19 މެއި

May 19, 2020 16
އެސްޓީއޯ މެދުވެރިކޮށް ހަަރަދުކުރި ގޮތް ބަލަނީ

މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށް 814 މިލިއަން ރުފިޔާ ހަރަދު ކުރެވުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް. މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއުއާ ކުރަނީ އެސްޓީއޯ އިން ކަމަށް އަމީރު ވިދާޅުވެފައިވޭ.

24 ފެބުރުއަރީ

February 24, 2020 34
އައިއޭއެސްގެ ހަރަދު ބޮޑަސް، ނުހިންގޭހާ ގޯހެއް ނޫން

އަައިލެންޑް އޭވިއޭޝަަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)އިން މުވައްޒަފުންނަށް ކުރާ ހަރަދު ދައުލަތުގެ އެހެން ބައެއް ކުންފުނިތަކާ އަޅާ ބަލާއިރު ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކުންފުނި ހިންގަން މާލީ ގޮތުން ހިންްގަން ހުރަސް އެޅޭހާ ގޯސް ނޫން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުުނެފި އެވެ.

February 24, 2020 34
އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފަކަށް މުސާރަ!

އިސްލާމިކް މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރާގެ ގޮތުގައި 62،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއް އޮޑިޓާ ޖެނެރަލް ފެންމަތިކުރައްވައިފި އެވެ.

February 24, 2020 51
ޒިކުރާ މިސްކިތް ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް...

23 ފެބުރުއަރީ

February 23, 2020 133
ފައިސަލްގެ އައިނު ހައްދަން ބަޖެޓުން 72،000ރ

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، އޭނާ އާއި އަނބިކަނބަލުންގެ އައިނު ހެއްދުމަށް އެމްބަސީގެ ބަޖެޓުން 72،438ރ. ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2020 1
ދެކުނު އޮޑިޓް އޮފީހުން 85 ޕަސެންޓް މަސައްކަތް ނިންމި

އައްޑޫގައި ހުންނަ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ގޮފިން މިދިޔަ އަހަރު ކުރަން ރޭވި އޮޮޑިޓްތަކުގެ 85 ޕަސެންޓް ނިންމައިިފި އެވެ.

12 ފެބުރުއަރީ

February 12, 2020 17
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2019 86
އެމްއޭސީއެލުން މިހާ ބޮޑު އާމްދަނީއެއް ދޫކޮށްލަނީތަ؟

ހުޅުލޭގައި އެމްއޭސީއެލުން ހަދަމުން އަންނަ އާ ސީ ޕްލޭން ޓާމިނަލް ހިންގަން ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށް، ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2019 5
ގިނަ ކައުންސިލްތަކުން މާލީ ރިޕޯޓު ވެސް ނުހަދާ: ޒިޔަތު

ރާއްޖޭގެ ގިނަ ކައުންސިލްތަކުން މާލީ ބަޔާން ތައްޔާރު ނުކުރާ ކަމަށާއި ކައުންސިލްތަކަށް މާލީ ބާރުތައް ދޭއިރު މިހާރަށް ވުރެ ފުރިހަމަ އަށް މޮނީޓާކޮށް ޒިންމާދާކުރަން ޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2019 5
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2019 ފަށައިފި

އެކައުންޓެންޓުންނާއި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2019" ފަށައިފި އެވެ.

28 ޖޫން

June 28, 2019 9
ސަރުކާރު ހުރިހާ ޖޭވީތަކެއްގެ މައުލޫމާތެއް ނުލިބޭ:ޒިޔަތު

ސަރުކާރު ހިއްސާވާ ކުންފުނިތައް އެހެން ކުންފުނިތަކާ ގުޅިގެން އުފައްދާފައިވާ ބައެއް ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު އޮޑިޓް އޮފީހަށް ނުލިބި އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

25 ޖޫން

June 25, 2019 1
އެމްއެމްއޭ އޮޑިޓްކުރުމާ އޮޑިޓާ ޖެނެރަލް ހަވާލުވަނީ

މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އޮޑިޓް ކުރުމަށް ބޭނުންވާ ގާބިލްކަން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހުން އެކަމާ ހަވާލުވާނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2019 1
މިދިޔަ އަހަރު 200 އޮޑިޓް ރިޕޯޓު ނިންމިން: ޒިޔަތު

ވޭތުވެދިޔަ އަހަރު 200 އޮޑިޓް ރިޕޯޓު ނިންމާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިރޭ ވިދާޅުވެއްޖެ އެވެ.

19 ފެބުރުއަރީ

February 19, 2019 4
ރާއްޖެ އާއި ސައުދީ އޮޑިޓް އޮފީހުން އެއްބަސްވުމަކަށް

އޮޑިޓާ ޖެނެރަލް އޮފީހާއި ސައުދީގެ ޖެނެރަލް އޮޑިޓިން ބިއުރޯއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

27 ޑިސެމްބަރ

December 27, 2018 96
ތިލަފުށި ނުހިއްކުނު އެކަމަކު ހެވީލޯޑް މުއްސަނދިކޮށްދީފި

ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކަން ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑަށް ދިން މަޝްރޫއު ކުރިއަށް ނުގެންދެވިގެން އެގްރިމެންޓް ބާތިލްކުރިޔަސް، ކުރީގެ ސަރުކާރުން، 162 މިލިއަން ރުފިޔާ ޖެހޭ ވަރުގެ ބަދަލުތަކެއް ހެވީ ލޯޑަށް ދީފައިވާކަން ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.

02 ޑިސެމްބަރ

December 02, 2018 23
ވަގުފް ބިނާ ކުއްޔަށް ދީފައި ވަނީ ގެއްލުންވާ ގޮތަށް

މިސްކިތްތަކަށް ހަރަދު ކުރަން އުފައްދާފައިވާ ވަގުުފް ފަންޑުންނާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކޮށްފައިވާ ވަގުފް ބިނާ "ދާރުލް އީމާން" ކުއްޔަށް ދީފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

27 ނޮވެމްބަރ

November 27, 2018 3
އޮޑިޓް ރިޕޯޓްތަކުގައި ބުނާ ކަންކަން އިސްލާހެއް ނުކުރޭ

އޮޑިޓް ރިޕޯޓްތަކުގައި އިސްލާހު ކުރުމަށް ހުށަހަޅާ ކަންކަން އެއް އަހަރުން އަނެއް އަހަރަށް އިސްލާހު ކުރާ ތަން ނުފެންނަ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

21 ނޮވެމްބަރ

November 21, 2018 10
ދަރަނި ބޮޑުވަމުން ދަނީ އާމްދަނީއަށް ވުރެ ބާރަށް:ޒިޔަތު

ދައުލަތުގެ ދަރަނި ބޮޑުވަމުން ދަނީ ވަނީ އާމްދަނީ އިތުރުވާ ނިސްބަތަށް ވުރެ ބާރަށް ކަމަށް ވިދާޅުވެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާ ދެއްވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2018 27
އެޗްޑީސީގެ ހާއްސަ އޮޑިޓެއް ކުރަން ނިންމައިފި

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ކުރި ކެމްޕޭނަށް، ގަވާއިދާ ޚިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ހޭދައެއް ކުރި މައްސަލަ ބެލުމަށް ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.

13 އޯގަސްޓް

August 13, 2018 19
ލިބެންޖެހޭ 51 މިލިއަން ހޯދަން ފިޔަވަޅެއް ނާޅާ:އޮޑިޓް

ފިޝަރީޒް މިނިސްޓްރީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނާއި މުދަލުން ދައުލަތަށް ލިބެންޖެހޭ 51 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެ މިނިސްޓްރީން އަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

02 ޖުލައި

July 02, 2018 6
ޗާޓަޑް އެކައުންޓެންޓުންގެ ބިލް މަޖިލީހަށް ފޮނުވަނީ

ރާއްޖޭގެ އެކައުންޓިން ދާއިރާގެ ގިނަ ކަންކަން ކަނޑައަޅާ، ޗާޓަޑް އެކައުންޓެންޓުންގެ ބިލް މި އަހަރު ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވޭވަރު ވާނެ ކަމަށް އޮޑިޓަ ޖެނަރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

06 ޖޫން

June 06, 2018 13
96 މިލިއަން ދޫކުރީ ރަނގަޅަށް ކަމެއް ކަށަވަރެއް ނޫން

އައިޖީއެމްއެޗުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު 96 މިލިއަން ރުފިޔާ ދިނީ ކުރި މަސައްކަތަކަށް ކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.