08 ޖުލައި

July 08, 2019 68
ޑީޑީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އޭނާގެ މައްސަލަ ތަހުގީގު ކުރި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ޓީމުން ލަފާދީފި އެވެ.

27 ޖޫން

June 27, 2019 19
ފަނޑިޔާރު ޑީޑީއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ ސުލޫކީ މައްސަަލާގައި އޭނާ މިއަދު ލިޔުމުން ޖަވާބުދާރީވެވަޑައިގެންފި އެވެ.

20 ޖޫން

June 20, 2019 164
ޑީޑީގެ ތަހުގީގު: ބޮޮޑު ތުހުމަތުތަކެއް، ހޫނު ބަހުސެއް!

މިއަދު ހެނދުނު ނޫސްވެރިންނާއި ބައެއް އާންމުން ރައްޔިތުންގެ ލޯ ދަރުބާރުގެ އަށް އަމާޒުވެފައި ހުރީ އާދައިގެ ކަމަކަށް ނޫނެވެ. އެއީ ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް ފުރަތަމަ ފަހަރަށް އާންމުންނަށާއި މީޑިއާ އަށް ހުޅުވާލައިގެން ދަރުބާރުގޭގައި ބާއްވާތީ އެވެ. ބޮޑެތި ރަސްމިއްޔާތުތަކާއި މީގެކުރިން ބައެއް ބޮޑެތި...

17 ޖޫން

June 17, 2019 44
ޑީޑީ ސަސްޕެންޑް ކުރި އިރު އަނބިކަނބަލުން ވަޒީފާގައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، ފުލުހުން ވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެ ފައިސާ ޖަމާވި ކަމަށް ބުނާ އެމަނިކުފާނުގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣަފޫރު އަދިވެސް ހުންނެވީ ސިޔާސީ މަގާމެއްގަ އެވެ.

14 އޮކްޓޯބަރ

October 14, 2018 37
އެމްސެވަން ރޯކޮށްލާނެ ކަމުގެ އިންޒާރުތަކެއް

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ ފިހާރަތަކާއި ޗާޕްހާނާ ރޯކޮށްލާނެ ކަމަށް ބަޔަކު އިންޒާރު ދީފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.

11 އޮކްޓޯބަރ

October 11, 2018 47
އެއްވެސް މީހަކަށް ރިޝްވަތެއް ނުދެން: ޕީޕީއެމް

އެއްވެސް މީހަކަށް ބިރުދައްކައި ރިޝްވަތު ދީފައި ނުވާނެ ކަމަށް، ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.

October 11, 2018 77
އެމް ސެވަންއަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ބަލަނީ

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް އެދި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ފައިސާގެ ބޮޑެތި އަދަދުތަކުން...

28 މެއި

May 28, 2018 4
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން

ޓެރަރިޒަމްގެ އަމަލެއް އެމަނިކުފާނު ހިންގަން އުޅުމުގެ ދައުވާގައި ބަޔާން ކޮށްފައި ވަނީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި ޖިނާއީ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

05 މެއި

May 05, 2018 23
ލުތުފީ އަށް ފާޑުކިޔުން: "އިސްތިއުފާ ދީ"

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ދެއްވި ބަޔާނުން، އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ މިންވަރު ސާފުވެފައިވާ ކަމަށް ބުނެ ވަރަށް ބޮޑެތި...

17 އެޕްރީލް

April 17, 2018 85
އަލީ ހަމީދާ ގުޅުން ހުރި ގެއިން 38 މިލިއަން ނުފެނޭ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް އެ އަދަދަށް ފައިސާ ނުފެންނަ ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

15 އެޕްރީލް

April 15, 2018 19
އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ފެނުނު

"ބަޣާވާތް" ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުހުން ހުރި ގެ އަކުން 38 މިލިއަން ރުފިޔާ ފެނިފައިވާ...

April 15, 2018 131
ވެރިކަން ވައްޓާލަން އުޅުނީ ނައިބަކަށް އަދީބު ލުމުން

އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެއްޓެވީ ނައިބު ރައީސަކަށް އަހުމަދު އަދީބު...

01 އެޕްރީލް

April 01, 2018 6
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި

ރިޝްވަތާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދުން މިރޭ ދޫކޮށްލައިފި އެވެ.

27 މާޗް

March 27, 2018 39
ޖިނާއީ ތުހުމަތެއް އޮތުމަކުން އަމުރުތައް ބާތިލެއް ނުވާނެ

ފަނޑިޔާރަކާ މެދު ޖިނާއީ ތުހުމަތެއްކުރެވޭ ކަމަށް ބުނުމަކީ، އެ ފަނޑިޔާރުން ނެރުއްވާ އަމުރުތައް ގޯސް ކަމަށް ބުނެވޭނެ ހާލަތެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު އަބްދުﷲ...

March 27, 2018 50
އަމުރު ނެރުނީ ފަނޑިޔާރުންނަށް އޮޅުވާލައިގެން: ދައުލަތް

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި އަމުރު ނެރުނީ އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކަކަށް އޮޅުވާލައިގެން...

15 މާޗް

March 15, 2018 2
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދަށް ބަދަލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

14 މާޗް

March 14, 2018 20
ނާސިރާ ހައްޔަރުކުރީ އޮޕަރޭޝަނެއްކުރަން ތައްޔާރުވަނިކޮށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހައްޔަރުކުރީ ބޮޑު އޮޕަރޭޝަނެެއް ކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން މިރޭ ބުނެފި އެވެ.

13 މާޗް

March 13, 2018 3
މުހައްމާ ފުލުސް އޮފީހަށް ހާޒިރު ކުރުން ފަސްކޮށްފި

ރިޝްވަތުގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުސް އޮފީހަށް ހާޒިރުކުރުން މާދަމާ އަށް ފަސްކޮށްފި އެވެ.

04 މާޗް

March 04, 2018 26
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހެކި ނައްތާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

01 މާޗް

March 01, 2018 95
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭ...

March 01, 2018 44
ފުލުހުންނަށް ސުވާލެއް: ހޯދި ކިތާބީ ހެކި ކޮބާ؟

"ބަޣާވާތަކުން" ސަރުކާރު ވައްޓާލަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުން އުޅުއްވި ކަމުގެ ކިތާބީ ހެކި ހުރި ކަމަށް ފުލުހުން ބުނުމަށް ފަހު، ހެކި ނައްތާލުމުގެ...

28 ފެބުރުއަރީ

February 28, 2018 80
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި

"ބަޣާވާތް"ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މައްޗަށް، ހެކި ނައްތާލުމުގެ ދައުވާ ކުރަން މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

27 ފެބުރުއަރީ

February 27, 2018 10
މައުމޫން އޭސީސީއަށް ޖަވާބުދާރީވާން ދެކޮޅު ހައްދަވައިފި

މިހާރު ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމަކުން އެ މަނިކުފާނާ ސުވާލު ކުރަން ޖަލަށް ދިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރައްވައިފި އެވެ.

26 ފެބުރުއަރީ

February 26, 2018 33
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.