02 އޮކްޓޯބަރ

October 02, 2017 18
ސިޔާސީ ހޫނުގައި، ހުސް ދަނޑެއްގައި ކުޅެ ބާސާ މޮޅުވެއްޖެ

ބާސެލޯނާ (އޮކްޓޯބަރު 2) – ސްޕެނިޝް ލީގުގައި ރޭ ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުނު މެޗުން ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ލަސް ޕަލްމަސް އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ހަތް ވަނަ މޮޅު ހޯދައިފި އެވެ.

01 އޮކްޓޯބަރ

October 01, 2017 1
ކެޓަލޯނިއާ މައްސަލައިގައި ބާސެލޯނާ އަށް ގެއްލުމެއް ނެތް

ބާސެލޯނާ (އޮކްޓޫބަރު 1) - ސްޕެއިނުން ވަކިވެ ކެޓަލޯނިއާ ވަކި ދައުލަތަކަށް ހެދުމަށް މިއަދު ނަގާ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ބާސެލޯނާގެ ފުޓްބޯޅަ ޓީމަށް އަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 4
"ބާސެލޯނާ ކުރީގައި އޮތުމަކީ މެޑްރިޑަށް ޕްރެޝަރެއް"

ބާސެލޯނާ (ސެޕްޓެމްބަރު 25) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތުމަކީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އޮތް ޕްރެޝަރެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 5
ބާސެލޯނާ އިން ފޯމް ދަމަހައްޓައިފި

ޖިރޯނާ (ސެޕްޓެމްބަރު 24) – ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން ރަށުން ބޭރުގައި 3-0 އިން މޮޅުވެ ބާސެލޯނާ އިން އެ ޓީމުގެ ފޯމް ދަމަހައްޓައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2017 12
ބާސާ އާއި މެސީ އަށް ހުއްޓުމެއް ނެތް

ބާސެލޯނާ (ސެޕްޓެމްބަރު 20) – ލިއޮނަލް މެސީގެ ހަތަރު ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 6-1 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފަސް ވަނަ މެޗުން ފަސް ވަނަ މޮޅު ހަމަކޮށްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2017 6
ބާސާ އަށް ހަތަރު މެޗުން ހަތަރު މޮޅު

ބާސެލޯނާ (ސެޕްޓެމްބަރު 17) – ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ ޖެހި ލަނޑާ އެކު ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ބާސެލޯނާ އިން ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 8
މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ ކުރިއަށް

ބާސެލޯނާ (ސެޕްޓެމްބަރު 10) – ލިއޮނަލް މެސީގެ ހެޓްރިކާ އެކު އެސްޕަންޔޯލް އަތުން 5-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ އަރައިފި އެވެ.

27 އޯގަސްޓް

August 27, 2017 2
ޕެނަލްޓީ ނާކާމިޔާބު ވިޔަސް ތަފާތު ދެއްކީ މެސީ

ބާސެލޯނާ (އޮގަސްޓް 27) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ލިއޮނަލް މެސީ ޖެހި ދެ ލަނޑުން 2-0 އިން އަލަވޭސް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2017 2
މެޑްރިޑާއި ބާސެލޯނާ މޮޅަކުން ލީގު ފަށައިފި

ބާސެލޯނާ (އޮގަސްޓް 21) – ސްޕެނިޝް ލީގުގައި ސްޕެއިނުގެ ގަދަދެބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުތައް ރޭ މާ ބޮޑު އުނދަގުލަތެއް ނެތި ކާމިޔާބުކޮށްފި އެވެ.

02 ޖޫން

June 02, 2017
މިއީ ކެރިއަރުގެ އެންމެ ހާއްސަ ނިންމުން: ވަލްވޭޑޭ

ބާސެލޯނާ (ޖޫން 2) - ބާސެލޯނާ އަށް ނޫނެކޭ ބުނާނެ ކޯޗަކު ނުހުންނާނެ ކަމަށާއި އެ ޓީމާ ގުޅުމަކީ ކެރިއަރުގެ އެންމެ ހާއްސަ ނިންމުން ކަމަށް ކަމަށް ބާސެލޯނާގެ އާ ކޯޗު ސްޕެއިނުގެ އާނަސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

21 މެއި

May 21, 2017 3
ތަށި ދެން ގެއްލޭނީ ހިތްދަތި ގޮތަކަށް: ޒިދާން

މެޑްރިޑް (މެއި 21) - ސްޕެނިޝް ލީގުގެ ފަހު މެޗުތަކާ މިރޭ ކުރިމަތިލާއިރު ރެއާލް މެޑްރިޑް އަތުން ދެން ލީގު ގެއްލޭނީ ހިތްދަތި ގޮތަކަށް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

15 މެއި

May 15, 2017 2
ރެއާލް މެޑްރިޑް ލީގު ކާމިޔާބުކުރުމާ ގާތަށް

މެޑްރިޑް (މެއި 15) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު ސެވިއްޔާ އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

07 މެއި

May 07, 2017 1
ބާސާ އާއި ރެއާލަށް ވެސް ފަސޭހަ މޮޅެއް

ބާސެލޯނާ (މެއި 7) – ސްޕެނިޝް ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް ރޭ ކުޅުނު މެޗުތައް ފަސޭހަކަމާ އެކު ކާމިޔާބުކުރުމުން ލީގު ހޯދުމުގެ ރޭސް އިތުރަށް ފޯރިގަދަވެއްޖެ އެވެ.

27 އެޕްރީލް

April 27, 2017 2
މެޑްރިޑާއި ބާސެލޯނާ އަށް ވެސް ތަފާތު ބޮޑު މޮޅެއް

ބާސެލޯނާ (އޭޕްރިލް 27) – ސްޕެނިޝް ލީގަށް ވާދަކުރަމުން އަންނަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފި އެވެ.

24 އެޕްރީލް

April 24, 2017 22
މެސީގެ 500 ވަނަ ލަނޑުން ބާސާ އެއް ވަނަ އަށް

މެޑްރިޑް (އޭޕްރިލް 24) – މެޗުގެ ފަހު ވަގުތު ލިއޮނަލް މެސީ ވައްދާލި، އޭނާގެ 500 ވަނަ ލަނޑާ އެކު ރޭ ރަށުން ބޭރުގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

23 އެޕްރީލް

April 23, 2017
ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް އެކަންޏެއް ނޫން: ޒިދާން

މެޑްރިޑް (އޭޕްރިލް 23) - ސްޕެނިޝް ލީގުގައި މިރޭ އެލް ކްލަސިކޯ އަށް ނުކުންނައިރު ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް ކަމަށް ގަބޫލުނުކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

21 އެޕްރީލް

April 21, 2017 2
ނޭމާގެ އެޕީލް ކާމިޔާބެއް ނުވި، ކްލަސިކޯގައި ނުކުޅެވޭނެ

މެޑްރިޑް (އޭޕްރިލް 21) - އަންނަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި އޮންނަ އެލް ކްލަސިކޯ މެޗުގައި ކުޅުމުގެ ފުރުސަތު ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް ގެއްލިއްޖެ އެވެ.

09 އެޕްރީލް

April 09, 2017 6
ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

މަލާގާ (އޭޕްރިލް 9) – ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-0 އިން ބާސެލޯނާ ބަލިވެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

06 އެޕްރީލް

April 06, 2017 1
ބާސެލޯނާ މޮޅުވިއިރު ރެއާލުން ލީޑު ދަމަހައްޓައިފި

ބާސެލޯނާ (އޭޕްރިލް 6) - ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާގެ މައްޗަށް 3-0 އިން ބާސެލޯނާ ކުރި ހޯދިއިރު ލެގަނޭސް އަތުން ރަށުން ބޭރުގައި ރެއާލް މެޑްރިޑް 4-2 އިން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

03 އެޕްރީލް

April 03, 2017 4
ބާސާ މޮޅުވެ މެޑްރިޑަށް ޕްރެޝަރު ބޮޑުކޮށްފި

ގްރަނާޑާ (އޭޕްރިލް 3) – ގްރަނާޑާ އަތުން 4-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ބާސެލޯނާ ގާތްކޮށްފި އެވެ.