ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު: ފާތިމާ ސަނާ ޝެއިހް

ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށާއި އެކަމުން ލިބުނު ވޭންތަކުން އަރައިގަންނަން އަދިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮލީވުޑްގެ ބަތަލާ ފާތިމާ ސަނާ ޝެއިހް ބުނެފި އެވެ.


ދެހާސް ސޯޅައިގައި ރިލީޒް ކުރި އާމިރު ހާންގެ "ޑަންގަލް" އިން ބޮލީވުޑަށް ބަތަލާއެއްގެ ގޮތުގައި ތައާރަފުވުމުގެ ކުރިން ކުޑައިރު ވެސް ފިލްމު ކުޅެފައިވާ 27 އަހަރުގެ ފާތިމާ ބުނީ ޖިންސީ ފުރައްސާރައަކީ އިންޑިއާގައި މިހާރު މާ ބޮޑު މައްސަލައަކަށް ވެސް ނުވާ ކަމަށެވެ. އަދި އަންހެނުންނަކީ ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ގޮތަކަށް ޖިންސީ ފުރައްސާރަތަކާއި ގޯނާތަކާ ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށް ބުންޏެވެ. އެހެންވެ އެއީ އާދައިގެ ކަމަކަށް ވެފައިވާ ކަމަށް ބުންޏެވެ.

"އެހެންވެ އަހަރެން ބޭނުމެއް ނޫން ކުރިމަތިލާން ޖެހުނު ޖިންސީ ފުރައްސާރައިގެ ތަފުސީލަކަށް ދާކަށް. އެ ވާހަކަ ދައްކަން ފަސޭހައެއް ވެސް ނޫން،" ޖިންސީ ފުރައްސާއާ ކުރިމަތިލާން ޖެހުނު އިރެއް ވެސް ހިއްސާ ނުކޮށް މުމްބާއީ މިރާ އަށް ފާތިމާ ބުންޏެވެ "އަދި އަހަރެން އެދެން މިކަމާ ގުޅިގެން މީހުން އަހަރެން ވަކި ގޮތަކަށް ޖަޖް ނުކުރަން ވެސް."

މިދިޔަ އަހަރު ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު، ފާތިމާ ދާދި ފަހުން ވަނީ އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމުގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އޭނާ ވަނީ ސައިފް އަލީ ހާނާއި އަލީ ފަޒަލްއާ އެކު "ބޫތު ޕޮލިސް" ކިޔާ ހޮރޯ ކޮމެޑީއަކަށް ވެސް ސޮއިކޮށްފަ އެވެ.

މިދިޔަ އަހަރަކީ ބޮލީވުޑްގައި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ވަރަށް ބޮޑަށް ހިލި، ވަރަށް ގިނަ ބަޔަކު ބޭޒާރު ވެސް ވި އަހަރެކެވެ. އެކަމަކު ބޮލީވުޑްގެ #މީޓޫ މޫވްމަންޓް މިހާރު ވަނީ ވަރަށް ބޮޑަށް ހިނދިފަ އެވެ.