02 އޯގަސްޓް

August 02, 2020 16
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް ކަމަށާއި މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2020 9
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެ އެވެ.

22 ޖުލައި

July 22, 2020 24
ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލޭގެ ފޭސް 2 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުންދާ ޓަވަރުގެ 14 ވަނަ ބުރިން ބިދޭސީއަކު މިއަދު ވެއްޓި މަރުވެއްޖެ އެވެ.

20 ޖުލައި

July 20, 2020 5
ކަރަންޓީން ފެސިލިޓީއަކުން ފިލި ބިދޭސީއަކު ހޯދަނީ

ކޮވިޑް-19 އިން ކޮންޓްރޯލް ކުރުމުގެ ގޮތުން މީހުން ކަރަންޓީނުކުރާ ފެސިލިޓީއަކުން ފިލި ބިދޭސީއަކު ފުލުހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

03 ޖުލައި

July 03, 2020 20
ބޮޑުފިނޮޅު ހަމަނުޖެހުން: 19 ބިދޭސީއަކު ހައްޔަރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ.ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީން މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

11 ޖޫން

June 11, 2020 22
މަގުމަތިން ހޮވި ފައިސާ ހަވާލުކުރި މީހާ އަށް ޝުކުރު

އައްޑޫ ހިތަދޫގެ މަގަކުން 100،000ރ. ހޮވި ބިދޭސީ މީހާގެ އަގުވަޒަންކޮށް، ފައިސާގެ އިނާމެއް އިއްޔެ ދީފި އެވެ.

02 ޖޫން

June 02, 2020 143
ބިދޭސީންގެ ހަމަނުޖެހުން ކޮންޓްރޯލްކޮށް 7މީހަކު ހަައްޔަރު

މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ތިލަފުށީގައި ބިދޭސީ މަސައްކަތު މީހުންތަކެއްގެ ހިތްހަމަނުޖެހުންތަކެއް ހޫނުވަމުން ގޮސް އެންމެ ފަހުން މިއަދު މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް ހަމަލާދީފި އެވެ. އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އޭގެ ތެރެއިން...

21 މެއި

May 21, 2020 23
ގުރައިދޫގައި އަނެއްކާ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި

ތ. ގުރައިދޫގައި މިރޭ ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލާފައި ވަނިކޮށް އެ ރަށުގައި އެހެން ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

May 21, 2020 27
ގުރައިދޫގައި ބިދޭސީއަކު މަރާލައިފި

ތ. ގުރައިދޫގައި ބަންގްލަދޭޝްގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ މަރައިލައިފި އެވެ.

19 އެޕްރީލް

April 19, 2020 27
ބިދޭސީމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި

މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ފުލުހުން ސެނަހިޔާ ހޮސްޕިޓަލަށް މިރޭ ގެންގޮސްފި އެވެ.

26 ފެބުރުއަރީ

February 26, 2020 4
ޖިންސީގޯނާގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭގެ ރަށެއްގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2020 12
ފޭރުނު މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ފުލުހަކާއި ބިދޭސީއަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

05 ޖެނުއަރީ

January 05, 2020 45
ފޭރުނީކީ ނޫން، ހެދީ ދޮގު! ފައިސާ ހުރީ ގޭގައި!

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ފައިސާ ނަގައިގެން ނުކުތް ވަގުތު މީހަކު ރަހީނުކޮށް، ފައިސާތައް ފޭރިގަތް ކަމަށް ބުނެ މައްސަލަ ހުށަހެޅި ނަމަވެސް، އެއީ ބަންގްލަދޭޝްގެ މުވައްޒަފު ހެދި ދޮގެއް ކަމަށާއި އޭނާ އެ ފައިސާ ރައްކާކޮށްފައި ހުއްޓާ ހޯދައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2019 3
ޓެރަސްމަތިން ފެނުނީ ބަންގްލަދޭޝްގެ މީހެއް: ޕޮލިސް

މާލޭގެ އިމާރާތެއްގެ ޓެރަސްމަތީގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝްގެ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

08 ޑިސެމްބަރ

December 08, 2019 7
ފިހާރައެއް ފަޅާލި ބިދޭސީއަކު ހައްޔަރުކޮށްފި

ރޭ ދަންވަރު މާލޭގެ ފިހާރައެއް ފަޅާލައި ވައްކަން ކުރަން އުޅުނު ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

20 އޮކްޓޯބަރ

October 20, 2019 4
ތޫނު އެއްޗަކުން ހަމަލާދީ ފޭރެން މަސައްކަތްކޮށްފި

މާލޭގައި މިއަދު މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރެން މަސަައްކަތް ކުރުމަށް ފަހު އެ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

15 އޮކްޓޯބަރ

October 15, 2019 12
އިމާރާތެއްގެ ފަސް ވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެ

ފަރީދީ މަގުގައި ހަދަމުން ދާ އިމާރާތެއްގެ ފަސް ވަނަ ބުރިން ބަންގްލަދޭޝްގެ މީހަކު މިއަދު ވެއްޓި އޭނާގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2019 76
ޒިންމާވާނެ ފަރާތެއް ނެތިގެން ބިދޭސީއަކު ވަޅުނުލެވިފައި

ޅ. ހިންނަވަރުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަން އުޅުނު ބަނގްލަދޭޝް މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވުމުން، އޭނާއާ ހަވާލުވާނެ މީހަކު ނެތިގެން ވަޅުނުލެވިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2019 54
ހަނީފްއާ ގުޅުން ހުރި ފައިސާތަކެއް އަތުލައިގެންފި!

ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގައި މަނީ ލޯންޑަ ކުރަމުންދިޔަ "ބޮޑެއް" ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް ޑިޕޯޓް ކޮށްލި ބަންގްލަދޭޝްގެ އަބޫ ހަނީފްގެ ނެޓްވޯކުން ގިނަ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުކުރަން އުޅެނިކޮށް ކަމާބެހޭ އިދާރާތަކުން ހުއްޓުވައިފި އެވެ. އެނގިފައިވާ ގޮތުގައި ޑޮލަރާއި ޔޫރޯ އިން ބޭރުކުރަން އުޅުނު މި ފައިސާގެ...

18 ސެޕްޓެމްބަރ

September 18, 2019 12
3.7 ކިލޯގެ ޑްރަގާ އެކު ބިދޭސީއަކު އަތުލައިފި

ބަންގްލަދޭޝް އިން ރާއްޖެ އައި ފިރިހެނެއްގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި އަތުލައިފި ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.

10 ޖޫން

June 10, 2019 9
އަހަރެއް ކުރިން ވަގަށް ނެގި ތަކެތި ހޯދައިފި

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ސައިޓުން މިދިޔަ އަހަރުގެ ކުރީިކޮޅު ވަގަށް ނަގާފައިވާ ސާމާނުތަކެއް ފުލުހުން ހޯދައި އެ މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.