01 އޮކްޓޯބަރ

October 01, 2017 1
ކެޓަލޯނިއާ މައްސަލައިގައި ބާސެލޯނާ އަށް ގެއްލުމެއް ނެތް

ބާސެލޯނާ (އޮކްޓޫބަރު 1) - ސްޕެއިނުން ވަކިވެ ކެޓަލޯނިއާ ވަކި ދައުލަތަކަށް ހެދުމަށް މިއަދު ނަގާ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ބާސެލޯނާގެ ފުޓްބޯޅަ ޓީމަށް އަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

30 ސެޕްޓެމްބަރ

September 30, 2017 3
ސްޕޭނުގެ ބާރުން ކެޓަލޯނިއާ މިނިވަންވާން ވޯޓު ނަގަނީ

ބާސެލޯނާ (ސެޕްޓެމްބަރު 30) - ސްޕޭނުގެ މައި ސަރުކާރުން މިނިވަންވެ އަމިއްލަ ދައުލަތެއް އުފެއްދަން ފެނޭތޯ ބެލުމަށް އެ ގައުމުގެ އިރު އުތުރުގެ ކެޓަލޯނިއާގައި މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.

28 ސެޕްޓެމްބަރ

September 28, 2017 1
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން

ޕެރިސް (ސެޕްޓެމްބަރު 28) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އިން މޮޅުތަކެއް ހޯދިއިރު ޖަރުމަނުގެ ބަޔާން މިއުނިކް ފްރާންސުގެ ޕީއެސްޖީގެ އަތްދަށުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2017 6
މެސީ ހުއްޓުވަން އުޅެފިނަމަ ޓީމަށް ފައިދާވާނެ: ވަލްވޭޑޭ

ލިސްބަން، ޕޯޗުގަލް (ސެޕްޓެމްބަރު 27) - ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޯޓިން ލިސްބަން އިން ބާސެލޯނާގެ ލިއޮނަލް މެސީ މޭން މާކު ކޮށްގެން ހުއްޓުވަން މަސައްކަތް ކޮށްފިނަމަ އޭގެ ފައިދާ ކުރާނީ މުޅި ޓީމަށް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2017 4
"ބާސެލޯނާ ކުރީގައި އޮތުމަކީ މެޑްރިޑަށް ޕްރެޝަރެއް"

ބާސެލޯނާ (ސެޕްޓެމްބަރު 25) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތުމަކީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް އޮތް ޕްރެޝަރެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

24 ސެޕްޓެމްބަރ

September 24, 2017 5
ބާސެލޯނާ އިން ފޯމް ދަމަހައްޓައިފި

ޖިރޯނާ (ސެޕްޓެމްބަރު 24) – ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން ރަށުން ބޭރުގައި 3-0 އިން މޮޅުވެ ބާސެލޯނާ އިން އެ ޓީމުގެ ފޯމް ދަމަހައްޓައިފި އެވެ.

20 ސެޕްޓެމްބަރ

September 20, 2017 1
ޑެމްބެލޭގެ ބަދަލުގައި އާ ކުޅުންތެރިއަކު ނުހޯދާނެ

ބާސެލޯނާ (ސެޕްޓެމްބަރު 20) – ބާސެލޯނާގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް ލިބުނު އަނިޔާގެ ސަބަބުން ޖެނުއަރީގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް ޖެނުއަރީ...

September 20, 2017 12
ބާސާ އާއި މެސީ އަށް ހުއްޓުމެއް ނެތް

ބާސެލޯނާ (ސެޕްޓެމްބަރު 20) – ލިއޮނަލް މެސީގެ ހަތަރު ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ އެއިބާ އަތުން 6-1 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފަސް ވަނަ މެޗުން ފަސް ވަނަ މޮޅު ހަމަކޮށްފި...

17 ސެޕްޓެމްބަރ

September 17, 2017 6
ބާސާ އަށް ހަތަރު މެޗުން ހަތަރު މޮޅު

ބާސެލޯނާ (ސެޕްޓެމްބަރު 17) – ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯ ޖެހި ލަނޑާ އެކު ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ ބާސެލޯނާ އިން ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2017 8
މެސީގެ މޮޅު ކުޅުމާ އެކު ބާސާއިން ޔުވެންޓަސް ބަލިކޮށްފި

ބާސެލޯނާ (ސެޕްޓެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު ބާސެލޯނާ އިން މިދިޔަ އަހަރުގެ ރަނަރަޕް ޔުވެންޓަސް 3-0 އިން ބަލިކޮށްފި އެވެ.

12 ސެޕްޓެމްބަރ

September 12, 2017 1
ނޭމާ ނެތަސް ބާސެލޯނާ އަކީ ދަށް ޓީމެއް ނޫން: އަލެގްރީ

ބާސެލޯނާ (ސެޕްޓެމްބަރު 12) - ބްރެޒިލްގެ ތަރި ނޭމާ ނެތަސް ބާސެލޯނާ އަކީ ދަށް ޓީމެއް ކަމަށް ދެކެވެން ނެތް ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 2
މެޑްރިޑަށް ވުރެ ކުރީގައި އޮތުމަކީ އުފަލެއް: ބާސާ ކޯޗު

ބާސެލޯނާ (ސެޕްޓެމްބަރު 11) – ސްޕެނިޝް ލީގުގެ އެހާ ކުރީކޮޅު ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ ކުރީގައި އޮތުމުން އުފާވާކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

10 ސެޕްޓެމްބަރ

September 10, 2017 8
މެސީގެ ހެޓްރިކުން ބާސެލޯނާ ތާވަލުގެ ކުރިއަށް

ބާސެލޯނާ (ސެޕްޓެމްބަރު 10) – ލިއޮނަލް މެސީގެ ހެޓްރިކާ އެކު އެސްޕަންޔޯލް އަތުން 5-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ބާސެލޯނާ އަރައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2017 1
ބާސާ އިން ޔުވެންޓަސްގެ ޑިރެކްޓަރަކަށް ފާރަލަނީ؟

ބާސެލޯނާ (ސެޕްޓެމްބަރު 6) – ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ ގެންދަން ބާސެލޯނާ އިން މަސައްކަތްކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

31 އޯގަސްޓް

August 31, 2017 3
ނޭމާ ނެތްތަން ޑެމްބެލޭ ފުރާނެ: އުމްޓިޓީ

ބާސެލޯނާ (އޮގަސްޓް 30) – ނޭމާ ނެތްތަން ބާސެލޯނާ އަށް އަލަށް ގެނައި ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ ފުރާނެ ކަމަށް އެ ޓީމުގެ ފްރާންސް ޑިފެންޑަރު ސެމުއަލް އުމްޓިޓީ ބުނެފި އެވެ.

27 އޯގަސްޓް

August 27, 2017 2
ޕެނަލްޓީ ނާކާމިޔާބު ވިޔަސް ތަފާތު ދެއްކީ މެސީ

ބާސެލޯނާ (އޮގަސްޓް 27) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ލިއޮނަލް މެސީ ޖެހި ދެ ލަނޑުން 2-0 އިން އަލަވޭސް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2017 6
ބާސާ އިން 105 މިލިއަން ޔޫރޯ އަށް ޑެމްބެލޭ ގަނެފި

ބާސެލޯނާ (އޮގަސްޓް 26) – ނޭމާ ނެތްތަން ފޫބެއްދުމަށް ބާސެލޯނާ އިން 105 މިލިއަން ޔޫރޯގެ އަގަކަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރެންޗް ވިންގާ އޮސްމާނޭ ޑެމްބެލޭ ގަނެފި އެވެ.

23 އޯގަސްޓް

August 23, 2017 3
ނޭމާ އަށް ދިން ބޯނަސް އަނބުރާ ހޯދަނީ

ބާސެލޯނާ (އޮގަސްޓް 23) – ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފައިވާ ބްރެޒިލް ފޯވާޑް ނޭމާ އަތުން 8.5 މިލިއަން ޔޫރޯ ހޯދަން ބާސެލޯނާ އިން މަސައްކަތް ފަށައިފި އެވެ.

22 އޯގަސްޓް

August 22, 2017 4
ޑެމްބެލޭ ހޯދުމުގެ މަސައްކަތް ކާމިޔާބީއާ ދިމާލަށް

ބާސެލޯނާ (އޮގަސްޓް 22) – ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ ވަރަށް އަވަހަށް ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

21 އޯގަސްޓް

August 21, 2017 10
ބާސާގެ ބޯޑް މެމްބަރުންނަށް މައާފެއް ނެތް: ނޭމާ

ޕެރިސް (އޮގަސްޓް 21) - ބާސެލޯނާ ދޫކޮށްލީ ކްލަބާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެހެން ނަމަވެސް އެ ކްލަބް ބޯޑް މެމްބަރުންނަށް މައާފް ނުކުރާނެ ކަމަށް އެ ޓީމު ދޫކޮށް...

August 21, 2017 2
މެޑްރިޑާއި ބާސެލޯނާ މޮޅަކުން ލީގު ފަށައިފި

ބާސެލޯނާ (އޮގަސްޓް 21) – ސްޕެނިޝް ލީގުގައި ސްޕެއިނުގެ ގަދަދެބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުތައް ރޭ މާ ބޮޑު އުނދަގުލަތެއް ނެތި ކާމިޔާބުކޮށްފި އެވެ.

18 އޯގަސްޓް

August 18, 2017 1
ސުއަރޭޒް މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

ބާސެލޯނާ (އޮގަސްޓް 18) – ބާސެލޯނާގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒުގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހި އެ ޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.