31 މެއި

May 31, 2017
ތޫފާން މޯރާގައި ބަންގްލަދޭޝް އިން ހަ މީހުން މަރު

ޑާކާ (މެއި 31) - ތޫފާން މޯރާ ބަންގްލަދޭޝްގެ އިރު ދެކުނުގެ ހިސާބުތަކަށް އަރާ މަދުވެގެން ހަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

30 މެއި

May 30, 2017
ތޫފާން މޯރާގައި މުސްލިމް ރެފިއުޖީންނަށް ބޮޑު ގެއްލުމެއް

ޑާކާ (މެއި 30) - ބަންގްލަދޭޝް އަށް އެރި ތޫފާން މޯރާގެ ސަބަބުން މިއަންމާ އިން ހިޖުރަކޮށްފައިވާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމް ރެފިއުޖީންނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

May 30, 2017 3
ތޫފާން މޯރާ ބަންގްލަދޭޝް އަށް އަރައިފި

ޑާކާ (މެއި 30) - ބޭ އޮފް ބެންގާލުގައި އުފެދުނު ތޫފާން މޯރާ ބަންގްލަދޭޝް އަށް މިއަދު އަރައިފި އެވެ.

24 މެއި

May 24, 2017 4
ބައި ކިލޯގެ ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ހުކުމްކޮށްފި އެވެ.

22 މެއި

May 22, 2017 4
ބަންގްލަދޭޝްގައި މިސްކިތް އަޅަން ސައުދީން އެއް ބިލިއަން ޑޮލަރު

ޑާކާ (މެއި 22) - ސައުދީ އަރަބިއާ އިން ދޭ އެއް ބިލިއަން ޑޮލަރުގެ އެހީގައި 560 މިސްކިތް އެޅުމުގެ މަޝްރޫއެއް ބަންގްލަދޭޝް ސަރުކާރުން ފަށަން ތައްޔާރުވެއްޖެ އެވެ.

18 މެއި

May 18, 2017 3
ލޯބި ވެވުނީ ސަލާންޖަހާ ނުކުޅެދޭ މީހަކު ދެކެ

ބަންގްލަދޭޝްގެ މަޝްހޫރު ފޮޓޮގްރާފަރެއް ކަމަށްވާ ޖީއެމްބީ އާކާޝް ފޭސްބުކްގައި ޝެއާކޮށްފައިވާ މި ވާހަކަ ވަރަށް އަސަރުގަދަ އެވެ. ފައިސާ ހޯދުމަށް ވިޔާނުދާ އެކި ކަންކަމުގެ ތެރޭގައި އުޅެމުން ގޮސް، ރާޖިޔާ ބޭގަމް ކިޔާ މި މީހާގެ ދިރިއުޅުން ބަދަލުވަނީ ނުކުޅެދޭ މީހެއްދެކެ ލޯބިވެވިގެންނެވެ.

16 މެއި

May 16, 2017 2
އުފާވެރި ހަނދާންތަކަކާ އެކު މަމިޗް ރާއްޖެ އަށް

ރާއްޖެ އަށް 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދައިދިން އުފާވެރި ހަނދާންތައް ކްރޮއޭޝިއާގެ ކޯޗު ޑްރަގޯ މަމިޗްގެ ހިތުގައި އަދިވެސް ހަރުލާފައިވެ އެވެ. އެކަމަކު އޭއެފްސީ ކަޕުގައި މާދަމާ ހަވީރު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނަން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑް ގޮވައިގެން ރާއްޖެ އައިސް މި ވަގުތު އޭނާ ވަނީ...

11 މެއި

May 11, 2017
ބަންގާޅުގެ ރާޖްޝާހީން ފަސް ހަނގުރާމަވެރިއަކު މަރާލައިފި

ޑާކާ (މެއި 11) - ބަންގްލަދޭޝްގެ ހުޅަނގުގެ ރާޖްޝާހީ އަވަށުގައި ޓެރަރިސްޓުންނާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރުކަށި ހަނގުރާމަވެރިންގެ ފަސް މީހުން މަރާލައިފި އެވެ.

03 މެއި

May 03, 2017
ބްލޮގަރުންގެ މަރާ ގުޅިގެން ބަންގާޅުން މީހަކު ބަންދަށް

ޑާކާ (މެއި 3) - ދީނާ ދެކޮޅު ލިޔުންތައް ލިޔާ ކަމަށް ބުނެ ބަންގްލަދޭޝްގައި ބްލޮގަރުންތަކެއް މަރާލުމުގެ ތުހުމަތުގައި، އެ ގައުމުގައި މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތެއްގެ އައިޓީގައި އިސްކޮށް މަސައްކަތް ކުރާ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

29 އެޕްރީލް

April 29, 2017
ތިން ފައި ހުރި ކުއްޖާގެ އޮޕަރޭޝަން ކާމިޔާބު

އުފަންވި އިރު ތިން ފައި ހުރި، ބަންގްލާދޭޝްގެ އަންހެން ކުއްޖާ އޮސްޓްރޭލިއާގައި ކުރި އޮޕަރޭޝަން ކާމިޔާބުވެ ގައުމަށް ދާން ތައްޔާރުވެއްޖެ އެވެ.

19 އެޕްރީލް

April 19, 2017 40
ރައުދާގެ މަންމަގެ އެދުމެއް އާންމުންނަށް

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ބެހޭގޮތުން އެކި ތުހުމަތުތައްކޮށް، އެކި ގޮތަށް ވާހަކަ ނުދެއްކުމަށް އޭނާގެ މަންމަ މިއަދު އެދިއްޖެ އެވެ.

18 އެޕްރީލް

April 18, 2017 19
ރައުދާގެ ގަބުރު ނެގުމަށް ސީއައިޑީން ކޯޓުގައި އެދެފި

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު ކޮނެގެން ނެގުމަށް، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ން ރާޖްޝާހީ ކޯޓުގައި އެދެފި އެވެ.

13 އެޕްރީލް

April 13, 2017 4
ސަފީރު ޒަޚަމްކޮށްލި ހަމަލާ ދިން މީހާ ދަންޖައްސައިފި

ޑާކާ (އެޕްރީލް 13) - އިނގިރޭސި ސަފީރު ޒަޚަމްވި އަތު ބޮމުގެ ހަމަލާ ދިން ބަންގްލަދޭޝްގެ އިސްލާމީ ހަނގުރާމަވެރިޔާ އިއްޔެ ދަންޖައްސައިފި އެވެ.

12 އެޕްރީލް

April 12, 2017 39
އަމިއްލައަށް މަރުވާނަމޭ ބުނެ ރައުދާ ސަމާސާކުރި: ކޮލެޖް

ބަންގްލާދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފް، މަރުވުމުގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން، އަމިއްލައަށް މަރުވާނަމޭ ބުނެ ރައްޓެއްސަކާ ސަމާސާކޮށްފައިވާ ކަމަށް ރައުދާގެ ކޮލެޖުން ކުރި ތަހުގީގާ ހަވާލާދީ ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނެފި އެވެ.

11 އެޕްރީލް

April 11, 2017 15
މޯލްޑިވިއަން އިން ގަމުން ހަތަރު ސިޓީއަކަށް

މޯލްޑިވިއަން އިން މާލެ މެދުވެރިކޮށް އިންޑިއާގެ ޓްރިވެންޑްރަމަށާއި ޗެންނާއީ އަދި ބަންގްލަދޭޝްގެ ޑާކާ އަށާއި ތައިލެންޑްގެ ބެންކޮކަށް ސ. ގަމުން ދަތުރުކުރަން ބޭނުންވާ މީހުންނަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

10 އެޕްރީލް

April 10, 2017 20
ރައުދާގެ މަރު ތަހުގީގުކުރަން ފުލުހުންނަށް އަމުރުކޮށްފި

ބަނގްލާދޭޝްގައި "ދަންޖެހިގެން" މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ ތަހުގީގު ރަނގަޅަށް ކުރި އަށް ގެންދަން އެ ގައުމުގެ ރާޖްޝާހީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން މިއަދު ފުލުހުންނަށް އަމުރު ކޮށްފި އެވެ.

08 އެޕްރީލް

April 08, 2017 85
ލޯބިވެރިޔާދެކެ ރުޅިއައިސްގެން ރައުދާގެ ފޯނުން މެސެޖްކުރި

ބަންގްލާދޭޝްގައި މަރުވެފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފްގެ ފޯނުން، ލޯބިވެރިޔާ ދެކެ ހިތްހަމަނުޖެހިގެން ކޮށްފައި ހުރި މެސެޖްތަކެއް ފެނިފައިވާ ކަމަށް ބަންގްލާދޭޝް ފުލުހުން ބުނެފި އެވެ.

06 އެޕްރީލް

April 06, 2017 19
ރައުދާގެ ފޯނުން މުހިންމު މައުލޫމާތުތަކެއް ލިބިއްޖެ

ބަނގްލަދޭޝްގައި މެޑިސިންގެ ރޮނގުން ކިޔަވަމުން އަންނަނިކޮށް މަރުވި ދިވެހި މޮޑެލް ރައުދާ އާތިފް، 20، ގެ ފޯން، ދިވެހި ފުލުހުން އަންލޮކްކޮށް އޭނާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު...

April 06, 2017 52
ކަރުގައި ހިފައި ރައުދާ "މަރާލީ"، އާއިލާ އިން ކޯޓަށް

ހެނދުނު ކޮލެޖަށް ދިއުމުގެ ކުރިން ރައުދާ އާތިފް ހުރީ، އެ ދުވަހުގެ މެންދުރަށް ކެއުން ތައްޔާރުކޮށްފަ އެވެ. އޭނާ ކެއްކި ލޭޑީސްފިންގާ ރިހަ ތެލި އުނދުން މަތީގައި ހުއްޓެވެ. އެއަށް، ކޮށައި...

05 އެޕްރީލް

April 05, 2017 30
ރައުދާ ދަންޖެހުނީ ކަމަށް ނުބަލަން ފުރުސަތު އެބައޮތް: ޕޮލިސް

ދިވެހި މޮޑެލް ރައުދާ އާތިފް ބަންގްލާދޭޝްގައި ކިޔަވަން ހުރި ކޮލެޖްގެ ހޮސްޓެލްގައި މަރުވެފައި ހުއްޓާ ފެނުނު މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ އޭނާ މަރާލީ ކަމަށް ވެސް ބަލައިގެން ކަމަށާއި އޭނާ ދަންޖެހުނީ ކަމަށް ނުބަލަން 50 ޕަސެންޓް ޗާންސް އެބަ އޮތް ކަމަށް ބަންގްލާދޭޝް ފުލުހުން އިއްޔެ ބުނެފި އެވެ.

04 އެޕްރީލް

April 04, 2017 48
ރައުދާއާ އެކު އުޅުނު ދަރިވަރަށް ބޮޑެތި ތުހުމަތުތަކެއް!

ބަންގްލާދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން އައި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް އޭނާއާ އެކު އެންމެ ފަހުން އުޅުނު އަންހެން ދަރިވަރަށް ކޮށްފި އެވެ.

03 އެޕްރީލް

April 03, 2017 8
ރައުދާގެ މައްސަލަ ބަލަން ދެ ފުލުހަކު ބަންގްލަދޭޝް އަށް

ބަންގްލަދޭޝްގައި މިދިޔަ ހަފުތާގައި މަރުވި ދިވެހި މޮޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ރާއްޖޭގެ ދެ ފުލުހަކު ބަންގްލަދޭޝަށް މިއަދު ފުރައިފި އެވެ.

April 03, 2017
ރައުދާ މަރާލީތޯ ބަލަންޖެހޭ: ބަންގާޅުގެ ކުރީގެ ރައީސް

ބަންގްލާދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ހަގީގަތް ހޯދަން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އެ ގައުމުގެ...