26 މެއި

May 26, 2019 32
ވެލެންސިއާ އިން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފި

ސެވިލް، ސްޕެއިން (މެއި 26) - ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ސްޕެނިޝް ކަޕް ކާމިޔާބުކުރަން ނުކުތް ބާސެލޯނާ 2-1 އިން ބަލިކޮށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވެލެންސިއާ އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

28 ފެބުރުއަރީ

February 28, 2019 14
މެޑްރިޑް ބަލިކޮށް ބާސެލޯނާ ފައިނަލަށް

މެޑްރިޑް (ފެބްރުއަރީ 28) – ލުއިސް ސުއަރޭޒްގެ ދެ ގޯލާ އެކު ރެއާލް މެޑްރިޑުގެ ދަނޑުގައި އެ ޓީމު އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ފައިނަލަށް ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބާސެލޯނާ އިން ދަތުރުކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2019 12
ގާތްގާތުގައި ދެ ކްލަސިކޯ ކުޅެން އުނދަގޫ: ވަލްވޭޑޭ

މެޑްރިޑް (ފެބްރުއަރީ 27) - ރެއާލް މެޑްރިޑާ ދެކޮޅަށް ގާތްގާތުގައި ދެ މެޗު ކުޅެން ވަރަށް އުނދަގޫ ކަމަށާއި އެކަމަކު ކޮންމެ ހާލަތަަކަށް ވެސް ޓީމު އޮންނާނީ ތައްޔާރަށް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2019 12
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ރެއާލް އެއްވަރު

ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން ވާދަވެރި ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުވެއްޖެ އެވެ.

06 ފެބުރުއަރީ

February 06, 2019 1
މެސީ ކުޅޭނެ ކަމަށް އުއްމީދުކުރަން: މެޑްރިޑުގެ ކޯޗު

މެޑްރިޑް (ފެބްރުއަރީ 6) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގައި ލިއޮނަލް މެސީ ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ރެއާލް މެޑްރިޑުގެ...

February 06, 2019 15
ރެއާލާ ދެކޮޅަށް މެސީ ކުޅެފާނެ: ވަލްވޭޑޭ

މެޑްރިޑް (ފެބްރުއަރީ 6) - ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ފެނުމުގެ ފުރުސަތު އެބައޮތް...

02 ފެބުރުއަރީ

February 02, 2019 4
ސްޕެނިޝް ކަޕުގެ ސެމީގައި ބާސާ އާއި މެޑްރިޑް

މެޑްރިޑް (ފެބްރުއަރީ 2) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ވާދަވެރި ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

31 ޖެނުއަރީ

January 31, 2019 24
ފެންވަރު ދައްކާލައި ބާސެލޯނާ ސެމީ އަށް

ބާސެލޯނާ (ޖެނުއަރީ 31) – ފުރަތަމަ ލެގުން ބަލިވި ބާސެލޯނާ އިން ދެ ވަނަ ލެގުގައި ރޭ ސެވިއްޔާ އަތުން ތަފާތު ބޮޑުކޮށް 6-1 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

01 ނޮވެމްބަރ

November 01, 2018
ސޮލާރީގެ ފުރަތަމަ މެޗުން ރެއާލް މޮޅުވެއްޖެ

މެޑްރިޑް (ނޮވެމްބަރު 1) - ރެއާލް މެޑްރިޑްގެ އާ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ސްޕެނިޝް ކަޕްގައި ރޭ ތިން ވަނަ ޑިވިޝަންގެ ޔޫޑީ މެލީލިއާ އަތުން ފަސޭހަކަމާ އެކު 4-0 އިން ރެއާލް މޮޅުވެއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2017 2
ބާސެލޯނާ ފައިނަލާ ގާތަށް

މެޑްރިޑް (ފެބްރުއަރީ 2) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން މޮޅުވެ ފައިނަލުގެ ފުރުސަތު ބާސެލޯނާ ބޮޑުކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2017
ފަސޭހަކަމާ އެކު ބާސެލޯނާ ސެމީ އަށް

ބާސެލޯނާ (ޖެނުއަރީ 27) – ރެއާލް ސޮސިއެޑާޑް އަތުން 5-2 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަށަވަރުކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2017
ފުރަތަމަ ލެގުން ބާސާ އާއި އެތުލެޓިކޯ އަށް ހިތްހަމަޖެހުން

ސެން ސެބަސްޓިއަން، ސްޕެއިން (ޖެނުއަރީ 20) – ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން މޮޅުވެ އެ ޓީމުގެ ދަނޑުގައި 10 އަހަރަށް ފަހު ބާސެލޯނާ ފުރަތަމަ ފަހަރަށް މޮޅެއް ހޯދިއިރު، އެއިބާ އަތުން 3-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.

06 ޖެނުއަރީ

January 06, 2017 3
ދެ ކުޅުންތެރިން މަދުކޮށް ކުޅެ ބާސާ ބަލިކޮށްފި

ބިލްބާއޯ (ޖެނުއަރީ 6) – ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ދެ ކުޅުންތެރިން މަދުކޮށް ކުޅެ އެތުލެޓިކް ބިލްބާއޯ އިން ބާސެލޯނާގެ މައްޗަށް 2-1 އިން ކުރި ހޯދައިފި އެވެ.

22 ޑިސެމްބަރ

December 22, 2016
ތަފާތު ބޮޑު މޮޅަކާ އެކު ބާސާ އަނެއް ބުރަށް

ބާސެލޯނާ (ޑިސެމްބަރު 22) – އާޑާ ތުރާންގެ ހެޓްރިކާ އެކު ތިން ވަނަ ޑިވިޝަނުގެ ހާކިއުލަސް އަތުން 7-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުން ޗެމްޕިއަން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.