15 ޖެނުއަރީ

January 15, 2017 52
މަކުނުދޫގައި މައުމޫން ހޭދަކުރެއްވި ހަތަރު މަސް

އެ ރަށުގައި ހުންނަ އެ ގެ އެމަނިކުފާނަށް ވަރަށް ޚާއްސަ އެވެ. ވެރިކަމުގައި ހުންނެވި އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 1996 ގައި، އެ ރަށަށް ވަޑައިގެން އެގޭގައި ވަގުތުކޮޅެއް ހޭދަކުރެއްވީ، އެހެން އެންމެން ބޭރުގައި ބޭތިއްބެވުމަށް ފަހު، ގިނިކަންޏާ އެވެ. އޭގެ 23 އަހަރު ކުރިން އެ ގޭގައި އެ މަނިކުފާނު ދިރިއުޅުއްވީ ސިޔާސީ...

11 ޖެނުއަރީ

January 11, 2017 10
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން އިހްތިޖާޖަށް

ގއ. ވިލިނގިލީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓުން ދޫކޮށްލުމުން އެ ރަށު ރައްޔިތުން އެކަމާ ދެކޮޅަށް މިއަދު އިހްތިޖާޖް ކުރަން ފަށައިފި އެވެ.

10 ޖެނުއަރީ

January 10, 2017 19
ކެރޭނު ވެއްޓުމުން ފުރާނަ ސަލާމަތްވީ ކިރިޔާ!

ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮތް ލ. ގަމު "މިޔަވާލި 4" ދޯނީގެ ކެޔޮޅު، ހުސެން ހަނީފު އެ ވަގުތު އިނީ އެ ދޯނީގެ ކޮޅުފަސްކޮޅުގައި އިންޖީނު ކައިރީގަ އެވެ. ގާތްގަނޑަކަށް 80 ފޫޓުގެ ދޯނީގެ އިންޖީނު މަރާމާތުކުރަން އިންޖީނު ރޫމުތެރޭގައި އިތުރު މީހަކު އުޅުނެވެ. ކުއްލިއަކަށް ހަނީފަށް ފެނުނީ ބޯމަތިން އެ މީހުންނާ ދިމާއަށް ކެރޭނެއްގެ ބިޔަ ދަނޑި...

09 ޖެނުއަރީ

January 09, 2017 1
ނޮޅިވަރަންފަރުގައި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ

ހދ. ނޮޅިވަރަންފަރުގައި އުމުރުން ދުވަސްވީ މީހަކު މޫދަށް ވެއްޓި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

08 ޖެނުއަރީ

January 08, 2017 20
ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަނީ

ރާއްޖޭގައި ހަދާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓް، ދ. ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

07 ޖެނުއަރީ

January 07, 2017 2
ހިތަދޫގައި އެކްސިޑެންޓްވި މީހެއްގެ ލޮލަށް ގެއްލުންތަކެއް

އައްޑޫ ހިތަދޫގައި މިރޭ އިރާކޮޅު ދެ ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި ލޮލަށް ގެއްލުންތަކެއް ވި މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

04 ޖެނުއަރީ

January 04, 2017 6
ދޫގަސް، އެމްޕީއެލްއާ ވަރަށް އަވަހަށް ހަވާލު ކުރަނީ

އައްޑޫ ގަމުގެ ދޫގަސް ގެސްޓް ހައުސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓްރީން ހަވާލު ކުރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވެއްޖެ އެވެ.

02 ޖެނުއަރީ

January 02, 2017 7
އުރީދޫގެ ސަބްމެރިން ކޭބަލް އޭދަފުއްޓާ ގުޅާލައިފި

އުރީދޫން ރާއްޖޭގެ ދެކުނުން އުތުރަށް އަޅަމުންދާ ނޭޝަންވައިޑް ސަބްމެރިން ކޭބަލް، ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ ލޭންޑިން ސްޓޭޝަނާ މިއަދު ގުޅާލައިފި އެވެ.

January 02, 2017 33
"އީސީސީ ހޮސްޕިޓަލަކަށް ހެދުމަކީ އެތަން ހަލާކު ކުރުން"

އައްޑޫ ހިތަދޫގައި އެމްޑީޕީގެ ސަރުކާރުން ހެދި އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެތަން ހަލާކު ކުރުން...

01 ޖެނުއަރީ

January 01, 2017 2
"ތިނަދޫ އާބާދީ 50" އަށް 10 މިނިޓްގެ ފިލްމެއް

ގދ. ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުނީ 2016 ގަ އެވެ. ތިނަދޫ ފަޅުކޮށްލުމާއި އަލުން އާބާދުވިތާ 50 އަހަރު ފާހަގަކުރަން ވަރަށް ވަރުގަދަ ފިލްމެއް ހަދަން ތިނަދޫ ކައުންސިލުން މަސައްކަތް ކުރި އެވެ.

31 ޑިސެމްބަރ

December 31, 2016 3
ނައިފަރު ރޯ ހައުސްއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

ޅ. ނައިފަރު ރޯ ހައުސްއެއްގައި ރޯވެ މިއަދު ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

December 31, 2016 2
އާ އަހަރާ އެކު ކެޔޮދޫގައި ޕްލާސްޓިކް ކޮތަޅު މަނާކުރަނީ

މާދަމާ ފަށާ އާ އަހަރާ އެކު ވ. ކެޔޮދުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ނިންމައިފި އެވެ.

30 ޑިސެމްބަރ

December 30, 2016 1
ނިލަންދޫން ސްކޫލުން ވަގަށް ނެގި ފައިސާ ހޯދައިފި

‎ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާ ހޯދައި، ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

December 30, 2016 23
ރައީސްގެ އެދިވަޑައިގަތުމަކަށް މުނައްވަރު ވ. އަތޮޅުގައި

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ އެދިވަޑައިގަތުމަކަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވ. އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފި އެވެ.

28 ޑިސެމްބަރ

December 28, 2016 21
އަނިޔާ ދިނީ ގާތް މީހެއް، ހަލީމާ އަދިވެސް ޝޮކުގައި

މިދިޔަ ހޮނިހިރު ދުވަހު ފަތިހު، ފަތިސް ނަމާދަށް ފަހު ހަލީމާ އާދަމް ގޭގެ ދޮރު ހުޅުވާލީ ރަށުތެރެ ކުނިކަހަން ދާށެވެ. އެކަމަކު އެވަގުތު އޭނާގެ ކުރިމައްޗަށް އެރީ ހުސް ސޯޓުކޮޅެއް ލައިގެން، މޫނުމަތީގައި ގަނޑުގަނޑަށް ހުދު ފުށް ޖަހައިގެން ހުރި މީހެކެވެ. އެއީ ކާކުކަން އޭނާ އަށް ރަނގަޅަށް އެނގެ އެވެ. އެކަމަކު ސިފަ ނާންގަން ވެގެން އެގޮތަށް...

27 ޑިސެމްބަރ

December 27, 2016 24
ވިލުފުށީގައި ގެންގުޅުނު ކިނބޫ ސިފައިންނާ ހަވާލުކޮށްފި

ތ. ވިލުފުށީ ކައިރީގައި އޮންނަ ހޮނޑެލިފުށިން މީގެ ފަސް އަހަރު ކުރިން ހިފައި ވިލުފުށީގައި ބާއްވާފައި އޮތް ކިނބޫ ބޮޑުވެ، ރައްޔިތުންނަށް ބިރުހީވުމުން ސިފައިންނާ އިއްޔެ ކިނބޫ...

December 27, 2016 1
ދިރާގުގެ ފައިބަ ބްރޯޑްބޭންޑް އިންޓަނެޓް ލ. އަތޮޅަށް

ދިރާގުން ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓުގެ ހިދުމަތް ކަމަށްވާ ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ލ. އަތޮޅުގައި އިއްޔެ ފަށައިިފި އެވެ.

25 ޑިސެމްބަރ

24 ޑިސެމްބަރ

December 24, 2016 19
ހެނބަދު އަށް ދިޔަ ސީޕްލޭނަކަށް ގެއްލުން ވެއްޖެ

ބައެއް މިނިސްޓަރުންނާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިއަދު ނ. ހެނބަދު އަށް ވަޑައިގެންނެވި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއްގެ ކަނދެއްގައި ނަގިއްޔަކުން ޖެހި ގެއްލުން ވެއްޖެ އެވެ.

23 ޑިސެމްބަރ

December 23, 2016 3
ފުވައްމުލަކަށް ލެއްގި ހިލަތައް ނަގަން ފަށައިފި

ފުވައްމުލަކު ފަރަށް މިދިޔަ އޯގަސްޓް މަހު އެރި ވިއެޓްނާމްގެ ބޯޓު ފުންކުރަން އެ ރަށު ފަރުމައްޗަށް އުކާލި ހިލަތައް ގޮނޑުދޮށަށް ލެއްގުމާ ގުޅިގެން ހިލަތައް ނަގަން ފަށައިފި އެވެ.

December 23, 2016 37
ފިރިހެނުންނަށް ދޫނުކުރާތި! ގޮއިދޫ އަންހެނުން މަހަށް

ހީވާގި މަސްވެރި އަންހެނުންގެ ވާހަކަ އަބަދު ވެސް ދައްކަ އެވެ. އެކަމަކު އެ މީހުންގެ މަސައްކަތަކީ ފިރިހެނުން ބާނައިގެން ރަށަށް ގެންނަ މަސް، ގޭދޮށަށް ގެންގޮސް، އެ ކެއްކުމެވެ. ހައްސަ...

19 ޑިސެމްބަރ

December 19, 2016 46
ދޫނިތަކެއް ހިފައިގެން އެއްލައްކަ ރުފިޔާއިން ޖޫރިމަނާ

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން ގެންގުޅުނު ބ. ދޮންފަނު މީހަކު 111،500 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

December 19, 2016 8
ފަޒީލުގެ ގިނަ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް

ޑިންގީގެ އިންޖީނު ގޮވައި ބަނޑު ކަފައިގެން ދިޔަ އެކްސިޑެންޓުގައި އަބްދުﷲ ފަޒީލްގެ ހަށިގަނޑުގެ ގިނަ ގުނަވަންތަކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން...