10 އޯގަސްޓް

August 10, 2020 21
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން

ބ. ބޮޑުފިނޮޅުގައި މިދިޔަ މަހު ކުރީކޮޅު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ނަމުގައި ބަޔާންތައް ނެރެ ވާހަކަ ދައްކަމުން އަންނަ ބައެއް ވަކީލުންގެ ސުލޫކީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

04 އޯގަސްޓް

August 04, 2020 65
މުސާރަ ނުދޭ ހުރިހާ ބިދޭސީންނާ ދައުލަތުން ހަވާލުވަނީ؟!

ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރުގެ ހާލަތުން ވެސް ވަރަށް ސާފު މައްސަލައެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ފުލުހުން ކުރަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެކެވެ. ކޯޓުން އަމުރުކޮށްފައި އޮތީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި...

03 އޯގަސްޓް

August 03, 2020 8
ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި

މުސާރައިގެ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކަށްފަހު ހައްޔަރުކުރި ބިދޭސީން ރޭ ދޫކޮށްލައިފި އެވެ.

02 އޯގަސްޓް

August 02, 2020 16
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް ކަމަށާއި މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2020 9
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެ އެވެ.

21 ޖުލައި

July 21, 2020 5
ރިޒްގެ ބިދޭސީން އަދިވެސް ބޮޑުފިނޮޅުގައި

ބ. ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުވެގެން ތިބި ރިޒް ކުންފުނިން އެ ރަށަށް މަސައްކަތު ގެންގޮސްފައި ތިބި ބިދޭސީންނާ ހަވާލުވެ، އެ މީހުން އެ ރަށުން ބޭލުމަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ އެ ކުންފުނިން ހިލާފްވެއްޖެ އެވެ.

19 ޖުލައި

July 19, 2020 8
ބިދޭސީންގެ ވަކީލުންނަށް ގޯސްވީ ފުލުހުންނާއި ސީލް

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ހިންގި ޕްރޮޖެކްޓެއްގައި މަސަައްކަތް ކުރި ބިދޭސީންނަށް މުސާރަ ނުދިނުމުން ހިންގި...

July 19, 2020 4
ބޮޑުފިނޮޅުގެ ބިދޭސީން މުސާރަ ހޯދަން ޓްރައިބިއުނަލަށް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން...

18 ޖުލައި

July 18, 2020 1
ބޮޑުފިނޮޅު: ބިދޭސީންގެ ބަންދަށް އަނެއްކާ 15 ދުވަސް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި އެވެ.

16 ޖުލައި

July 16, 2020 36
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ މީހުން ބާލައި އެ މީހުންގެ މުދާތައް ވަގުތުން ގެންދިއުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އެ ކުންފުނިން...

15 ޖުލައި

July 15, 2020 4
ރިޒުން ބޮޑުފިނޮޅަށް އެރުވި މީހުން ބާލަން އަމުރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގެ މަސައްކަތްތަކަކާ ހަވާލުގެން ތިބި ރިޒް ކުންފުނިން އެ ރަށަށް ގެންގޮސް ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބާލަން ރިޒް ކުންފުންޏާއި ފުލުހުންގެ މައްޗަށް މިރޭ ބ....

13 ޖުލައި

July 13, 2020 17
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

12 ޖުލައި

July 12, 2020 57
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!

ރިސޯޓެއްގެ ގޮތުގައި ބ. ބޮޑުފިނޮޅު ތަރައްގީކުރުމުގެ މަސައްކަތަށް އެ ރަށަށް ގެންދިޔަ ބިދޭސީންނާ ހަވާލުވާން ކުރިން އިންކާރު ކުރުމަށް ފަހު، އެ ތަނުގައި ތިބީ އެ ކުންފުނީގެ އެންމެ 14...

July 12, 2020 10
ބޮޑުފިނޮޅުން ބިދޭސީން ބޭލުމުގެ އަމުރަކަށް އެދިއްޖެ

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ބިދޭސީން ބޭލުމުގެ އަމުރަކަށް އެ ރަށުގެ ވެރިފަރާތް، ސީލް މޯލްޑިވްސް އިން ބ. ތުޅާދޫ ކޯޓުގައި އެދިއްޖެ...

10 ޖުލައި

July 10, 2020 62
ބިދޭސީން ބޮޑުފިނޮޅަށް ދޫކޮށްލައި ރިޒުން ފައިބައިފި!

އެތައް މަހަކު މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހަމަނުޖެހުން ހިންގި ބިދޭސީން އެންމެ ފަހުން އެ ރަށަށް ދޫކޮށްލައި އެ މީހުންގެ އެމްޕްލޯޔަރު، ރިޒް ކުންފުނިން އެ ރަށުން ފައިބައިފި އެވެ. އޭގެތެރޭގައި، ވަރަށް ބަލި، ވަގުތުން ފަރުވާ ބޭނުންވާ ތިން ބިދޭސީއަކު ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

08 ޖުލައި

July 08, 2020 20
ބޮޑުފިނޮޅުގެ ބިދޭސީންނާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް!

އެތައް މަހަކު މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީން ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލުމުން ހައްޔަރުކުރި 19 ބިދޭސީންނަށް މުއްދަތު މަޖިލީހުގައި ތަރުޖަމާނެއް ހަަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

06 ޖުލައި

July 06, 2020 13
މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުހަށް ހާޒިރުކޮށްފި

ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް...

July 06, 2020 7
ބޮޑުފިނޮޅުގެ މައްސަލައިގައި 5 އިދާރާއެއް ހާޒިރުކުރަނީ

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ނުދީ، ހިއުމަން ޓްރެފިކިން އަށް ފެތޭ ގޮތަށް އެ މީހުން ލައްވައި ރިޒް ކުންފުނިން މަސައްކަތް ކުރުވި ކަމުގެ ތުހުމަތާ ގުޅިގެން،...

05 ޖުލައި

July 05, 2020 46
މެމްބަރު ރިޒާ އަށް ހިއުމަން ޓްރެފިކިންގެ ތުހުމަތު!

ސައްހަ ޑޮކިއުމެންޓެއް ނެތް ބިދޭސީންތަކެއް ލައްވައި، ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި، އެތައް މަހެއް ވަންދެން މުސާރަ ނުދިނުމާއި، އެތަނުން އެމީހުން ފޭބިޔަނުދީ ގެންގުޅުމަކީ...

July 05, 2020 39
ރިޒާގެ އެކައުންޓު ފްރީޒްކުރޭ، މުސާރަ ދީ: ނަވާނަވައި

ރިސޯޓެެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު...

03 ޖުލައި

July 03, 2020 88
ބިދޭސީން ފުލުހުންނަށް ހަމަލާދޭ ބިރުވެރި މަންޒަރެއް

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންްނަ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި 13 ދިވެއްސަކު ރަހީނު ކުރުމުން އެ ތަނަށް ފުރަތަމަ ދިޔަ ފުލުހުންނަށް ބިދޭސީން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެެއް "މިހާރު"އަށް ލިބިއްޖެ އެވެ.

02 ޖުލައި

July 02, 2020 182
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކޮށްފި

ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތުގައި އުޅޭ ބިދޭސީން ކުރަމުންދާ ހަޅުތާލު ހޫނުވެ، އެ ރަށަށް އަރަން ދިޔަ ފުލުހުންނަށް އެ ރަށަށް އެރޭ ގޮތް ނުވި ކަމަށް ތުޅާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.