06 މެއި

May 06, 2020 5
ދައުރު އިތުރުކުރާ ބިލާ މެދު އޭޖީގެ ލަފައަކަށް އެދިއްޖެ

ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޚާއްސަ ގާނޫނެއް ފާސްކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލާ މެދު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފައަކަށް އިދިކޮޅު ކޯލިޝަނުން އެދެފި އެވެ.

09 ޑިސެމްބަރ

December 09, 2019 20
މުއިއްޒަށް ޖިނާއީ ތަހުގީގެއް ހިންގަން ހުށަހަޅައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އާ އެކު ހެދި އެއްބަސްވުމުގެ މައްސަލާގެ އާބިޓްރޭޝަން މަރުހަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލު ކުރެއްވި ގޮތާ ގުޅިގެން މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދި ބަންޑާރަ ނައިބުގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

28 ނޮވެމްބަރ

November 28, 2019 9
ބަދަލު ދެނީ ވަކި މަސްލަހަތަކަށް ބަލައިގެން: ޖަމީލް

ރިޔާސީ ކޮމިޝަނުން ނެރޭ ރިޕޯޓްތަކުން "ވާ ކަމެއް ނެތް" ކަމަށާއި ބޮޑެތި އަދަދުތަކުން ބަދަލު ދެނީ ވަކި ބައެއްގެ މަސްލަހަތުގައި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

17 އޮކްޓޯބަރ

October 17, 2019 43
ބަދަލުގެ ނަމުގައި ފުރަނީ ރައްޓެހިންގެ ޖީބު: ޖަމީލް

ރައްޔިތުންނަށް ވީ އެންމެ މުހިންމު ވައުދާ ހިލާފުވެ، ސަރުކާރުން ރައްޓެހިންގެ ޖީބުތައް ފުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2018 6
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު

ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ޝަރުއީ ދާއިރާގެ ތެރެއިން އިންސާފު ނުލިބި އަހަރެއްވީމަ ހިތާމަ...

October 02, 2018 6
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ

ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އެ ކޯޓުން ނިންމައިދޭ އަވަސް މިނުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އެ މަގާމުން ވަކިވެފައިވާ...

01 އޮކްޓޯބަރ

October 01, 2018 3
ސައުދު ކޯޓުގެ ބެންޗަށް: ބޭނުމީ އަދުލުވެރި ހުކުމެއް!

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ސުޕްރީމް ކޯޓުން...

October 01, 2018 27
ހަތަރު ގޮނޑީގެ މައްސަލަ ހުކުމާ ދިމާލަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ، ސުޕްރީމް ކޯޓުގެ ހުކުމާ ދިމާއަށް މިއަދު މިސްރާބު ޖަހައިފި އެވެ.

25 ޖުލައި

July 25, 2018 18
12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް އިއްވުން މިއަދު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ނިންމި ނިންމުން ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް އެ ކޯޓުގައި ތާވަލްކޮށްފި އެވެ.

11 ޖުލައި

July 11, 2018 70
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުދޭން އޭޖީ އަންގަވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު އަންގަވައިފި އެވެ.

20 މާޗް

March 20, 2018 4
އަޑުއެހުންތައް ނިންމާލީ ބަހުގެ ހޫނު ހަމަލަތަކަށްފަހު!

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް، ގާނޫނަކަށް ހެދި މައްސަލައިގައި ދައުލަތާއި މައްސަލަ ހުށަހެޅި ފަރާތާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސުޕްރީމް ކޯޓުގައި މިއަދު ބަދަލުކޮށްފި އެވެ.

11 މާޗް

March 11, 2018 19
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން އެ ކޯޓުން ހަމަޖައްސައިފި އެވެ.

23 ފެބުރުއަރީ

February 23, 2018 14
ދައްކާ ބިރަކަށް ނުބަލައި ގާނޫނު ނަގަހައްޓަން ގޮވާލައިފި

ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ދައުލަތުގެ މުއައްސަސާތަކާއި މުހިއްމު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާނޫނުއަސާސީ ދިފާއުކޮށް ނެގެހެއްޓުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

18 ފެބުރުއަރީ

February 18, 2018 252
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން ސުޕްރީމް ކޯޓުން މިރޭ މަޑުޖައްސާލައިފި އެވެ.

10 ޖުލައި

July 10, 2017 211
ޕާޓީ ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.