14 ޖުލައި

July 14, 2019 3
ބަންގްލަދޭޝްގެ ކުރީގެ ރައީސް އިރުޝާދު އަވަހާރަވެއްޖެ

ޑާކާ (ޖުލައި 14) - ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދިޔަ ބަންގްލަދޭޝްގެ ކުރީގެ ރައީސް ހުސައިން މުހައްމަދު އިރުޝާދު، 89، މިއަދު އަވަހާރަވެއްޖެ އެވެ.

04 ޖުލައި

July 04, 2019 1
ހަސީނާ އަށް ހަމަލާދޭން އުޅުނު މީހުންނަށް މަރުގެ އަދަބު

ޑާކާ (ޖުލައި 4) - ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން މީގެ 25 އަހަރު ކުރިން ހަމަލާ ދޭން އުޅުނު ނުވަ މީހަކަށް މަރުގެ އަދަބު ދިނުުމަށް އެ ގައުމުގެ ކޯޓަކުން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

27 ޖޫން

June 27, 2019
ސާކް ފެސްޓިވަލް: ރާއްޖޭން "ގޮށްރާޅު" އާއި "ސޯލް"

އަންނަ މަހު ސްރީ ލަންކާގައި ފަށާ 9 ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭން ދެ ފިލްމު ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

June 27, 2019 9
ބަންގްލަދޭޝްގެ އަބަހާނީ އޭއެފްސީ ކަޕް ސެމީ އަށް

އިތުރު ވަގުތުގައި އަފްގާނިސްތާނުގެ މަސީހު ސައިގާނީ ވައްދާލި ގޯލުން އިންޑިއާގެ މިނެރްވާ ޕަންޖާބް 1-0 އިން ބަލިކޮށް އޭއެފްސީ ކަޕްގެ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުގެ ޖާގަ...

26 ޖޫން

June 26, 2019 3
ބަންގްލަދޭޝްގެ "ޓްރީ މޭން" އެދެނީ އަތް ބުރިކޮށްލަން

ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުގެންދިއުމުން ޓްރީ މޭން ސިންޑްރޯމް (އެޕިޑަމޯޑީސްޕްލާސިއާ ވެރްޝިފޯމިސް) އިން ސަލާމަތް ނުވި ބަންގްލަދޭޝްގެ ޒުވާނާ އޭނާގެ ދެ އަތް ބުރިކޮށްލަދޭން ޑޮކްޓަރުންގެ ގާތު އާދޭސްކުރަން ފަށައިފި އެވެ.

10 ޖޫން

June 10, 2019 9
އަހަރެއް ކުރިން ވަގަށް ނެގި ތަކެތި ހޯދައިފި

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގެ ސައިޓުން މިދިޔަ އަހަރުގެ ކުރީިކޮޅު ވަގަށް ނަގާފައިވާ ސާމާނުތަކެއް ފުލުހުން ހޯދައި އެ މައްސަލައިގެ ތުހުމަތަށް ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

27 މެއި

May 27, 2019 75
17 އަހަރުގެ ބަންގްލަދޭޝް ކުއްޖަކަށް ދިވެހިންގެ އެހީ

ރާއްޖޭގައި މަސައްކަތް ކުރަން އައި ބަންގްލަދޭޝްގެ އުމުރުން 17 އަހަރުގެ ކުއްޖަކު ހާލުގައި ޖެހިފައިވަނިކޮށް ދިވެހިންގެ ބަޔަކު އެ ކުއްޖާ އަށް އެހީވެއްޖެ އެވެ.

21 މެއި

May 21, 2019 9
ބަންގްލާދޭޝްގައި މަސްވެރިކަން ކުރުން 65 ދުވަހަށް މަނާ

ބަންގްލަދޭޝްގެ މަހުގެ ސްޓޮކް މަދުވަމުންދާތީ، މަސްވެރިކަން ކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

12 މެއި

May 12, 2019 14
ފަންޑު ދަތިކަމުން މުވައްޒަފުން ތަމްރީންކުރަން ހުރަސްއެޅޭ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އެކަށީގެންވާ ފަންޑު ނުލިބޭތީ މުވައްޒަފުން ތަމްރީންކުރަން ދަތިވާ ކަމަށް އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

09 މެއި

May 09, 2019 56
މުސާރަ ދޭން އެއްބަސްވުމުން މައްސަލަ ހައްލުވެއްޖެ

ކ. އޮޅުވެލި ބީޗު ރިސޯޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ބަންގްލަދޭޝްގެ ބަޔަކަށް މުސާރަ ނުދީގެން، މިރޭ އުފެދުނުނު ހަމަނުޖެހުން، ފުލުހުން އެ ރިސޯޓަށް އަރައި ކަމާ ގުޅޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ހައްލުކޮށްފި އެވެ.

07 މެއި

May 07, 2019 66
ލުތުުފަރާ ޖެހުނީ ފައިސާގެ މައްސަލަ، މަރާލީ ވަލުތެރޭގައި

ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބަންގްލަދޭޝްގެ ލުތުފަރާއި އޭނާގެ އެކުވެރިންނާ ދެމެދު ޖެހުނީ ފައިސާގެ މައްސަލައެއް ކަމަށާއި މަރާލީ ވަލުތެރޭގައި ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.

06 މެއި

May 06, 2019 16
ލުތުފަރު ކަމަށް ބެލެވޭ މީހެއްގެ ބައިތަކެއް ހޯދައިފި

ށ. ޅައިމަގުން ގެއްލުނު ބަންގްލަދޭޝްގެ ލުތުފަރުގެ ހަށިގަނޑު ކަމަށް ބެލެވޭ، އިންސާނެއްގެ ބައިތަކެއް ކަނޑު އަޑިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

05 މެއި

May 05, 2019
އިންޑިއާ އަށް ފަހު ތޫފާން "ފަނި" ބަންގްލަދޭޝް އަށް

ޑާކާ (މެއި 5) - ބާރުގަދަ ތޫފާން "ފަނި" އިންޑިއާ އަށް އަރައި އެތައް އިމާރާތަކާއި ގަސްގަހާ ގެއްސަށް ގެއްލުންތައް ލިބި އަދި 12 މީހުން މަރުވި އިރު އެ ތޫފާން ބަންގްލަދޭޝް އަށް އިއްޔެ އަރައިފި އެވެ.

02 މެއި

May 02, 2019 16
ބިދޭސީއަކު ރަހީނުކޮށް ފައިސާތަކެއް ހޯދަން އުޅެފި

މާލޭގައި ރޭ ދަންވަރު ބިދޭސީއަކު ރަހީނުކޮށް، އެހެން މީހެއްގެ އަތުން ފައިސާތަކެއް ހޯދަން އުޅެނިކޮށް ބަޔަކު ހައްޔަަރުކޮށްފި އެވެ.

01 މެއި

May 01, 2019 13
ބިދޭސީއަކު ގެއްލިގެން ޅައިމަގުން ދެމީހަކު ހައްޔަރުކޮށްފި

ށ. ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ގެއްލުނު މައްސަލައެއްގައި އެ ރަށުން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

27 އެޕްރީލް

April 27, 2019 13
ބިދޭސީންތަކެއް މާރާމާރީހިންގައި 2މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ ދެ ބިދޭސީއަކު މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމް ކޮށްލައިފި އެވެ.

31 މާޗް

March 31, 2019
އަލިފާން ރޯވި އިމާރާތުގެ ވެރިން ހައްޔަރުކޮށްފި

ޑާކާ (މާޗް 31) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަލިފާން ރޯވި އޮފީސް އިމާރާތުގެ ވެރިން ހައްޔަރުކޮށްފި އެވެ.

30 މާޗް

March 30, 2019 3
އަލިފާން ރޯވި އިމާރާތުގެ އިމަޖެންސީ ދޮރުތައް ތަޅުލާފައި

ޑާކާ (މާޗް 30) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަލިފާން ރޯވި އިމާރާތުގައި ގިނަ ބަޔަކު ތާށިވީ އިމަޖެންސީ ދޮރުތައް ތަޅުލާފައި ހުރުމުން ކަމަށް އޮފިޝަލުން ބުނެފި އެވެ.

29 މާޗް

March 29, 2019 1
ޑާކާގެ އިމާރާތުގައި ރޯވި އަލިފާނުގައި 25 މީހުން މަރު

ޑާކާ (މާޗް 29) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ 22 ބުރީގެ އުސް އިމާރާތެއްގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 25 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

28 މާޗް

March 28, 2019
ޑާކާގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޑާކާ (މާޗް 28) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ 19 ބުރީގެ އުސް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

March 28, 2019 1
ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ދަރިއެއް

ބަންގްލާދޭޝްގައި، އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން ޒުވާން އަންހެނަކު އެއް ކުއްޖަކު ވިހޭތާ 26 ދުވަސް ފަހުން ދެ ވަނަ ކުއްޖާ ވިހައިފި އެވެ.

26 މާޗް

March 26, 2019 6
ޖިއާން މަރު: އިއުތިރާފްވި މީހުންގެ ބައި އަލުން ފަށަނީ

މާލޭގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ކުށަށް އިއުތިރާފްވި ތިން މީހުންގެ މައްޗަށް ހުކުމް ކުރުމުގެ ބަދަލުގައި އެ މީހުންގެ ބައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.