15 މާޗް

March 15, 2018 2
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދަށް ބަދަލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.

14 މާޗް

March 14, 2018 20
ނާސިރާ ހައްޔަރުކުރީ އޮޕަރޭޝަނެއްކުރަން ތައްޔާރުވަނިކޮށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ހައްޔަރުކުރީ ބޮޑު އޮޕަރޭޝަނެެއް ކުރަން ތައްޔާރުވަމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން މިރޭ ބުނެފި އެވެ.

13 މާޗް

March 13, 2018 3
މުހައްމާ ފުލުސް އޮފީހަށް ހާޒިރު ކުރުން ފަސްކޮށްފި

ރިޝްވަތުގެ ތުހުމަތުގައި ސުވާލުކޮށް ބަޔާން ނެގުމަށް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުސް އޮފީހަށް ހާޒިރުކުރުން މާދަމާ އަށް ފަސްކޮށްފި އެވެ.

12 މާޗް

March 12, 2018 44
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް ބުނެ، ރިޝްވަތު ލިބުނު ކަމަށް ބުނާ މަޖިލީހުގެ މެމްބަރު ކްރިމިނަލް ކޯޓުގައި މިއަދު ފާރިސްއާ އެއްކޮޅަށް ހެކިބަސް ދީފި އެވެ.

11 މާޗް

March 11, 2018 4
"މައުމޫނާ ސުވާލުނުކޮށް ބެހެއްޓީ ނަފްސާނީ ގެއްލުންދޭން"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރިތާ 33 ދުވަސް ވީއިރު ސުވާލެއް ނުކޮށް ހުރީ ނަފްސާނީ ގޮތުން ގެއްލުންދޭ ކަމަށް މައުމޫންގެ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2018 39
ތަހުގީގަށް މައުމޫން އެއްބާރުލުމެއް ނުދެއްވި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ފުލުހުން ފުރަތަމަ ފަހަރަށް މިއަދު ސުވާލު ކޮށްފައިވާ ކަމަށާއި އެކަމަކު އެމަނިކުފާނާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ ތަހުގީގަށް އެއްބާރުލުން ދޭން ދެކޮޅު ހައްދަވާ ކަމަށް މައުމޫންގެ ވަކީލުންގެ...

04 މާޗް

March 04, 2018 26
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހެކި ނައްތާލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ދައުވާކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

01 މާޗް

March 01, 2018 95
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"

ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިކުރަން ޖެހޭ...

March 01, 2018 44
ފުލުހުންނަށް ސުވާލެއް: ހޯދި ކިތާބީ ހެކި ކޮބާ؟

"ބަޣާވާތަކުން" ސަރުކާރު ވައްޓާލަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުން އުޅުއްވި ކަމުގެ ކިތާބީ ހެކި ހުރި ކަމަށް ފުލުހުން ބުނުމަށް ފަހު، ހެކި ނައްތާލުމުގެ...

28 ފެބުރުއަރީ

February 28, 2018 80
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި

"ބަޣާވާތް"ކޮށްގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ...

February 28, 2018 48
"އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އަތުގައި ހުރި ފައިސާ"

ސުޕްރީމް ކޯޓުން އަމުރު ނެރެގެން މުޅި ދައުލަތް ހުއްޓުވާލަން ގެންނަން އުޅުނު ބަޣާވާތުގެ އަޑީގައި ތިބި އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އެ ބޭފުޅުންގެ އަތުގައި ހުރި ފައިސާ ކަމަށް...

27 ފެބުރުއަރީ

February 27, 2018 10
މައުމޫން އޭސީސީއަށް ޖަވާބުދާރީވާން ދެކޮޅު ހައްދަވައިފި

މިހާރު ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމަކުން އެ މަނިކުފާނާ ސުވާލު ކުރަން ޖަލަށް ދިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް އިންކާރު ކުރައްވައިފި އެވެ.

26 ފެބުރުއަރީ

February 26, 2018 33
"ބަޣާވާތާ" ގުޅޭ ބައެއް މައްސަލަތައް ޕީޖީއަށް ފޮނުވަނީ

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބައެއް މައްސަލަތައް މި ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

17 ފެބުރުއަރީ

February 17, 2018 77
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން

މިހާރު ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭރު ގައުމުތަކަށް ވަޑައިގެން، ބައްލަވައިގަތް މުދާތަކަކީ ކޮބައިކަން އެ ގައުމުތަކުން ހާމަކޮށް ދިނުމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިއަދު ވިދާޅުވެއްޖެ އެވެ.

15 ފެބުރުއަރީ

February 15, 2018 12
ހެކި ފޮރުވުމުގެ ތުހުމަތެއް މައުމޫންގެ މައްޗަށް ކޮށްފި

ހެކި ފޮރުވުމުގެ ތުހުމަތެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ކަމަށް މައުމޫންގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

February 15, 2018 24
މައުމޫންގެ ވަކީލު ޝަމީމް ޕޮލިހަށް ހާޒިރުވާން އަންގައިފި

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހުސެއިން...

09 ފެބުރުއަރީ

February 09, 2018 16
މެމްބަރު ސިނާން ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެ

ފުލުހުން މިއަދު ހޯދަން އިއުލާންކުރި ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

February 09, 2018 20
ސިނާނާއި އިލްހާމް ހޯދަން ފުލުހުން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން ދެންމެ އިއުލާންކޮށްފި އެވެ.

08 ފެބުރުއަރީ

February 08, 2018 14
މައުމޫން ދޫނިދޫން މާފުށީ ޖަލަށް ބަދަލު ކޮށްފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެ ރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދޫނިދޫގައި ބެހެއްޓުމަށް ފަހު މިރޭ މާފުށީ ޖަލަށް ބަދަލު ކޮށްފި އެވެ.

February 08, 2018 11
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓަށް...

February 08, 2018 28
އަނެއްކާ ވެސް ފާރިސް ހައްޔަރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެ ދާދި ދެންމެއަކު އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ.