01 ނޮވެމްބަރ

November 01, 2017 24
ރިޝްވަތު ދީގެން އުޅުނީ ސަރުކާރު ވައްޓާލަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން، އިދިކޮޅު ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2017 21
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައި ވަނިކޮށް އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފި އެވެ.

18 އޯގަސްޓް

August 18, 2017 25
ފާރިސް ޖަލުގައި އެއް މަސް، މައުމޫން ހިތްހަމަނުޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖަލުގައި މަސް ދުވަސް ވަންދެން އޮންނަވަން ޖެހުމުން އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، ކަމާގުޅޭ މިނިވަން މުއައްސަސާތަކަށް ގިނަ ސުވާލުތަކެއް މިރޭ ކުރިމަތިކުރައްވައިފި އެވެ.

16 އޯގަސްޓް

August 16, 2017 13
މެޖޯރިޓީ ގެއްލޭނެތީ އުޅެނީ ކޮރަޕްޝަން ބަލާނެތީ:ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމަށް ސަރުކާރުން ކަންބޮޑުވަނީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެތީ ކަމަށް މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2017 2
މެމްބަރުން ޖަލްސާއަށް ހާޒިރުނުކޮށްދޭ މައްސަލަ މަޖިލީހަށް

ފުލުހުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރުން ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުނުކޮށްދޭ ކަމަށް ބުނެ، ކުއްލި މައްސަލައެއް މަޖިލީހަށް ވައްދައިފި އެވެ.

02 އޯގަސްޓް

August 02, 2017 18
ފާރިސް މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށްދޭން އެދިފައިވަނިކޮށް، އެ ކޮމެޓީން އޭނާ މިއަދު ވަކިކޮށްފި އެވެ.

31 ޖުލައި

July 31, 2017
ފާރިސް ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކޮށް ދިނުމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުގެ އަރިހުން މަޖިލީހުގެ އިދިކޮޅު ތިން މެމްބަރަކު މިއަދު އެދިވަޑައިގެންފި އެވެ.

18 ޖުލައި

July 18, 2017 8
ފާރިސް ހައްޔަރުކުރީ ހެއްކެއް ގަރީނާއެއް ނެތި: މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރީ އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ކަމަށް އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2017 1
ރިޝްވަތުގެ ތުހުމަތު ކުރެވޭ ޝާފިއުގެ ބަންދަށް 5 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރު ކުރި، ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓު، އަހުމަދު ޝާފިއުގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރު ކޮށްފި އެވެ.

04 ޖުލައި

July 04, 2017 94
ރައީސަކީ މެމްބަރުންނަށް ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫން

ރައީސް އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމުގެ ޔަގީން ދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

19 ޖޫން

June 19, 2017 23
ބިރު ދެއްކިޔަސް މަސައްކަތަށް ބަދަލެއް ނާންނާނެ: ފާރިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ސަރުކާރުން ކުރާ ތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރު ކުރައްވާ ކަމަށާއި ބިރު ދެއްކިޔަސް، މިހާރު ކުރައްވާ...

June 19, 2017 6
ތަހުގީގަށް ހާޒިރު ނުވުމުން ސޮފްވާނަށް ދައުވާކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން ތަހުގީގަށް ހާޒިރުނުވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)...

24 މެއި

May 24, 2017 21
ރީކޯމޫސަ ވަކިކުރަން ފައިސާ ބެހިތޯ އަލީމްއާ ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް ފައިސާ ބެހިންތޯ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ މިއަދު ފުލުހުން ސުވާލުކޮށްފި އެވެ.

24 އެޕްރީލް

April 24, 2017 36
ފާރިސްގެ މައްޗަށް ވެސް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މިދިޔަ މަހުގެ 27 ގައި ނެގި ވޯޓާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ކޮށް، ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.

17 އެޕްރީލް

April 17, 2017 139
މުހައްމަދު އިސްމާއިލްގެ "ފައިސާ ގޯނި" މައްސަލަ ބަލަނީ

"ފައިސާ ގޯނި" ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި ވާހަކަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.