06 ޖޫން

June 06, 2018 13
96 މިލިއަން ދޫކުރީ ރަނގަޅަށް ކަމެއް ކަށަވަރެއް ނޫން

އައިޖީއެމްއެޗުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު 96 މިލިއަން ރުފިޔާ ދިނީ ކުރި މަސައްކަތަކަށް ކަން ކަށަވަރު ކުރެވެން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

08 ނޮވެމްބަރ

November 08, 2017 5
އެކައުންޓިން ބޮޑީއެއް އުފައްދަނީ

އޮޑިޓަރުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް އެކައުންޓިން ބޮޑީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2017 12
އެސްޓީއެލްގެ ތިން ލައްކަ ރުފިޔާއަށް ވީ ގޮތެއް ނޭނގޭ!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް)ގެ 350،000ރ. އަށް ވީނުވީ ނޭނގި ގެއްލިފައިވާ ކަމަށް އެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 65
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނަށް ފައިދާ ލިބޭ ގޮތަށް އެކަމަކު އެސްޓީއޯއަށް ވުރެ ލިޓަރަކުން 1.50ރ ބޮޑުކޮށް، ފެނަކައިން ތެޔޮ ގަނެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވުމުން، އެ މެމްބަރުންގެ އަމިއްލަ އެދުން ކިހާ ބޮޑުކަން މިވަނީ އެނގިފަ އެވެ. ރަށްރަށުގައި ފެނަކައިން ހިންގާ އިންޖީނުގެތަކަށް ބޮޑު އަގުގައި ތެޔޮ ގަތުމުގެ މާނައަކީ...

20 ސެޕްޓެމްބަރ

September 20, 2017 33
ފެނަކައިން ތެޔޮ ގަތުމުގައި ވެސް ބޮޑެތި ކޮރަޕްޝަންތަކެއް

އެކި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނުން ޑީސަލް ގަތުމަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

September 20, 2017 15
ފެނަކައިގެ ޑޮލަރު މުއާމަލާތުން ދައުލަތަށް ގެއްލުން!

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ޑޮލަރު ގަތުމަށް ހިންގާފައިވާ މުއާމަލާތުތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް...

September 20, 2017 129
ފެނަކައިގެ ބޮޑެތި ކޮރަޕްޝަން އޮޑިޓުން ފަޅާއަރުވާލައިފި

ފެނަކަ ކޯޕަރޭޝަނާ ބެހޭ ގޮތުން އާންމުންގެ މެދުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، އެ ތުހުމަތުތަކާ ބެހޭ ތަފްސީލުތައް އޮޑިޓް ރިޕޯޓުން މިއަދު ހާމަކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2017 9
ވަޑިނޮޅުގެ އިކުއިޒިޝަން ކޮސްޓް ހޯދަންޖެހޭ: އޮޑިޓް

އެމްޑީޕީގެ ވެރިކަމުގައި ރިސޯޓެއް ހެދުމަށް މޯލްޑިވްސް ދޯނި ސާވިސް އަށް ދިން ލ. ވަޑިނޮޅުގެ އިކުއިޒިޝަން ކޮސްޓަށް ވާ ފައިސާ ދައުލަތަށް ހޯދަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އަންގަވައިފި އެވެ.

17 އޯގަސްޓް

August 17, 2017 3
މަޖިލީހުގެ ސެކިއުރިޓީންނަށް 5.2 މިލިއަން ރުފިޔާ!

ސާޖެންޓް އެޓް އާމްސްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓި 22 މީހަކު އެއްވެސް ޒިންމާއެއް އަދާނުކުރަނީސް މުސާރައިގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

22 ޖޫން

June 22, 2017 28
"ޒަކާތް ލިބުނީ ހައްގުވެރިންނަށް ކަން ޔަގީނެއް ނުވޭ"

މިދިޔަ އަހަރު މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހި ގޮތުގެ ތަފްސީލު ނުލިބޭތީ އެ ފައިސާ ލިބުނީ އޭގެ ހައްގުވެރިންނަށް ކަން ކަށަވަރު ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

01 ޖޫން

June 01, 2017 48
ނަޝީދުގެ ސަރުކާރުން އިއުލާން ނުކޮށް 17 ރަށް ދޫކުރި

އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ) އަށް ސީއެސްއާރު މޮޑެލްގެ ދަށުން ރިސޯޓް ހެދުމަށް ރަށްތަކާއި ފަޅުތައް ހޯދަން 660 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި 2011 ވަނަ އަހަރު އިއުލާން ނުކޮށް 17 ރަށަކާއި ފަޅެއް ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެއްގައި...

30 މެއި

May 30, 2017 10
"ފިޝަރީޒަށް ލިބެންޖެހޭ 39 މިލިއަން ރުފިޔާ އެބަހުރި"

ފިޝަރީޒް މިނިސްޓްރީ އަށް އެކި ގޮތްގޮތުން ލިބެންޖެހޭ 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ ހޯދަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތް ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

20 އެޕްރީލް

April 20, 2017 22
ނުހައްގު މުއްސަނދިކަމަށް ފިޔަވަޅު އެޅެން ޖެހޭ: ޒިޔަތު

ނުހައްގު މުއްސަނދިކަން ނުވަތަ އިލިސިޓް އެންރިޗްމަންޓަކީ ރާއްޖޭގައި ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅައި އެފަދަ މީހުންނަށް ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރުވެރިކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ގޮވާލައްވައިފި އެވެ.

02 މާޗް

March 02, 2017 11
އޮޑިޓް އޮފީހުގެ ދެކުނު ގޮފިން 48 ރިޕޯޓް ނެރެފި

ދެކުނުގެ ހަތަރު އަތޮޅަށް ހާއްސަކޮށްގެން ހިތަދޫގައި މިދިޔަ އަހަރު ހުޅުވި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުން، ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 50 އޮޑިޓް ރިޕޯޓް ނެރުމަށް ރާވައި، އޭގެ ތެރެއިން 48 އޮޑިޓް ރިޕޯޓް ނެރެފައިވާ ކަމަށް އެ އޮފީހުގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2016 13
ވެރިން ޒިންމާދާރު ކުރުމުން ކޮރަޕްޝަން މަދުވާނެ: ޒިޔަތު

ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވުމަކީ ކޮރަޕްޝަނާއި ހިޔާނާތަށް އޮތް ޖާގަ ކުޑަވެގެންދާނެ ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

20 އޮކްޓޯބަރ

October 20, 2016 1
އޮޑިޓް އޮފީހަށް 45 މިލިއަންގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ.