24 އޮކްޓޯބަރ

October 24, 2016 5
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން އަލުން ނިންމައިފި އެވެ.

22 އޮކްޓޯބަރ

October 22, 2016 3
653 ކައުންސިލަރުން އިންތިހާބުކުރާނެ

އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 653 ކައުންސިލަރުން އިންތިހާބުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

19 އޮކްޓޯބަރ

October 19, 2016 14
އިންތިހާބުގައި އީސީގެ މައި މަރުކަޒަކީ ބާ ޖަމާލުއްދީން

ކުރިއަށް އޮތް ލޯކަލް ކައުންސިިލް އިންތިހާބުގެ ހުރިހާ ކަމެއް، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާނީ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި އިމާރާތުގައި ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

18 އޮކްޓޯބަރ

October 18, 2016 10
"އިންތިހާބަށް 250އަށްވުރެ ގިނަ ފޯމު ލިބިއްޖެ"

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް 250 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2016 21
އަބްދުއްރަހީމް، އިންތިހާބުގެ ތައްޔާރީތަކުގެ ބޮޑަކަށް

ދެ ފެކްޝަންގެ މެދުގައި ހިޔާލު ތަފާތުވެ ހިންގުމުގެ ކަންތައްތަކުގައި މަރުތަޅު އެޅިފައިވާ، ޕީޕީއެމް އިން އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ކަންތައްތައް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދަން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނިންމައިފި އެވެ.

13 އޮކްޓޯބަރ

October 13, 2016 17
ކައުންސިލް އިންތިހާބު ފަސްކުރަން ޕީޕީއެމުން ހުށަހަޅަނީ

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކާނެ ކަމަށް ޕީޕީއެމް ޕާލިމަންޓް ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2016 3
ވޯޓު ލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓު ލާ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު ގެޒެޓުކޮށްފި އެވެ.

October 10, 2016 10
ދެ ވަނަ ދައުރު ނިމެނީ، މާޒީގެ ތަޖުރިބާ ކުރިމަގަށް

ލޯކަލް ކައުންސިލްހެ އާ އިންތިހާބު ބާއްވައި، ރަށްރަށަށް އާ ވެރިންތަކެއް ހޮވާކަށް ދެން މާކަ ގިނަ ދުވަހެއް ނެތެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ބާއްވާ އިންތިހާބުގައި ވާދަކުރުމުގެ...

06 އޮކްޓޯބަރ

October 06, 2016 7
ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

05 އޮކްޓޯބަރ

October 05, 2016 10
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ ގެނައުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2016 70
ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ: ތޯރިގް

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ ޕީޕީއެމަށް ދޭންޖެހޭ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

21 ސެޕްޓެމްބަރ

September 21, 2016 4
އިންތިހާބަށް ތައްޔާރުވާން މައުމޫން އެދިވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވާދަކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ފެށުމަށް އެ ޕާޓީގެ ބައި އިލެކްޝަން ކޮމެޓީގައި، ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

19 ސެޕްޓެމްބަރ

September 19, 2016 7
ކައުންސިލް އިންތިހާބު ޖެނުއަރީ 14ގައި ބާއްވަނީ

ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ 14ގައި ބޭއްވުމަށް ނިންމައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 13
ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ

މީގެ މަހެއްހާ ދުވަސްކުރިން ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގުބޯޓު ފުން ނުކުރެވި އޮވެ، އެންމެ ފަހުން ބޯޓުން ތެޔޮ ލީކުވާން ފަށައިފި އެވެ. ބޯޓު ފުން ނުކުރެވި އެ ސަރަހައްދު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދަނިކޮށް ތެޔޮ ލީކުވާތީ ރައްޔިތުން އަންނަނީ އަތޮޅު ކައުންސިލްގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.

17 އޯގަސްޓް

August 17, 2016 26
ޕީޕީއެމްގެ ހަލީލް ވެސް ވިޕާ ހިލާފުވެއްޖެ

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރަން ޕީޕީއެމް ކޯލިޝަނުން ތްރީ...

August 17, 2016 11
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން...

16 އޯގަސްޓް

August 16, 2016 15
ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފި

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

08 އޯގަސްޓް

August 08, 2016 7
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ފާހެއް ނުވި

ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

07 އޯގަސްޓް

August 07, 2016 2
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރަން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު، ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފި އެވެ.

01 އޯގަސްޓް

August 01, 2016 3
ގާނޫނުއަސާސީއަށް ގެންނަ އިސްލާހު މަޖިލީހަށް ބަލައިގެންފި

ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

19 ޖުލައި

July 19, 2016 18
އިންތިހާބީ މަގާމުތަކަށް އެއް ޝަރުތުތަކެއް ކަނޑައަޅަނީ

އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެއް ހަމައަކުން ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.

18 ޖުލައި

July 18, 2016 9
ކައުންސިލްގެ ރައީސުން ހޮވުމުގެ ބާރު ރައްޔިތުންނަށް ދެނީ

ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.