31 ޑިސެމްބަރ

December 31, 2016 2
އަފާގެ ކާމިޔާބީ އެމްޕީއެލް އިން ފާހަގަކޮށްފި

ރާއްޖޭގެ މި އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ހާސިލްކުރި އަފާ އިސްމާއިލް ހޯދަމުން އަންނަ ކާމިޔާބީގެ އަގު، އޭނާ ވަޒީފާއަދާކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒަންކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2016
އެންމެ މޮޅު އެތުލީޓުގެ މަގާމް ސާއިދާއި އަފާ އަށް

މި އަހަރު ރާއްޖޭގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓަކަށް އަފާ އިސްމާއިލް އެތުލެޓިކްސް އެސޯސިއޭޝަނުން ހޮވައިފި އެވެ.

24 ނޮވެމްބަރ

November 24, 2016 13
ފަސް ކިލޯމީޓަރުގެ ރެކޯޑް އޮތީ ނަސީރު އަތުގައިތަ؟

ދިރާގު ރޯޑް ރޭހުގެ ފަސް ކިލޯމީޓަރުގެ ދުވުން 16:31 މިނިޓުން ނިންމައިގެން ހުސެން ފަޒީލް ހަދާފައިވާ ރެކޯޑަށް ވުރެ އަަވަހަށް ފަސް ކިލޯމީޓަރު ދުވެފައި އޮންނާނެ ކަމަށް ބުނެ، ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަނަށް ސެޓްފިކެޓެއް ހުށަހަޅައިފި އެވެ.

22 ނޮވެމްބަރ

November 22, 2016
ސިފައިންގެ މެރެތަން ޓީމަށް ނޭޕާލުގެ ގައުމީ ކޯޗު

އަންނަ ޖެނުއަރީ މަހު ދުބާއީގައި ބާއްވާ ސްޓޭންޑަޑް ޗާޓަޑް މެރެތަންގައި ވާދަކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޓީމުގެ ކޯޗަކަށް ނޭޕާލުގެ ގައުމީ އެތުލެޓިކްސް ކޯޗު ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި އެވެ.

17 ނޮވެމްބަރ

November 17, 2016 1
އެތުލެޓިކްސް ޓްރެކުގެ 75 ޕަސެންޓް ނިމިއްޖެ

ހުޅުމާލޭގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ބައިނަލްއަގްވާމީ އެތުލެޓިކްސް ސިންތެޓިކް ޓްރެކުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2016 3
ފަސް ކިލޯމީޓަރުގެ ރެކޯޑް ފަޒީލް މުގުރާލައިފި

މީގެ 27 އަހަރު ކުރިން ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހަދާފައިވާ ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހުސެއިން ފަޒީލް ހާރޫން މިއަދު މުގުރާލި އިރު އަންހުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) އާކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2016 5
ޝައްމޫންގެ ހުނަރާއި ކާމިޔާބީތައް ފަރުދާވެފައި

ރާއްޖޭގެ އެންމެ މޮޅު އެތުލީޓޭ ބުނެފި ނަމަ ގިނަ ބަޔަކަށް ސިފަކުރެވިގެންދާނީ މަޝްހޫރު ދުވުންތެރިއެކެވެ. އެކަމަކު ހަގީގަތަކީ ގައުމީ އެތުލެޓިކްސްގެ މުބާރާތުގެ 26 އަހަރުވީ ތާރީހުގައި މުބާރާތުގެ އެންމެ ކާމިޔާބު އެއް އެތުލީޓުގެ ގޮތުގައި ހުރީ ޝޮޓްޕުޓާއި ޑިސްކަސް އަދި ޖެވެއިލިން އުކާ ފީލްޑް އެތުލީޓެއް ކަމެވެ. ގައުމީ މުބާރާތުގައި 16 އަހަރު...

09 އޮކްޓޯބަރ

October 09, 2016 4
ކަސްރަތު އިންސްޓްރަކްޓަރު އެންމެން ހައިރާންކޮށްލައިފި!

އުމުރަކީ 41 އަހަރެވެ. ޕްރޮފެޝަނަލް ކަސްރަތު އިންސްޓްރަކްޓަރު ދުވަން އަންނަނީ ހަފުތާއަކު ތިން ދުވަހެވެ. އެކަމަކު ގައުމީ ޕޫލުގައި ހިމެނޭ ޒުވާން ދުވުންތެރިންގެ މައްޗަށް، މަރިޔަމް އަބްދުލްކަރީމް (މަރީ) މި ވަނީ ކުރި ހޯދައިފަ އެވެ. ތިން ރަން މެޑަލާ އެކު ގައުމީ މުބާރާތުގެ އެއް ވަނަ އަންހެން އެތުލީޓުގެ މަގާމް ހޯދައި އަރަމުން އަންނަ ޒުވާން...

07 އޮކްޓޯބަރ

October 07, 2016
5000 މީޓަރު ދުވުމުން އެއް ވަނަ ފަޒީލާއި މަރީ އަށް

ގައުމީ އެތުލެޓިކްސްގެ މުބާރާތުގެ 5000 މީޓަރު ދުވުމުގެ ފިރިހެން ރޭހުން އެއް ވަނަ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން އަދި އަންހެން ރޭހުން އެއް ވަނަ ރަނާސް މޯލްޑިވްސްގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ހޯދައިފި އެވެ.

06 އޮކްޓޯބަރ

October 06, 2016 5
ސާއިދު އެއް ވަނަ ހޯދިއިރު، އާ ދުވުންތެރިން ވިދާލައިފި

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއް ވަނަ މަގާމް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ފަސޭހަކަމާ އެކު ދިފާއުކުރިއިރު، ރާއްޖޭގެ އެންމެ ބާރު އެއް އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލްގެ މައްޗަށް ކުރި ހޯދައި އަންހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ނަޝާ ނިޒާރު ހޯދައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 14
މެޑަލަކަށް ފަހު މެޑަލެއް: ކޯޗު ފާއިލް ވަރެއް ނެތް!

"އަހަރެމެންގެ ކުޅިވަރު ގެއްލެނީ. މިހެން ކޮންމެ ފަހަރަކު ނެޝަނަލް ރެކޯޑެއް ހަދައިގެން ނެތް ތިބެވޭކަށް. މި ފަހަރު ބޭނުންވަނީ ބްރޮންޒް މެޑަލެއް،"

21 އޯގަސްޓް

August 21, 2016 1
ބައިނަލްއަގްވާމީ ކޯސް ހިންގުމަށް އެސްޕީ އެކްރެޑިޓްކޮށްފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) އިން ބައިނަލްއަގްވާމީ ކޯސްތައް ހިންގުމަށް ރާއްޖޭގެ ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު މޫސާ ރަޝީދު (އެސްޕީ) އެކްރެޑިޓްކޮށްފި އެވެ.

15 އޯގަސްޓް

August 15, 2016 13
އޮލިމްޕިކްސްގައި ޒުވާން އަފާ އަށް ބޮޑު ކުރިއެރުމެއް

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ދުވެ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޒުވާން ދުވުންތެރިޔާ އަފާ އިސްމާއިލް މިރޭ އާކޮށްފި...

August 15, 2016
17 އަހަރަށް ފަހު 400 މީޓަރު ރެކޯޑް މުގުރާލައިފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 15) - ސަތާރަ އަހަރުވެފައިވާ ދުނިޔޭގެ 400 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައި މި އިވެންޓުން އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ދެކުނު އެފްރިކާގެ ވޭޑް ވެން ނިއެކާކް...

13 އޯގަސްޓް

August 13, 2016 3
އޮލިމްޕިކްސްގައި ސާއިދު މިއަދު ހަވީރު ދުވާނެ

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ފަހަރަށް މިއަދު ދުވާނެ އެވެ.

28 ޖުލައި

July 28, 2016 1
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ އައިމިނަތު ސަޖަން އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

11 ޖުލައި

July 11, 2016 2
ރެކޯޑަކާ އެކު 200 މީޓަރުން ސާއިދަށް ރިހި މެޑަލް

ދިވެހިރާއްޖޭގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައި، އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ރިހި މެޑަލް ހޯދައިފި އެވެ. އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މުބާރާތުގެ 100 މީޓަރު ދުވުމުން އިއްޔެ ރަން މެޑަލް ހޯދި ސާއިދު މިއަދު 200 މީޓަރު...

10 ޖުލައި

July 10, 2016 1
އިންޑިއާގެ އެންމެ ބޮޑު އެއް ރޭހުން ސާއިދަށް އެއް ވަނަ

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ރަން މެޑަލް ހޯދައިފި އެވެ.

07 ޖުލައި

July 07, 2016
އޮލިމްޕިކްސްގައި ރާއްޖޭން ދުވާނީ ސާއިދާއި އަފާ

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އޮގަސްޓް މަހު ބާއްވާ އޮލިމްޕިކް ގޭމްސްގެ އެތުލެޓިކްސްގައި ރާއްޖޭން ބައިވެރިވާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އުއްމީދީ ދުވުންތެރިޔާ އަފާ އިސްމާއިލް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

23 ޖޫން

June 23, 2016
ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންޝިޕުގައި ނާއިލް ވާދަކުރަނީ

ޕޮލެންޑުގައި ޖުލައި މަހު ބާއްވާ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމާ އެންމެ ގާތުގައި ހުރި ދުވުންތެރިޔާ މުހައްމަދު ނާއިލް ބައިވެރިކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.