މާލޭގެ ދެ ސަރަހައްދެއްގައި މިއަދު މާރާމާރީ ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.
މާލޭގެ ދެ ސަރަހައްދެއްގައި މިއަދު މާރާމާރީ ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ފާޑުކިޔާ މީހުންނާއި އެފަދަ މީހުންނަށް އެކި ކަހަލަ އިންޒާރު ދޭ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކި އަންހެން ކުއްޖާ ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ޒުވާން އަންހެން ގްރޫޕަކުން، އަންހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކަންފަތްމަތީގައި ޖަހައި މާރާމާރީ ހިންގި، އެ ސްކޫލުގެ ބެލެނިވެރިއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ތާޖުއްދީން ސްކޫލް (ޓީއެސް) ގައި އަންގާރަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލުކޮށް 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ނާސިފުގެ ބަންދަށް އިއްޔެ ކޯޓުން ހަތް ދުވަސް ދީފި އެވެ.
އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު އާދަމް ނާސިފު ރޭ ހައްޔަރުކޮށްފި އެވެ.
މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިިދިޔަ އަންގާރަ ދުވަހު ރ. ދުވާފަރުގައި، އުމުރުން ދުވަސްވީ ފިރިހެނެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި އަަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި މިރޭ ފޯރިމަރަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމުން އޭނާގެ ފަޔަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
އިސްލާމިކް ޔުނިވަސިޓީ ކައިރިން ޒުވާނަކަށް ތޫނު އެއްޗަކުން މި ރޭ ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މަޖީދީމަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާރާމާރީ ހިންގައި ދެ މީހަކު ޒަހަމުކޮށްލުމުން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިރީހަކަށް މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުން ދޫކޮށްލައިފި އެވެ.