17 އެޕްރީލް

April 17, 2019 17
މެސީގެ ގޯލްތަކުން ބާސެލޯނާ ސެމީ އަށް

ބާސެލޯނާ (އޭޕްރިލް 17) – ލިއޮނަލް މެސީގެ ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިވެ ބާސެލޯނާ އިން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

16 އެޕްރީލް

April 16, 2019 15
ޔުނައިޓެޑުން ދުލެއް ނުދޭނެކަން ބާސާ ވިސްނާނެ: ވަލްވޭޑޭ

ބާސެލޯނާ (އޭޕްރީލް 16) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން އެއްވެސް ވަރަކަށް ދުލެއް ނުދޭނެ ކަމަށާއި އެކަމާ މެދު ބާސެލޯނާ އިން ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

11 އެޕްރީލް

April 11, 2019 6
ޔުވެންޓަސް އެއްވަރު، ބާސާ އިން ޔުނައިޓެޑް ބަލިކޮށްފި

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ނެދަލެންޑްސްގެ އަޔަކްސް އާއި ޔުވެންޓަސް 1-1 އިން އެއްވަރުވިއިރު، ރަށުންބޭރުގައި ބާސެލޯނާ އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

10 އެޕްރީލް

April 10, 2019 17
މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއް ނޫން: ސޯލްޝެއާ

މެންޗެސްޓާ (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހިފެހެއްޓުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ނުވާނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

15 މާޗް

March 15, 2019 13
ކުއާޓާގައި ޔުނައިޓެޑާއި ބާސެލޯނާގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (މާޗް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

10 މާޗް

March 10, 2018 1
އުމްޓީޓީ ޔުނައިޓެޑާ ދިމާލަށް

ބާސެލޯނާ (މާޗް 10) – ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމުއެލް އުމްޓީޓީ ކުރިއަށް އޮތް ސީޒަނުގައި ގެނެވޭނެ ކަމުގެ އުއްމީދު މެންޗެސްޓާ ޔުނައިޓެޑަށް ބޮޑު ކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2017 14
ޔުނައިޓެޑް ބަލިވިއިރު، ބާސެލޯނާ ދެ ވަނަ ބުރަށް

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-0 އިން ބަސެލް އަތުން ބަލިވިއިރު، ޔުވެންޓަސްއާ ލަނޑެއް ނުޖެހި އެއްވަރުވެ ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

07 ނޮވެމްބަރ

November 07, 2017 9
ބާސާ އިން އަޒްޕިލިކުއެޓާ އާއި މާޝިއަލް އަށް ފާރަލަނީ

ބާސެލޯނާ (ނޮވެމްބަރު 7) - ބާސެލޯނާ އިން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީގެ ޑިފެންޑަރު ސެސާ އަޒްޕިލިކުއެޓާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް އެންތަނީ މާޝިއަލް އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 1
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން

ޕެރިސް (ސެޕްޓެމްބަރު 28) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އިން މޮޅުތަކެއް ހޯދިއިރު ޖަރުމަނުގެ ބަޔާން މިއުނިކް ފްރާންސުގެ ޕީއެސްޖީގެ އަތްދަށުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2017 8
މެސީގެ މޮޅު ކުޅުމާ އެކު ބާސާއިން ޔުވެންޓަސް ބަލިކޮށްފި

ބާސެލޯނާ (ސެޕްޓެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ބާސެލޯނާ އިން މިދިޔަ އަހަރުގެ ރަނަރަޕް ޔުވެންޓަސް 3-0 އިން ބަލިކޮށްފި އެވެ.

14 ނޮވެމްބަރ

November 14, 2016 7
އެންމެ ބޮޑު މުސާރައެއް ދެނީ މެންޗެސްޓާ ޔުނައިޓެޑުން!

މެންޗެސްޓާ (ނޮވެމްބަރު 14) - ސްޕެއިނުގެ ބާސެލޯނާ ފަހަތަށް ޖައްސާލުމަށް ފަހު، ކުޅުންތެރިންނަށް އެންމެ ބޮޑު މުސާރަދޭ ފުޓްބޯޅަ ކްލަބަކަށް އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ވެއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2016
ނޭމާ އަށް ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި

ބާސެލޯނާ (ސެޕްޓެމްބަރު 11) - ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ފްރާންސުގެ ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.