07 އޮކްޓޯބަރ

October 07, 2016
5000 މީޓަރު ދުވުމުން އެއް ވަނަ ފަޒީލާއި މަރީ އަށް

ގައުމީ އެތުލެޓިކްސްގެ މުބާރާތުގެ 5000 މީޓަރު ދުވުމުގެ ފިރިހެން ރޭހުން އެއް ވަނަ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން އަދި އަންހެން ރޭހުން އެއް ވަނަ ރަނާސް މޯލްޑިވްސްގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ހޯދައިފި އެވެ.

06 އޮކްޓޯބަރ

October 06, 2016 5
ސާއިދު އެއް ވަނަ ހޯދިއިރު، އާ ދުވުންތެރިން ވިދާލައިފި

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއް ވަނަ މަގާމް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ފަސޭހަކަމާ އެކު ދިފާއުކުރިއިރު، ރާއްޖޭގެ އެންމެ ބާރު އެއް އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލްގެ މައްޗަށް ކުރި ހޯދައި އަންހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ނަޝާ ނިޒާރު ހޯދައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 14
މެޑަލަކަށް ފަހު މެޑަލެއް: ކޯޗު ފާއިލް ވަރެއް ނެތް!

"އަހަރެމެންގެ ކުޅިވަރު ގެއްލެނީ. މިހެން ކޮންމެ ފަހަރަކު ނެޝަނަލް ރެކޯޑެއް ހަދައިގެން ނެތް ތިބެވޭކަށް. މި ފަހަރު ބޭނުންވަނީ ބްރޮންޒް މެޑަލެއް،"

21 އޯގަސްޓް

August 21, 2016 1
ބައިނަލްއަގްވާމީ ކޯސް ހިންގުމަށް އެސްޕީ އެކްރެޑިޓްކޮށްފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއޭއޭއެފް) އިން ބައިނަލްއަގްވާމީ ކޯސްތައް ހިންގުމަށް ރާއްޖޭގެ ތަޖުރިބާކާރު އެތުލެޓިކްސް ކޯޗު މޫސާ ރަޝީދު (އެސްޕީ) އެކްރެޑިޓްކޮށްފި އެވެ.

15 އޯގަސްޓް

August 15, 2016 13
އޮލިމްޕިކްސްގައި ޒުވާން އަފާ އަށް ބޮޑު ކުރިއެރުމެއް

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ދުވެ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޒުވާން ދުވުންތެރިޔާ އަފާ އިސްމާއިލް މިރޭ އާކޮށްފި...

August 15, 2016
17 އަހަރަށް ފަހު 400 މީޓަރު ރެކޯޑް މުގުރާލައިފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 15) - ސަތާރަ އަހަރުވެފައިވާ ދުނިޔޭގެ 400 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައި މި އިވެންޓުން އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް ދެކުނު އެފްރިކާގެ ވޭޑް ވެން ނިއެކާކް...

13 އޯގަސްޓް

August 13, 2016 3
އޮލިމްޕިކްސްގައި ސާއިދު މިއަދު ހަވީރު ދުވާނެ

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފުރަތަމަ ފަހަރަށް މިއަދު ދުވާނެ އެވެ.

28 ޖުލައި

July 28, 2016 1
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ފުރުސަތު ފެތުންތެރިޔާ އައިމިނަތު ސަޖަން އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދީފި އެވެ.

11 ޖުލައި

July 11, 2016 2
ރެކޯޑަކާ އެކު 200 މީޓަރުން ސާއިދަށް ރިހި މެޑަލް

ދިވެހިރާއްޖޭގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައި، އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ރިހި މެޑަލް ހޯދައިފި އެވެ. އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މުބާރާތުގެ 100 މީޓަރު ދުވުމުން އިއްޔެ ރަން މެޑަލް ހޯދި ސާއިދު މިއަދު 200 މީޓަރު...

10 ޖުލައި

July 10, 2016 1
އިންޑިއާގެ އެންމެ ބޮޑު އެއް ރޭހުން ސާއިދަށް އެއް ވަނަ

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ރަން މެޑަލް ހޯދައިފި އެވެ.

07 ޖުލައި

July 07, 2016
އޮލިމްޕިކްސްގައި ރާއްޖޭން ދުވާނީ ސާއިދާއި އަފާ

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އޮގަސްޓް މަހު ބާއްވާ އޮލިމްޕިކް ގޭމްސްގެ އެތުލެޓިކްސްގައި ރާއްޖޭން ބައިވެރިވާނީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އުއްމީދީ ދުވުންތެރިޔާ އަފާ އިސްމާއިލް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

23 ޖޫން

June 23, 2016
ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންޝިޕުގައި ނާއިލް ވާދަކުރަނީ

ޕޮލެންޑުގައި ޖުލައި މަހު ބާއްވާ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމާ އެންމެ ގާތުގައި ހުރި ދުވުންތެރިޔާ މުހައްމަދު ނާއިލް ބައިވެރިކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.

24 މެއި

May 24, 2016 2
ބޮޓްސްވާނާގައި ތިބި ޒުވާން އެތުލީޓުން ވިދަން ފަށައިފި

ރާއްޖޭގެ އެތުލެޓިކްސްގެ ކުރިމަގު ވަރަށް އުޖާލާ އެވެ. ބޮޓްސްވާނާ އަށް ތަމްރީން ހަދަން ފޮނުވި ޒުވާން ދުވުންތެރިންގެ ވިދުވަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ. އުއްމީދީ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު ނާއިލާއި އަހުމަދު އަނޫފް މުހައްމަދު ވަނީ ރާއްޖޭގެ ޖޫނިއާ ދެ ރެކޯޑެއް މި ހަފުތާގެ ތެރޭގައި މުގުރާލައިފި އެވެ.