ނޯޓިސް ފޮނުވައިފި އެވެ.

19 ޖޫން

June 19, 2019 1
ހެކް ނުކުރެވޭ މޮޅު ފޯނެއް ދައްކަބަލަ!

ސްމާޓްފޯންތަކުގެ ބާރުގަދަކަން ބަލާ އެހެން މިންގަޑެއް ވެސް އޮވެ އެވެ. މައިގަނޑު ގޮތެއްގައި، ރޭމް، ކެމެރާ، ބެޓެރީ އަދި ސްޓޯރޭޖްގެ އިތުރުން އޮޕަރޭޓިން ސިސްޓަމުން ވެސް ފޯނަށް ގަދަފަދަކަން ލިއްބައިދޭން ޖެހެ އެވެ. އެއީ ފޯނު ހެކްކުރުމުން ރައްކާތެރިކުރުމަށެވެ.

17 ޖޫން

June 17, 2019 4
އައިފޯނުގެ އާ ޑިޒައިން މާ ހުތުރު ވެދާނެ

ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ބޮޑުކުރަން ކުންފުނިތަކުން ކުރި މަސައްކަތްތަކުގައި، އެންމެ ކަމުނުދާ ޑިޒައިނެއް ކުރެވުނީ އެޕަލް އަށެވެ. އައިފޯން އެކްސްގެ ސްކްރީނުން އެ ފެންނަނީ މި ބުނި ޑިޒައިނެވެ. ޑިސްޕްލޭ މަތީ ކޮޅުން ތަންގަނޑެއް، ކެމެރާ އަދި ސެންސަރުތަކަށް ހުސްކޮށް، އެއީ "ނޮޗް ޑިސްޕްލޭ" ކަމަށް ބުންޏެވެ. އެހާ ހުތުރު ޑިޒައިނެއް...

12 ޖޫން

June 12, 2019 4
އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުވަނީ

އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުވާނެ ދުވަހަކަށް އިންތިޒާރުކުރެވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އަށް މިކަން ނުކުރެވިގެން އުޅެނީ، އިންޖިނޭރުންގެ ކިބައިގައި ފެންވަރު ނެތިގެނެއް ނޫނެވެ. އައިފޯނުތައް ޗާޖުކުރަން މިހާރު ބޭނުންކުރާ ލައިޓްނިން ކޭބަލަކީ އެޕަލް އަށް މާލީ ތަނަވަސްކަން ހޯދައިދޭ އާލާތަކަށް ވާތީ އެވެ.

05 ޖޫން

June 05, 2019
ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު

"ވަންޕްލަސް 7 ޕްރޮ"އާ ބެހޭ ގޮތުން މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، މި އަށް ވުރެ ހިނގުން އަވަސް ފޯނެއް، ސްމާޓްފޯން މާކެޓަކު ނެތެވެ. ފޯނުތައް ރިވިއުކުރާ މީހުން ބުނަނީ ވެސް މިހެންނެވެ. އައިފޯނުތަކަށް ވުރެވެސް، ވަންޕްލަސް 7 ޕްރޮ ހަލުއި ކަމަށެވެ.

30 މެއި

May 30, 2019
އެންޑްރޮއިޑާ ނުލައި ވާވޭ ދެމިއޮންނާނީ ކިހިނެއް؟

ވާވޭ އަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން މަނާވެއްޖެ އެވެ. އެންޑްރޮއިޑަކީ އެމެރިކާ ކުންފުންޏެއްގެ މުދަލަކަށް ވާތީ އެވެ. އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން، އެމެރިކާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.