07 ޖެނުއަރީ

January 07, 2019 15
ބާސެލޯނާ ލީޑުފުޅާކުރިއިރު، މެޑްރިޑް ފަހަތަށް

މެޑްރިޑް (ޖެނުއަރީ 7) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގައި ބާސެލޯނާ އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ލީޑުފުޅާކުރިއިރު ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވެ އަނެއްކާ ވެސް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

05 ޖެނުއަރީ

January 05, 2019 4
ބާސެލޯނާއާ މެދު ރިވާލްޑޯ ހިތްހަމަނުޖެހިފައި

ބާސެލޯނާ (ޖެނުއަރީ 5) - ބާސެލޯނާ އިން މުސްތަގުބަލަށް ވަރުގަދަ ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުގައި އެ ޓީމުގެ އެކެޑަމީ ލަ މާސިއާގެ ކުޅުންތެރިންނަށް ފުރުސަތު ދޭ މިންވަރު މަދުވަމުންދާތީ ކުރީގެ މިޑްފީލްޑަރު ބްރެޒިލްގެ ރިވާލްޑޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ،

04 ޖެނުއަރީ

January 04, 2019 1
އަންނަ ސީޒަނުގައި ބާސެލޯނާއާ ހަވާލުވާނީ ކާކު؟

ބާސެލޯނާ (ޖެނުއަރީ 4) – އާނެސްޓޯ ވަލްވާޑޭގެ ބަދަލުގައި އަންނަ ސީޒަނުގައި ބާސެލޯނާގެ ކޯޗަކަށް ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓެއް އެ ކްލަބުން އެކުލަވާލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2019 2
މަގާމުގައި ހުންނާނެ ކަމެއް ނޭގޭ: ބާސެލޯނާ ކޯޗު

ބާސެލޯނާ (ޖެނުއަރީ 2) – އަންނަ ސީޒަނުގައި ބާސެލޯނާގައި ހުންނާނެކަމެއް ނޭގޭ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2018
ރަބިއޯ މައްސަލައިގައި ގަވާއިދާ ހިލާފެއް ނުވަން: ބާސާ

ބާސެލޯނާ (ޑިސެމްބަރު 31) – ޕީއެސްޖީގެ ފްރާންސް މިޑްފީލްޑަރު އެޑްރިއެން ރަބިއޯ އަށް ޝައުގުވެރިވާ ކަމަށާއި އެކަމަކު އޭނާ ހޯދަން ގަވާއިދާ ހިލާފަށް މަސައްކަތްކޮށްފައިނުވާނެ ކަމަށް ބާސެލޯނާ އިން ބުނެފި އެވެ.

30 ޑިސެމްބަރ

December 30, 2018
ނޭމާ އަލުން ބާސާ އިން ފެންނަން ބޭނުން: މެސީ

ބާސެލޯނާ (ޑިސެމްބަރު 30) – ޕީއެސްޖީގެ ނޭމާ އެނބުރި ބާސެލޯނާއިން ފެންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2018 3
ގޮތެއް ނިންމަން ބާސެލޯނާ އިން ވަލްވޭޑޭ އަށް އަންގައިފި

ބާސެލޯނާ (ޑިސެމްބަރު 27) - ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ޓީމާ އެކު ކުރިއަށްދާން ބޭނުންނަމަ އަވަހަށް ގޮތެއް ނިންމުމަށް އެ ކްލަބުގެ ބޯޑުން އޭނާ އަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2018 3
ބާސެލޯނާ އިން ރަބިއޯ އާއި ޑި ޔޮންގް ވެސް ބޭނުންވޭ

ބާސެލޯނާ (ޑިސެމްބަރު 26) – އަޔަކްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގާއި ޕީއެސްޖީގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ވެސް ގެންނަން ބާސެލޯނާ އިން ބޭނުންވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

23 ޑިސެމްބަރ

December 23, 2018 4
ބާސެލޯނާ ލީޑުގައި އޮވެ އަހަރު ނިންމާލައިފި

ބާސެލޯނާ (ޑިސެމްބަރު 23) - ސްޕެނިޝް ލީގުގައި މި އަހަރު ކުޅުނު ފަހު މެޗުން ރޭ ސެލްޓަ ވީގޯ 2-0 އިން ބަލިކޮށް ބާސެލޯނާ އިން ލީޑުގައި އޮވެ އަހަރު ނިންމާލައިފި އެވެ.

19 ޑިސެމްބަރ

December 19, 2018 9
ރޮނާލްޑޯ އަށް މެސީ ނުސީދާ ޖަވާބެއް ދީފި

ބާސެލޯނާ، ސްޕެއިން (ޑިސެމްބަރު 19) - އަހަރެން މިހިރީ ދުނިޔޭގެ އެންމެ މޮޅު ޓީމުގައި ކަމަށް ބުނެ، އޭނާ އިޓާލިއަން ލީގަށް އަންނަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުރި ޗެލެންޖަށް ބާސެލޯނާގެ ލިއޮނަލް މެސީ ނުސީދާކޮށް ރައްދުދީފި އެވެ.

18 ޑިސެމްބަރ

December 18, 2018 4
މެލްކޮމް ޗައިނާ އަށް ވިއްކާލަނީ؟

ބާސެލޯނާ (ޑިސެމްބަރު 18) – ބާސެލޯނާއާ މި ސީޒަނުގައި ގުޅުނު ބްރެޒިލްގެ ވިންގާ މެލްކޮމް އަށް ޗައިނާ އިން 65 މިލިއަން ޔޫރޯގެ އޮފާއެއް އައުމާ އެކު އޭނާ ވިއްކާލުމާ މެދު ބާސެލޯނާ އިން ވިސްނަމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2018 13
މެސީގެ ހެޓްރިކާ އެކު ބާސެލޯނާ ލީޑު ދަމަހައްޓައިފި

ބާސެލޯނާ (ޑިސެމްބަރު 17) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު ލެވަންޓޭ 5-0 އިން ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި އަލުން ލީޑުނަަގައިފި އެވެ.

12 ޑިސެމްބަރ

December 12, 2018 4
ބާސެލޯނާ އަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް

ބާސެލޯނާ (ޑިސެމްބަރު 12) – ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ 1-1 އިން ބާސެލޯނާ އެއްވަރުވުމާ އެކު އެ ޓީމަށް މުބާރާތުގެ ހާއްސަ ރެކޯޑަކާ އެއްވަރުކޮށްފި...

December 12, 2018 2
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް

ލިވަޕޫލް (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ....

11 ޑިސެމްބަރ

December 11, 2018 2
ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހިލުމެއްނުވޭ: ޕޮޗެޓީނޯ

ބާސެލޯނާ (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދަން ރަށުން ބޭރުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހުމުން ޖެހިލުންނުވާ ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ކުޅޭ...

December 11, 2018 10
އިޓަލީ ލީގަށް އަންނަން މެސީ އަށް ރޮނާލްޑޯގެ ޗެލެންޖެއް

ޓިއުރިން، އިޓަލީ (ޑިސެމްބަރު 11) - މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި މަޝްހޫރު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާއާ އެންމެ ވާދަވެރި ބާސެލޯނާގެ ލިއޮނަލް މެސީ އިޓާލިއަން ލީގަށް...

09 ޑިސެމްބަރ

December 09, 2018 4
ބާސެލޯނާ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި

ބާސެލޯނާ (ޑިސެމްބަރު 9) – ހިލޭ ޖެހުމުން ލިއޮމަލް މެސީ ވައްދާލި ހިތްގައިމު ދެ ލަނޑާ އެކު އެސްޕަންޔޯލް އަތުން 4-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

05 ޑިސެމްބަރ

December 05, 2018 6
މެސީ އަށް ފަސް ވަނަ ލިބުމަކީ ޖޯކެއް: ވަލްވޭޑޭ

ބާސެލޯނާ (ޑިސެމްބަރު 5) – މި އަހަރުގެ ބެލޮންޑިއޯ އެވޯޑުގައި ލިއޮނަލް މެސީ ފަސް ވަނަ އަށް ދިއުމަކީ ޖޯކެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ސިފަކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2018 1
ބާސެލޯނާ ތާވަލުގެ ކުރިއަށް

ބާސެލޯނާ (ޑިސެމްބަރު 3) – ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް ރޭ އަރައިފި އެވެ.

02 ޑިސެމްބަރ

December 02, 2018 4
ގަދަ ތިނެއްގައި މެސީ ނެތުމުން ވަލްވޭޑޭ ރަތަށް

ބާސެލޯނާ (ޑިސެމްބަރު 2) - ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑްގެ މި ފަހަރުގެ ގަދަ ތިނެއްގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނެތުމުން އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

29 ނޮވެމްބަރ

November 29, 2018 7
ބާސާ އެއް ވަނަ އަށް، އިންޓަގެ އަމިއްލަ ބާރު ގެއްލިއްޖެ

އެއިންދޯވެން (ނޮވެމްބަރު 29) – ނެދަލެންޑްސްގެ ޕީއެސްވީ އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެ ސްޕެއިނުގެ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީ އެއް ވަނަ މަގާމް ހޯދިއިރު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ބަލިވެ އިންޓަ މިލާނަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

27 ނޮވެމްބަރ

November 27, 2018
ޕީކޭ ފުޓްބޯޅައިގެ ބޮޑު ދެ ޕްރޮޖެކްޓަަކާ ދިމާލަށް

ބާސެލޯނާ (ނޮވެމްބަރު 27) - ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ޑިފެންޑަރު ފުޓްބޯޅައިގެ ދެ ޕްރޮޖެކްޓެއް ފަށަން ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.