15 ނޮވެމްބަރ

November 15, 2017 1
ބޮޑެތި މެޗުތައް އެއްވަރުވިއިރު އާޖެންޓީނާ ބަލިވެއްޖެ

ލަންޑަން (ނޮވެމްބަރު 15) - އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބޮޑެތި ޓީމުތަކުން ކުޅުނު އެކުވެރިކަމުގެ މެޗުތައް އެއްވަރުވިއިރު، ނައިޖީރިއާ އިން ފަހަތުން އަރައި 4-2 އިން އާޖެންޓީނާ ބަލިކޮށްފި އެވެ.

11 އޮކްޓޯބަރ

October 11, 2017 44
އާޖެންޓީނާ ވޯލްޑް ކަޕަށް، ހުރިހާ ޝުކުރެއް މެސީއަށް!

ކުއީޓޯ، އިކުއެޑޯ (އޮކްޓޯބަރު 11) – މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން އެންމެ އުނދަގޫ އެއް މާހައުލު އޮތް އިކުއެޑޯގެ ކުއީޓޯގައި ކުޅެ، ލިއޮނަލް މެސީ ހެދި ހެޓްރިކާ އެކު އިކުއެޑޯ އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ އާޖެންޓީނާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުކޮށް ގިނަ ބަޔަކަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނަދީފި އެވެ.

10 އޮކްޓޯބަރ

October 10, 2017 8
އާޖެންޓީނާ ގޮވައިގެން މެސީ މަރުގެ މެޗަކަށް

ކުއީޓޯ، އެކުއެޑޯ (އޮކްޓޯބަރު 10) - ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުންބޭރުގައި އެކުއެޑޯއާ އަތުން އާޖެންޓީނާ އަށް މޮޅެއް ހޯދައިދޭން ވަނީ މަޖުބޫރުވެފަ އެވެ. އަންނަ އަހަރު ރަޝިއާގައި އޮންނަ މުބާރާތަށް އަމިއްލަ ބާރުގައި...

08 އޮކްޓޯބަރ

October 08, 2017 14
އާޖެންޓީނާ ނެތި ވޯލްޑް ކަޕް ފުރިހަމަ ނުވާނެ: ކޯޗު

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޯބަރު 8) – ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާ ނެތި ފުރިހަމަ ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2017 33
ކޮލިފައިނުވެދާނެ ކަމުގެ ބިރާ އެކު އާޖެންޓީނާ ކަރުތާ ފެނަށް

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޯބަރު 6) – ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕެރޫއާ ލަނޑެއް ނުޖެހި އެއްވަރުވެ ލިއޮނަލް މެސީ އާއި އާޖެންޓީނާ އަށް އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެކަމުގެ ހަގީގީ ބިރާ ކުރިމަތިވެއްޖެ އެވެ.

10 ޖޫން

June 10, 2017 1
އާޖެންޓީނާ ހައްގު މަގާމަށް ގެންގޮސްދޭނަން: ސަމްޕައޮލީ

މެލްބަން، އޮސްޓްރޭލިއާ (ޖޫން 10) - އާޖެންޓީނާ މިހާރު އޮތް ހިސާބުން، އެ ޓީމު ހައްގު މަގާމަށް ގެންގޮސްދޭނެ ކަމަށް އެ ޓީމާ ދާދި ފަހުން ހަވާލުވި ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.

06 މެއި

May 06, 2017
މެސީގެ ސަސްޕެންޝަން އުވާލުމަށް ފީފާއިން ނިންމައިފި

ލަންޑަން (މެއި 5) - ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މާޗް މަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމި ނިންމުން ފީފާއިން އުވާލައިފި އެވެ.

02 މެއި

May 02, 2017
އާޖެންޓީނާ އިން ބޭނުންވާ ހަމައެކަނި ކޯޗަކީ ސަމްޕައޯލީ

ބީނޯސް އޭރީޒް، އާޖެންޓީނާ (މެއި 2) – އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ގެންނަން ބޭނުންވާ ހަމައެކަނި ކޯޗަކީ ސެވިއްޔާގެ ޖޯޖް ސަމްޕައޯލީ ކަމަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2017 1
އާޖެންޓީނާގެ ކޯޗު ބައުޒާ މަގާމުން ވަކިކޮށްފި

ބީނޯސް އޭރީޒް، އާޖެންޓީނާ (އޭޕްރިލް 11) - އާޖެންޓީނާގެ ކޯޗު ކަމުން އެޑްގާޑޯ ބައުޒާ ވަކިކޮށްފައިވާ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

29 މާޗް

March 29, 2017 9
މެސީގެ މައްސަލައިގައި ފީފާއަށް ފާޑުކިޔައިފި

ބުއެނޯޒް އެރީޒް، އާޖެންޓީނާ (މާޗް 29) - ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމުމުން އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބޯޒާ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

28 މާޗް

March 28, 2017 5
ފީފާއިން މެސީ ހަތަރު މެޗަށް ސަސްޕެންޑްކޮށްފި

ޒިއުރިކް، ސްވިޒަލެންޑް (މާޗް 28) - ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ފަހުން ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑް ކުރުމަށް ފީފާ އިން ނިންމައިފި އެވެ.

24 މާޗް

March 24, 2017 4
ބްރެޒިލް ލީޑުގައި، އާޖެންޓީނާ އަށް މުހިއްމު މޮޅެއް

މޮންޓެވިޑޯ، އުރުގުއޭ (މާޗް 24) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އަތުން 4-1 އިން ހޯދި މޮޅާ އެކު ބްރެޒިލް ކޮލިފައިންގެ އެއް ވަނަ މަގާމު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ޗިލީ އަތުން 1-0 އިން އާޖެންޓީނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 2
ސިންގަޕޫރުން މެސީ އާއި އާޖެންޓީނާ އަށް ދައުވަތުދީފި

ލަންޑަން (ފެބްރުއަރީ 3) - ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމާއި ލިއޮނަލް މެސީ އަށް މެޗެއް ކުޅުމަށް ހާއްސަ ދައުވަތެއް ދީފި އެވެ.

29 ޑިސެމްބަރ

December 29, 2016
އުމުރުން 41 އަހަރުގައި ވެރޮން އަލުން ކުޅެން ފަށަނީ

ބީނޯސް އޭރީސް (ޑިސެމްބަރު 29) – މީގެ ދެ އަހަރު ކުރިން ކުޅުން ހުއްޓާލި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ މިޑްފީލްޑަރު ހުއާން ސެބަސްޓިއަން ވެރޮން އުމުރުން 41 އަހަރުގައި، އާޖެންޓީނާގެ ފުރަތަމަ ޑިވިޝަނުގެ އެސްޓުޑިއަންޓެސް އަށް ކުޅެން ފަށަން ނިންމައިފި އެވެ.

16 ނޮވެމްބަރ

November 16, 2016 1
މެސީގެ މޮޅު ކުޅުމާ އެކު އާޖެންޓީނާ އަށް ހަމަޖެހުމެއް

ސެން ހުއާން، އާޖެންޓީނާ (ނޮވެމްބަރު 16) – ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގައި މިއަދު ކޮލަމްބިއާ އަތުން 3-0 އިން މޮޅުވެ އާޖެންޓީނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.

12 ނޮވެމްބަރ

November 12, 2016 3
މެސީ އާއި ކޯޗު ވެސް އިތުބާރާ އެކު

ބީނޯޒް އޭރީޒް (ނޮވެމްބަރު 12) - ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަތުން ބުރާސްފަތި ދުވަހުގެރޭ 3-0 އިން ބަލިވި ނަމަވެސް ވޯލްޑް ކަޕަށް ކޮލިފައިވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ ބުނެފި އެވެ.

11 ނޮވެމްބަރ

November 11, 2016 1
ބްރެޒިލް އަތުން ބަލިވެ އާޖެންޓީނާ ޕްރެޝަރަށް

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ނޮވެމްބަރު 11) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވާދަވެރި ބްރެޒިލް އަތުން 3-0 އިން ބަލިވެ އާޖެންޓީނާ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

12 އޮކްޓޯބަރ

October 12, 2016 3
ބްރެޒިލް އެއް ވަނަ އަށް، އާޖެންޓީނާ ޕްރެޝަރަށް

ކޯޑޯބާ، އާޖެންޓީނާ (އޮކްޓޯބަރު 12) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވެނެޒުއޭލާ އަތުން 2-0 އިން މޮޅުވެ ދެކުނު އެމެރިކާ ކޮލިފައިން ގްރޫޕުގެ އެއް ވަނަ އަށް ބްރެޒިލް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ޕެރަގުއޭ އަތުން 1-0 އިން ބަލިވެ އާޖެންޓީނާ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2016
ބްރެޒިލަށް ބޮޑު މޮޅެއް، އާޖެންޓީނާ-ޕެރޫ އެއްވަރު

ރިއޯ ޑި ޖެނީރޯ (އޮކްޓޫބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލިވިއާ އަތުން 5-0 އިން ބްރެޒިލް ބޮޑު މޮޅެއް ހޯދިއިރު، ޕެރޫއާ 2-2 އިން އެއްވަރުވެ އާޖެންޓީނާ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2016 3
މެސީ މައްސަލައިގައި އާޖެންޓީނާ ކޯޗު ރުޅިގަދަވެއްޖެ

ބީނޯސް އޭރީޒް (ސެޕްޓެމްބަރު 23) - އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަނިޔާތަކުން ސަލާމަތްކުރުމަށް ބާސެލޯނާ އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.