03 ޖޫން

June 03, 2019 11
ކްލަބެއް އުފައްދައި ޒަޔާން ފުރުސަތުތައް ހޯދައިދެނީ

ޒުވާން އުމުރެއްގައި، މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ހުނަރުވެރި ކުޅުންތެރިޔާ އަހުމަދު ޒަޔާން ޝަހީދު ޒަކީ، ރިވައިވަލް ސްޕޯޓްސްގެ ނަމުގައި ކުޅިވަރު ކްލަބެއް އުފައްދައި ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ބެޑްމިންޓަން ކުޅުންތެރިންގެ ސޮއި ހޯދައިފި އެވެ.

25 މެއި

May 25, 2019 3
ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީއަކަށް މޫސަ

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިއަށް އޮތް ހަތަރު އަހަރަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު އިންތިހާބުވެވަޑައިގެންފި އެވެ.

21 މެއި

May 21, 2019 17
އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސްއެއް އަޅަނީ

އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސް އަށް އަޅަން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

07 މެއި

May 07, 2019 13
ޒަޔާން ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލައިފި

ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

03 މެއި

May 03, 2019 15
ހަމަހަމަކަމެއް ނެތް ކަމަށް ބުނެ ތޯއިފް ޓީމާ ދުރަށް

ހަމަހަމަ ފުރުސަތުތަކާއި ހައްގުތައް ލިބޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އަދި އަމިއްލަ ސަބަބުތަކެއް ވެސް ހުރުމާ އެކު، ޒުވާން ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ތޯއިފް މުހައްމަދު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

08 އެޕްރީލް

April 08, 2019 8
މުޅި ރާއްޖެ އަށް ބެޑްމިންޓަން ފުޅާކުރެވޭނެ: މޫސަ

ކުޅިވަރުގެ ސިޔާސަތު ބައްޓަންކުރަން ޖެހޭނީ މުޅި ރާއްޖޭގެ ބައިވެރިވުން އެންމެ ބޮޑަށް އޮންނަ ގޮތަކަށް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެޑްމިންޓަން ފުޅާކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

02 އެޕްރީލް

April 02, 2019
ބައިނަލްއަގްވާމީ ތިން މުބާރާތެއް ރާއްޖޭގައި ބާއްވަނީ

ބެޑްމިންޓަންގެ ބައިނަލްއަގްވާމީ ތިން މުބާރާތެއް މި އަހަރު ރާއްޖޭގައި ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

29 މާޗް

March 29, 2019 4
ބެޑްމިންޓަނުން އާ ރޫހެއްގައި މެޑެއްޔެއްގެ އަމާޒުގައި

މީގެ ހަތަރު އަހަރު ކުރިން 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ބެޑްމިންޓަނުގެ ޓާގެޓަކަށްވީ ރަން މެޑެއްޔެއް ހޯދުމެވެ. އެކަން ހާސިލްނުވި ނަމަވެސް ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. އެކަމުން ފިލާވަޅު ހޯދައި ބެޑްމިންޓަން...

21 ފެބުރުއަރީ

February 21, 2019 4
ސަސްޕެންޝަން އުވާލުމުން ނަބީހާ ގައުމީ ޕްރެކްޓިހަށް

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އައިމިނަތު ނަބީހާ، ސަސްޕެންޝަނަށް ފަހު އަލުން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

13 ޑިސެމްބަރ

December 13, 2018 3
ދެ ވަނަ ބުރުން ރާއްޖެ އަށް މުބާރާތް ނިމިއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޔޮނެކްސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމަށް ދެ ވަނަ ބުރުން މުބާރާތް ނިމިއްޖެ އެވެ.

12 ޑިސެމްބަރ

December 12, 2018 7
ނަބީހާ އާއި ނިބާލް ދެ ވަނަ ބުރަށް

މިހާރު ކުރިއަށްދާ ޔޮނެކްސް ބަންގްލަދޭޝް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބީހާ އާއި ނިބާލް އަހުމަދު ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

10 ޑިސެމްބަރ

December 10, 2018 8
ބެޑްމިންޓަން ބޭރު މުބާރާތެއް ރާއްޖޭގައި ބޭއްވޭތޯ ބަލަނީ

ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަޑް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2018 4
ރާއްޖޭގެ ދެބެން ނޭޕާލް މުބާރާތުން ލޯ މެޑަލް ހޯދައިފި

ނޭޕާލުގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ލޯ މެޑަލް ހާސިލްކޮށްފި އެވެ.

06 ޑިސެމްބަރ

December 06, 2018 5
ނަބާހާ އާއި ނަބީހާ ނޭޕާލް މުބާރާތުގެ ކުއާޓާ އަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ފުރުސަތު ހޯދައިފި އެވެ.

05 ޑިސެމްބަރ

December 05, 2018 1
ޒަޔާނާއި މާޝާ ނޭޕާލް މުބާރާތުގެ ދެ ވަނަ ބުރަށް

ނޭޕާލުގައި މިހާރު ކުރިއަށްދާ ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސްގެ ދެ ވަނަ ބުރުން ގައުމީ ބެޑްމިންޓަން ޓީމުގެ ޒަޔާން ޒަކީ އާއި މާޝާ ރަޝީދު ފުރުސަތު ހޯދައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 1
އެއް އަހަރުގެ ތެރޭ ދެބެންނަށް ތިން ރިހި މެޑަލް!

ނޭޕާލުގައި މިއަދު ނިމުނު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރިހި މެޑަލް ހާސިލްކުރިއިރު، މިއީ ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ބައިނަލްއަގްވާމީ މުބާރާތްތަކުން މި ދެބެން ހޯދި ތިން ވަނަ ރިހި މެޑަލް އެވެ.

01 ޑިސެމްބަރ

December 01, 2018 1
ޔޫތު ބެޑްމިންޓަން ފައިނަލަށް ރާއްޖޭގެ ދެބެން

ނޭޕާލުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ވިމެން ޑަބަލްސް އިވެންޓުގެ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ފުރުސަތު ހޯދައިފި އެވެ.

19 އޮކްޓޯބަރ

October 19, 2018 17
ގިނަ ބަޔެއްގެ އުއްމީދުތަކާ އެކު ނިބާލަށް ހިތްވަރެއް

މީގެ ދެ އަހަރު ކުރިން 2016 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާތުގައި އުމުރުން 14 އަހަރުގެ އަހުމަދު ނިބާލަށް އެންމެންގެ ލޯ އަމާޒުވީ ފުރަތަމަ ފަހަރަށް ގައުމީ މުބާރާތެއްގައި ކުޅެ އޭނާ ދެއްކި އާދަޔާހިލާފު ހިތްވަރުގެ ސަބަބުންނެވެ. އޭރުއްސުރެ ބުރަ މަސައްކަތްކޮށް ނިބާލް އަންނަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަރަމުންނެވެ. މި...

17 އޮކްޓޯބަރ

October 17, 2018 3
ކާމިޔާބީ އެެހެން ލެވެލަކަށް ގެންދަން ބޭނުން: އަޖުފާން

ގައުމީ ބެޑްމިންޓަން ފިރިހެން ޗެމްޕިއަންކަން މި ފަހަރު ލިބުނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށާއި އުއްމީދަކީ މި ކާމިޔާބީ އެހެން ހަރުފަތަކަށް ގެންގޮސް ބައިނަލްއަގްވާމީ...

October 17, 2018 5
އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި

މައިލޯ ބެޑްމިންޓަން ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ޗެމްޕިއަންކަން މުހައްމަދު އަޖުފާން ރަޝީދު އަދި އަންހެން ޗެމްޕިއަންކަން ފާތިމަތު ނަބާހާ ރޭ ހޯދައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 2
ޒަޔާނަށް ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ދާދި ފަހުން އާންމުކުރި ރޭންކިންގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ހުސެއިން ޒަޔާން ޝަހީދު ޒަކީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.