08 ޖުލައި

July 08, 2019 68
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އޭނާގެ މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ޓީމުން ލަފާދީފި އެވެ.

27 ޖޫން

June 27, 2019 19
ފަނޑިޔާރު ޑީޑީއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ ސުލޫކީ މައްސަަލާގައި އޭނާ މިއަދު ލިޔުމުން ޖަވާބުދާރީވެވަޑައިގެންފި އެވެ.

20 ޖޫން

June 20, 2019 164
ޑީޑީގެ ތަހުގީގު: ބޮޮޑު ތުހުމަތުތަކެއް، ހޫނު ބަހުސެއް!

މިއަދު ހެނދުނު ނޫސްވެރިންނާއި ބައެއް އާންމުން ރައްޔިތުންގެ ލޯ ދަރުބާރުގެ އަށް އަމާޒުވެފައި ހުރީ އާދައިގެ ކަމަކަށް ނޫނެވެ. އެއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް ފުރަތަމަ ފަހަރަށް އާންމުންނަށާއި މީޑިއާ އަށް ހުޅުވާލައިގެން ދަރުބާރުގޭގައި ބާއްވާތީ އެވެ. ބޮޑެތި ރަސްމިއްޔާތުތަކާއި މީގެކުރިން ބައެއް ބޮޑެތި...

18 މެއި

May 18, 2019 94
އަދުރޭ އާއި އާރިފު މުޅިން ވެސް ދެއްކީ ސިޔާސީ ވާހަކަ!

އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް އަލީ އާރިފް، އަދި ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެމްބަރުންގެ ލިސްޓް އެނގިވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އޭސީސީގެ ތަހުގީގުގައި ދެ ބޭފުޅުން...

06 މާޗް

March 06, 2019 2
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި ހިމެނޭ އިތުރު ކަންކަން ސާފު ކުރަން ހުރި ކަމަށް ބުނެ، އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު...

22 ފެބުރުއަރީ

February 22, 2019 37
ޚިޔާނާތުގެ ތަހުގީގު ނުނިމޭ، އިތުރު ކަންކަން ހާމަވާނެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގާ ގުޅިގެން އިތުރަށް ބަލާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2019 72
ރިޝްވަތެއް ނުދެން، ހެކިން ނުވެސް ދަންނަން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގައި ހެކި ބަސް ދިން މީހުން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި ނުވާ ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދެއްކި ވާހަކަތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފި އެވެ.

11 ފެބުރުއަރީ

February 11, 2019 12
ހަގީގަތާ ހަމައަށް ދެވޭނީ 155 މީހުން ހާމަ ކުރުމުން

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ހަގީގަތާ ހަމައަށް ވާސިލްވެވޭނީ ކޮރަޕްޝަންގެ ފައިސާ ލިބުނު 155 މީހުންގެ ނަން ހާމަކޮށްގެން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފި އެވެ.

February 11, 2019 42
ބޮޑު ހިޔާނާތް އިތުރަށް ހާމަކުރަން އޭސީސީން ވިސްނަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮށްފައިވާ ތަހުގީގުން އިތުރަށް ހާމަކުރެވޭނީ ކޮން މިންވަރަކަށްތޯ މެންބަރުންގެ މެދުގައި...

February 11, 2019 86
ވަގު ފައިސާ ވަން 155 އެކައުންޓް ހާމަކުރޭ!

އެ 155 މީހުންގެ އެކައުންޓަށް ވަދެފައި ވަނީ ރައްޔިތުންގެ ހަޒާނާއިން ވަގަށް ނަގާފައިވާ ފައިސާކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން...

14 ޑިސެމްބަރ

December 14, 2018 39
އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށާއި އެ ޑޮލަރުތައް ނެންގެވީ ލޯނެއްގެ ގޮތުގައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2018 148
ހިޔާނާތު ފައިސާ ހުރި ތަން އެނގޭނީ އިދިކޮޅަށް:ރައީސް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހުރި ތަން އިދިކޮޅު ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެކަން ސާފުކޮށް ދިނުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ގުރައިދޫގައި ގޮވާލައްވައިފި އެވެ.

22 ޖުލައި

July 22, 2018 201
80 މިލިއަން ޑޮލަރު ގުނީ ރައީސްގެ ގެކޮޅުގައި: އަދީބު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި...

July 22, 2018 8
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި...

02 ނޮވެމްބަރ

November 02, 2017 20
"ރައީސަށް ޖަމާކުރި ފައިސާއަށް ވީގޮތް ހާމަކުރަން ޖެހޭ"

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) އަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވަން އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލައިފި އެވެ.

17 އޯގަސްޓް

August 17, 2017 85
ޚިޔާނާތުގެ ފައިސާއިން ހޮވުނު މެމްބަރަކު ނެތް: ޕީޕީއެމް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހޭދަކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ ވާހަކަފުޅު ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މިއަދު ދޮގުކުރައްވައި އެ ތުހުމަތުން...

16 އޯގަސްޓް

August 16, 2017 15
ރައީސްގެ ގެކޮޅަށް "ފައިސާ ވަތް" މައްސަލަ ހުށަހަޅައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށް ބުނެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި...

August 16, 2017 23
ރައީސް ޔާމީން އެ ހުންނެވީ އަޒުލްވެފައި: ޖަމީލް

ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، މިހާރު އެ ހުންނެވީ މަގާމުން އަޒުލްވެފައި ކަމަށާއި ރައީސްގެ ނަމުން މުޚާތަބު...

August 16, 2017 13
މެޖޯރިޓީ ގެއްލޭނެތީ އުޅެނީ ކޮރަޕްޝަން ބަލާނެތީ:ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަށް ސަރުކާރުން ކަންބޮޑުވަނީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތީ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ...

15 އޯގަސްޓް

August 15, 2017 85
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.

14 އޯގަސްޓް

August 14, 2017 333
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

17 އެޕްރީލް

April 17, 2017 139
މުހައްމަދު އިސްމާއިލްގެ "ފައިސާ ގޯނި" މައްސަލަ ބަލަނީ

"ފައިސާ ގޯނި" ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ވާހަކަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.