12 ޖުލައި

July 12, 2016
ޓެރަރިޒަމަށް ފައިސާހޯދި ބަންގާޅުގެ ހަތަރު މީހުން ޖަލަށް

ސިންގަޕޫރު (ޖުލައި 12) - ޓެރަރިޒަމަށް ފައިސާ އެއްކުރި ބަންގްލަދޭޝްގެ ހަތަރު މީހުން ޖަލަށްލުމަށް ސިންގަޕޫރުގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

11 ޖުލައި

July 11, 2016 5
ބަންގްލަދޭޝްގައި ޒާކިރު ނައިކުގެ ޕީސް ޓީވީ މަނާކުރަނީ

ޑާކާ (ޖުލައި 11) - ވެރިރަށް ޑާކާގެ ކެފޭއަކަށް ހަމަލާދީ ރަހީނުންގެ ގިނަ ބަޔަކު މަރާލި ހާދިސާ އަށް ފަހު އިސްލާމީ ޓީވީ ޗެނަލް، ޕީސް ޓީވީ ބަންދުކުރަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފި އެވެ.

07 ޖުލައި

July 07, 2016
ބަންގްލަދޭޝްގެ އީދު ނަމާދުގެ ޖަމާއަތަށް ހަމަލާ ދީފި

ޑާކާ (ޖުލައި 7) - ބަންގްލަދޭޝްގައި މިއަދު ހެނދުނު ފިތުރު އީދު ނަމާދުގެ ޖަމާއަތަށް އެތައް ލައްކަ ބަޔަކު ހާޒިރުވެފައި ވަނިކޮށް ހަނގުރާމަވެރިންގެ ބަޔަކު ބަޑި އާއި ބޮމުން ހަމަލާ ދިނުމުން ސިފައިންގެ ދެ މީހުން މަރުވެ ދިހަ ވަރަކަށް މީހުން ޒަޚަމްވެއްޖެ އެވެ.

06 ޖުލައި

July 06, 2016 1
ބަންގާޅު ކެފޭގައި ޖާނުންފިދާވުމުގެ ހަމަލާ ދިނީ ޔުނިވާސިޓީ ގްރެޖުއޭޓުން

ޑާކާ (ޖުލައި 6) - ބަންގްލަދޭޝްގެ ކެފޭގައި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާ ދިން ފަސް މީހުންނަކީ ވެސް އެ ގައުމުގެ މަޝްހޫރު އަމިއްލަ ޔުނިވާސިޓީއަކުން ގްރެޖުއޭޓްވެފައިވާ ޒުވާން ކުދިންކަން ހާމަވެއްޖެ އެވެ. މީގެ ތެރޭގައި 18 އަހަރުގެ ދަރިވަރަކާއި ވެރިކަންކުރާ ޕާޓީގެ އިސް މީހެއްގެ ދަރިއަކު ވެސް ހިމެނެ އެވެ.

03 ޖުލައި

July 03, 2016 5
ރަހީނުން މެރީ އައިއެސްއަކުން ނޫން، އެއީ ބަންގްލަދޭޝްގެ ޖަމާއަތެއް: މިނިސްޓަރު

ޑާކާ (ޖުލައި 3) - ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ ޑިޕްލޮމެޓިކް އޭރިޔާގައި ހުރި މަޝްހޫރު ކެފޭއަކުން ރަހީނުކުރި 20 މީހުން މަރާލީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މީހުން ނޫން ކަމަށާއި އެކަން ކުރީ ބަންގްލަދޭޝްގެ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

02 ޖުލައި

July 02, 2016 3
ކެފޭ އަށް ދިން ހަމަލާގައި 20 ރަހީނުން މަރާލައިފި

ޑާކާ (ޖުލައި 2) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޑިޕްލޮމެޓިކް އޭރިޔާގައި ހުރި މަޝްހޫރު ކެފޭއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ރޭ ވަދެ ގިނަ ބަޔަކު ރަހީނުކޮށްގެން އުޅެނިކޮށް...

July 02, 2016 2
ބަންގާޅުގެ ކެފޭއަކުން ގިނަ ބަޔަކު ރަހީނުކޮށްފި

ޑާކާ (ޖުލައި 1) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޑިޕްލޮމެޓިކް އޭރިޔާގައި ހުރި މަޝްހޫރު ކެފޭއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ގިނަ ބަޔަކު މިރޭ ރަހީނުކޮށްފި އެވެ.

13 ޖޫން

June 13, 2016 5
ބަންގާޅުން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް

ޑާކާ (ޖޫން 13) - ބަންގްލަދޭޝްގައި އިތުރުވަމުންދާ މީހުން މެރުމުގެ ކުށްތަކާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 8،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ފުލުހުންގެ ތަރުޖަމާން ކަމުރުލް އަހުސަން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވެސް 3،245 މީހުން ހައްޔަރުކޮށްފައިވާ...

11 ޖޫން

June 11, 2016
ބަންގްލަދޭޝް އިން 3،000 މީހުން ހައްޔަރުކޮށްފި

ޑާކާ (ޖޫން 10) - ބަންގްލަދޭޝްގައި އިތުރުވަމުންދާ މީހުން މެރުމުގެ ކުށްތަކާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި 3،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ހައްޔަރުކޮށްފި އެވެ.

07 ޖޫން

June 07, 2016 5
ބަންގްލަދޭޝްގައި މީހުން މެރުމުގެ ފަހަތުގައި އިޒްރޭލް

ޑާކާ (ޖޫން 7) - ބަންގްލަދޭޝްގައި ދީނާ ޚިލާފު ވާހަކަތައް ހިމަނައިގެން ބްލޮގް ލިޔުނު ބަޔަކާއި އެ ނޫން ވެސް ބައެއް މީހުންގެ މަރުގެ ފަހަތުގައި އިޒްރޭލުގެ އަތެއްވާ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ތުހުމަތު ކުރައްވައިފި އެވެ.

22 މެއި

May 22, 2016
ތޫފާން ރޯނުން ބަންގާޅުގެ ގިނަ ބަޔަކު ސަލާމަތަށް

ތޫފާން "ރޯނު" ބަންގްލަދޭޝްގެ ދެކުނުގެ ހިސާބުތަކަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އަދި ބައި މިލިއަނެއްހާ މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވެފަ އެވެ.

14 މެއި

May 14, 2016
ހޮނުއަޅައިގެން ބަންގްލަދޭޝް އިން 50 މީހުން މަރުވެއްޖެ

ޑާކާ (މެއި 15) - ހޮނުއެޅުމުގެ ސަބަބުން ވޭތުވެދިޔަ ދެ ދުވަހު ބަންގްލަދޭޝް އިން 50 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.