03 މެއި

May 03, 2019 2
ކުޅުން ހުއްޓާލައި ޒަވީ ކޯޗިން އަށް

ދޯހާ (1 މެއި) – މި ސީޒަން ނިމުމުން ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ގަތަރުގެ އައް ސާދު އަށް ކުޅެމުން އަންނަ ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ބުނެފި އެވެ.

May 03, 2019 8
ވެން ޑައިކުގެ ތައުރީފް މެސީ އަށް

ބާސެލޯނާ (3 މެއި) – ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ކޮންމެ ސީޒަނެއްގައި އޭނާއާ ދެކޮޅަށް ކުޅެން ނުޖެހުމަކީ ނަސީބެއް ކަމަށް ލިވަޕޫލްގެ...

02 މެއި

May 02, 2019 20
މެސީގެ ޖާދޫން ލިވަޕޫލް ބަލިކޮށް ބާސާ ފައިނަލާ ގާތަށް

ބާސެލޯނާ (1 މެއި) – ހިތްގައިމު ހިލޭ ޖެހުމަކުން ވައްދާލި ގޯލާ އެކު ކްލަބް ލެވެލްގައި ލިއޮނަލް މެސީ 600 ވަނަ ގޯލް ހަމަކުރި މެޗުން އިނގިރޭސި ގަދަބާރު ލިވަޕޫލް 3-0 އިން ބަލިކޮށް ސްޕެއިނުގެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާ ދާދި ގާތަށް ޖެހިލައިފި އެވެ.

01 މެއި

May 01, 2019 35
ތާރީހު ލިވަޕޫލް ކޮޅަށް، ބާސާގެ ހަތިޔާރަކީ މެސީ!

ބާސެލޯނާ (މެއި 1) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ތާރީހު ބުރަވަނީ ލިވަޕޫލް ކޮޅަށެވެ. އެކަމަކު މިދިޔަ 13 ވަރަކަށް އަހަރަށް ބަލާއިރު ބާސެލޯނާގެ ކާމިޔާބީތަކުގައި ހިއްސާ ބޮޑު ލިއޮނަލް މެސީ އަކީ މިރޭ ލިވަޕޫލް ފަހަތަށް...

28 އެޕްރީލް

April 28, 2019 7
ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ބާސެލޯނާ (އޭޕްރިލް 28) – ލިއޮނަލް މެސީގެ ގޯލުން ލެވަންޓޭ 1-0 އިން ބަލިކޮށް ބާސެލޯނާ އިން 11 އަހަރުގެ ތެރޭގައި އަށް ވަނަ ފަހަރަށް ސްޕެނިޝް ލީގު ރޭ ކާމިޔާބުކޮށްފި އެވެ.

24 އެޕްރީލް

April 24, 2019 6
ބާސެލޯނާ ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް

ބާސެލޯނާ (އޭޕްރީލް 24) - ސްޕެނިޝް ލީގުގައި ރޭ އަލަވޭސް އަތުން 2-0 އިން ހޯދި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.

23 އެޕްރީލް

April 23, 2019 1
ހަޒާޑް ނެތްތަން ފޫބައްދާނީ ކުޓީނިއޯ؟

ލަންޑަން (އޭޕްރިލް 23) – ރެއާލް މެޑްރިޑް ބަދަލުވާނެ ކަމަށް ބެލެވޭ ޕްލޭމޭކަރު އެޑެން ހަޒާޑް ނެތްތަން ފޫބައްދަން ޗެލްސީން ބާސެލޯނާގެ ފިލިއްޕެ ކުޓީނިއޯ ގެންނަން ވިސްނާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

21 އެޕްރީލް

April 21, 2019
މެސީ އަށް ހާއްސަ ޕްރެޝަރެއް ނެތް: ވަލްވޭޑޭ

ބާސެލޯނާ (އޭޕްރީލް 21) - މި އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދަން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ހާއްސަ ޕްރެޝަރެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

19 އެޕްރީލް

April 19, 2019 3
ބާސެލޯނާ ދޫކޮށްލުމަކީ ނޭމާ ހެދި ގޯހެއް: ރިވާލްޑޯ

ބާސެލޯނާ (އޭޕްރިލް 19) – ބާސެލޯނާ ދޫކޮށްލުމަކީ ނޭމާ ހެދި ގޯހެއް ކަމަށް ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ރިވާލްޑޯ ބުނެފި އެވެ.

18 އެޕްރީލް

April 18, 2019 4
ސެމީގައި ލިވަޕޫލާއި ބާސެލޯނާގެ ކުރިމަތިލުމެއް

ލިޒްބަން، ޕޯޓޯ (އޭޕްރީލް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުން ޕޯޓޯ 4-1 އިން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލިވަޕޫލުން ހޯދައިފި އެވެ. ސެމީ ފައިނަލުގައި ލިވަޕޫލުން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.

17 އެޕްރީލް

April 17, 2019 17
މެސީގެ ގޯލްތަކުން ބާސެލޯނާ ސެމީ އަށް

ބާސެލޯނާ (އޭޕްރިލް 17) – ލިއޮނަލް މެސީގެ ދެ ގޯލާ އެކު އަމިއްލަ ދަނޑުގައި ފަސޭހަކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް 3-0 އިން ބަލިވެ ބާސެލޯނާ އިން ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

16 އެޕްރީލް

April 16, 2019 15
ޔުނައިޓެޑުން ދުލެއް ނުދޭނެކަން ބާސާ ވިސްނާނެ: ވަލްވޭޑޭ

ބާސެލޯނާ (އޭޕްރީލް 16) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުން އެއްވެސް ވަރަކަށް ދުލެއް ނުދޭނެ ކަމަށާއި އެކަމާ މެދު ބާސެލޯނާ އިން ވަރަށް ރަނގަޅަށް ވިސްނާނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

14 އެޕްރީލް

April 14, 2019 3
ފުލުގައި އޮތް ހުއެސްކާ އިން ބާސެލޯނާ ހުއްޓުވައިފި

މެޑްރިޑް (އޭޕްރީލް 14) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ރޭ ކުޅުނު މެޗުން ލީގުގެ އެންމެ ފުލުގައި އޮތް ހުއެސްކާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2019 6
ޔުވެންޓަސް އެއްވަރު، ބާސާ އިން ޔުނައިޓެޑް ބަލިކޮށްފި

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ނެދަލެންޑްސްގެ އަޔަކްސް އާއި ޔުވެންޓަސް 1-1 އިން އެއްވަރުވިއިރު، ރަށުންބޭރުގައި ބާސެލޯނާ އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

10 އެޕްރީލް

April 10, 2019 17
މެސީ ހުއްޓުވުމަކީ ނުވާނެ ކަމެއް ނޫން: ސޯލްޝެއާ

މެންޗެސްޓާ (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ތަރި ލިއޮނަލް މެސީ ހިފެހެއްޓުމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ނުވާނެ ކަމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

07 އެޕްރީލް

April 07, 2019 10
އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ ލީގު ޗެމްޕިއަންކަމާ ގާތަށް

ބާސެލޯނާ (އޭޕްރީލް 7) - މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުނު އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ބާސެލޯނާ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

06 އެޕްރީލް

April 06, 2019 3
ބާސެލޯނާގެ ދޮރު ގާޑިއޯލާ އަށް ހުޅުވިފައި

ބާސެލޯނާ (އޭޕްރިލް 6) – ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބާސެލޯނާގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައި ކަމަށާއި އޭނާ އަނބުރާ ގެނެވިއްޖެ ނަމަ އެކަން ވެގެންދާނީ ކްލަބާއި ކުޅުންތެރިންނަށް ވަރަށް ބޮޑު ފައިދާއަކަށް ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2019 14
ބާސެލޯނާ ފަހު ވަގުތު ޕޮއިންޓެއް ހޯދައިފި

ބާސެލޯނާ (އޭޕްރިލް 3) – ފަހު ވަގުތު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ޖެހި ގޯލްތަކާ އެކު ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި ވިޔަރެއާލްއާ 4-4 އިން އެއްވަރުކޮށްފި އެވެ.

31 މާޗް

March 31, 2019 4
މެސީ ތަފާތު ދައްކައި ބާސެލޯނާ މޮޅުކޮށްދީފި

ބާސެލޯނާ (މާޗް 31) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު 2-0 އިން ވާދަވެރި އެސްޕަންޔޯލް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަަނައިގައި 10 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

24 މާޗް

March 24, 2019
ކުޓީނިއޯ ހޯދުމުގެ ރޭހަށް ޗެލްސީ ވަންނަނީ

ލަންޑަން (މާޗް 24) - މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލާނެ ކަމަށް ބެލެވޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ހޯދުމުގެ ރޭހަށް ޗެލްސީން ވަންނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. އެކަމަކު އެކަން ވާން އޮންނާނީ ޗެލްސީ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން ދީފައިވާ އަދަބުން ސަލާމަތްވެއްޖެ ނަމަ އެވެ. ޗެލްސީން...

18 މާޗް

March 18, 2019 10
މެސީގެ ހެޓްރިކާ އެކު ބާސާ އަށް ބޮޑު ލީޑެއް

މެޑްރިޑް (މާޗް 18) - ސްޕެނިޝް ލީގުގައި ރޭ ރަށުންބޭރުގައި ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-1 އިން ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.