01 ފެބުރުއަރީ

February 01, 2017
އިނިއެސްޓާ އާއި ބުސްކެޓްސް ނެތި ބާސާ މުހިއްމު މެޗަކަށް

ބާސެލޯނާ (ފެބްރުއަރީ 1) – ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ކެޕްޓަން އަންދްރޭ އިނިއެސްޓާ އާއި ސާޖިއޯ ބުސްކެޓްސް ނެތަސް އެތަން ފޫބެއްދޭނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.

30 ޖެނުއަރީ

January 30, 2017 5
"ލަލީގާގައި ގޯލްލައިން ޓެކްނޮލޮޖީ ބޭނުން ކުރަންޖެހޭ"

ބާސެލޯނާ (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި ގޯލްލައިން ޓެކްނޮލޮޖީ ތައާރަފްކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

January 30, 2017 1
މެޑްރިޑް ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި

މެޑްރިޑް (ޖެނުއަރީ 30) – ބާސެލޯނާ އާއި ސެވިއްޔާ އަށް މޮޅުނުވެވުމުގެ ފައިދާ ނަގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 3-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް...

27 ޖެނުއަރީ

January 27, 2017
ފަސޭހަކަމާ އެކު ބާސެލޯނާ ސެމީ އަށް

ބާސެލޯނާ (ޖެނުއަރީ 27) – ރެއާލް ސޮސިއެޑާޑް އަތުން 5-2 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ކަށަވަރުކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2017
އެއިބާ އަތުން ބާސެލޯނާ އަށް ފަސޭހަ މޮޅެއް

ބާސެލޯނާ (ޖެނުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 4-0 އިން ބާސެލޯނާ ފަސޭހަ މޮޅެއް ހޯދައިފި އެވެ.

21 ޖެނުއަރީ

January 21, 2017 1
ބާސާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް: ރަކިޓިޗް

ބާސެލޯނާ (ޖެނުއަރީ 20) – ބޭނުންވަނީ ބާސެލޯނާގައި މަޑުކޮށް އެ ކްލަބާ އެކު ގިނަ ދުވަސްތަކެއް ހޭދަކުރަން ކަމަށް، މެންޗެސްޓާ ސިޓީގެ ޓާގެޓް އިވާން ރަކިޓިޗް ބުނެފި އެވެ.

20 ޖެނުއަރީ

January 20, 2017
ފުރަތަމަ ލެގުން ބާސާ އާއި އެތުލެޓިކޯ އަށް ހިތްހަމަޖެހުން

ސެން ސެބަސްޓިއަން، ސްޕެއިން (ޖެނުއަރީ 20) – ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ރޭ ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން މޮޅުވެ އެ ޓީމުގެ ދަނޑުގައި 10 އަހަރަށް ފަހު ބާސެލޯނާ...

January 20, 2017 1
ބާސެލޯނާ އިން ކޯޓީނިއޯ ބޭނުންވޭ: ރިވާލްޑޯ

ލަންޑަން (ޖެނުއަރީ 20) - ބާސެލޯނާ އަށް ތަފާތެއް ގެނެވެން ތިބީ މަދު ކުޅުންތެރިންތަކެއް ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމުން އެންމެ ބޮޑަށް ފާރަލަނީ ލިވަޕޫލްގެ...

19 ޖެނުއަރީ

January 19, 2017
ސޮސިއެޑާޑަކީ ގޮތް ނޭނގޭ ޓީމެއް: އެންރީކޭ

ބާސެލޯނާ (ޖެނުއަރީ 19) - ރެއާލް ސޮސިއެޑާޑަކީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ގޮތް ނޭނގޭ ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް ސްޕެނިޝް ކަޕުގައި މިރޭ ނުކުންނަ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2017 1
ފަހު މެޗާ ހަމަޔަށް ހިތްވަރު ކުރާނަން: އެންރީކޭ

ބާސެލޯނާ (ޖެނުއަރީ 15) - ސްޕެނިޝް ލީގުގެ ކުރީގައި އޮތް ރެއާލް މެޑްރިޑް އަތުލަން އެންމެ ފަހު މެޗާ ޖެހެންދެން ބާސެލޯނާ އިން ހިތްވަރުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

14 ޖެނުއަރީ

January 14, 2017 4
މެސީ އަށް އިހުތިރާމް ނުކުރުމުން މަގާމުން ދުރުކޮށްފި

ބާސެލޯނާ (ޖެނުއަރީ 14) - ލިއޮނަލް މެސީ އަށް ދޭން ޖެހޭ އިހުތިރާމް ނުދީ މީޑިއާގައި ވާހަކަތަކެއް ދެއްކި ބާސެލޯނާގެ ޑިރެކްޓަރެއް ކަަމަށްވާ ޕެރޭ ގްރަޓަކޯސް މަގާމުން ދުުރުކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2017 5
ބާސެލޯނާގެ ސްޓައިލް ބަދަލުކުރީ އަހަރެން: ރޮނާލްޑީނިއޯ

ބާސެލޯނާ (ޖެނުއަރީ 13) – ބާސެލޯނާގެ ފުޓްބޯޅައިގެ ސްޓައިލް ބަދަލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެވުމަކީ ކެރިއަރުގެ އެންމެ ފަހުރުވެރިވާ މަސައްކަތް ކަމަށް އެ ޓީމުގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.

12 ޖެނުއަރީ

January 12, 2017 1
ސުއަރޭޒްގެ 100 ވަނަ ގޯލާ އެކު ބާސާ ކުއާޓާ އަށް

ބާސެލޯނާ (ޖެނުއަރީ 12) – ލުއިސް ސުއަރޭޒް ޖަހައިދިން 100 ވަނަ ގޯލާ އެކު އެތުލެޓިކް ބިލްބާއޯގެ މައްޗަށް 3-1 އިން ކުރި ހޯދައި ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުން ޗެމްޕިއަން ބާސެލޯނާ ރޭ ޖާގަ ހޯދައިފި އެވެ.

10 ޖެނުއަރީ

January 10, 2017 7
އެވޯޑް ހަފުލާއަށް ބާސާ ކުޅުންތެރިން ނުދިޔައީ ކީއްވެ؟

ބާސެލޯނާ (ޖެނުއަރީ 10) – ސްވިޒަލެންޑުގެ ވެރިރަށް ޒިއުރިކުގައި ރޭ ބޭއްވި ދަ ބެސްޓް ފީފާ އެވޯޑްސް ހަފުލާއަށް ސްޕެއިނުގެ ބާސެލޯނާގެ ކުޅުންތެރިން ހާޒިރުނުވީ ސްޕެނިޝް ކަޕުގައި މާދަމާރޭ މުހިއްމު މެޗެއް އޮތުމުން ކަމަށް އެ ކްލަބުން ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2017 1
ރަކިޓިޗް މެންޗެސްޓާ ސިޓީ އަށް ނުދާނެ: އެންރީކޭ

ބާސެލޯނާ (ޖެނުއަރީ 9) - ބާސެލޯނާ އަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް މެންޗެސްޓާ ސިޓީ އަށް ބަދަލުނުވާނެ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

January 09, 2017 2
ފަހު ވަގުތު މެސީ ބާސެލޯނާ ސަލާމަތްކޮށްދީފި

މެޑްރިޑް (ޖެނުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ލިއޮނަލް މެސީ ޖެހި ލަނޑުން ވިޔަރެއާލް އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

08 ޖެނުއަރީ

January 08, 2017 1
ބާސެލޯނާ ހުސްއަތާ ސީޒަން ނުނިންމާނެ: އެންރީކޭ

މެޑްރިޑް (ޖެނުއަރީ 8) - މި ސީޒަނުގައި ބާސެލޯނާ އަށް އަދިވެސް ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ނުގެއްލޭ ކަމަށާއި އެ ހުސްއަތާ ސީޒަން ނިންމާލަން ނުޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2017 3
ދެ ކުޅުންތެރިން މަދުކޮށް ކުޅެ ބާސާ ބަލިކޮށްފި

ބިލްބާއޯ (ޖެނުއަރީ 6) – ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ދެ ކުޅުންތެރިން މަދުކޮށް ކުޅެ އެތުލެޓިކް ބިލްބާއޯ އިން ބާސެލޯނާގެ މައްޗަށް 2-1 އިން ކުރި ހޯދައިފި އެވެ.

31 ޑިސެމްބަރ

December 31, 2016 1
ބާސެލޯނާ ކުޅުންތެރިޔަކު ޗައިނާ އަށް ނުދާނެ: އިނިއެސްޓާ

ބާސެލޯނާ (ޑިސެމްބަރު 31) - ޗައިނާ ކްލަބްތަކުން ފައިސާ އޮއްސިޔަސް ބާސެލޯނާގެ ކުޅުންތެރިޔަކު އެ ގައުމަށް ނުދާނެ ކަަމަށް ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2016
ކޯޓީނިއޯ އަށް ބާސާ އިން ޝައުގުވެރިވޭ: ރޮނާލްޑީނިއޯ

ބާސެލޯނާ (ޑިސެމްބަރު 26) – ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކޯޓީނިއޯ އަށް ބާސެލޯނާ އިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2016
ތަފާތު ބޮޑު މޮޅަކާ އެކު ބާސާ އަނެއް ބުރަށް

ބާސެލޯނާ (ޑިސެމްބަރު 22) – އާޑާ ތުރާންގެ ހެޓްރިކާ އެކު ތިން ވަނަ ޑިވިޝަނުގެ ހާކިއުލަސް އަތުން 7-0 އިން މޮޅުވެ ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުން ޗެމްޕިއަން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.

21 ޑިސެމްބަރ

December 21, 2016
މެސީ ބާސެލޯނާގައި މަޑުކުރާނެ: ކްލަބުގެ ރައީސް

ބާސެލޯނާ (ޑިސެމްބަރު 21) – ބާސެލޯނާއާ އެކު ލިއޮނަލް މެސީ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފެށިފައިނުވި ނަމަވެސް އެ ކްލަބުގައި މަޑުކުރަން މެސީ ނިންމާފައިވާ ކަމަށް ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2016 1
ބާސެލޯނާ އިން ތިން ޕޮއިންޓަށް ފަރަގުކުޑަކޮށްފި

ބާސެލޯނާ (ޑިސެމްބަރު 19) – ލުއިސް ސުއަރޭޒްގެ ދެ ލަނޑާ އެކު އެސްޕަންޔޯލް އަތުން 4-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ ދެ ވަނަ މަގާމަށް ބާސެލޯނާ ރޭ އަރައިފި އެވެ.