ވިޔަފާރި / މޯލްޑިވިއަން އެއާލައިން

މޯލްޑިވިއަން އިން ޑާކާ އަށް ޓިކެޓް އަގުހެޔޮކޮށްފި

މޯލްޑިވިއަންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޓިކެޓުގެ އަގު މޯލްޑިވިއަން އިން ހެޔޮކޮށްފި އެވެ.

އެ އެއާލައިނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މިހާރު ޑާކާގެ ދެކޮޅު ޓިކެޓް ފެށޭ އަގު ވަނީ 406 ޑޮލަރަށް ދަށްކޮށްފަ އެވެ. އަދި އެއްކޮޅު ޓިކެޓެއްގެ ފެށޭ އަގު މިހާރު އުޅެނީ 225 ޑޮލަރަށެވެ.

މީގެ ކުރިން އެއްކޮޅު ޓިކެޓުގެ އަގު 390 ޑޮލަރަށްވުރެ ބޮޑެވެ.

ޑާކާގެ ޓިކެޓު އަގުހެޔޮ ކުރުމުގެ އިތުރުން އެ މަންޒިލަށް ދާން ބޭނުންވާ މީހުންނަށް ބެގޭޖް އެލަވެންސް ވެސް މިހާރު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން، މިހާރު ކޮންމެ ފަސިންޖަރަކަށް 40 ކިލޯ ބެގޭޖް އެލަވެންސް ލިބޭނެ އެވެ.

މޯލްޑިވިއަން އިން ޑާކާ އަށް ދަތުރުތައް އަލުން ފެށީ މި އަހަރުގެ ޖުލައި މަހު އެވެ. އެ އެއާލައިނުން މިހާރު ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރެ އެވެ. އެއީ އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހު އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 11%
icon angry icon angry 56%
icon wow icon wow 11%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ11

25 November 2021

މޯލްޑިވިަންއަކީ ސީދާ ފޭރޭ ބަޔެކޭ ނުބުންޏަސް ނުސީދާކޮށް ފޭރޭބައެއް. މި ދިޔަ ހުރިހާ ދުވަހަކު މާލެއިން ޑޚާއަށް ސީދާ ދަނީ މޯލްޑިވިަން އެކަނި. ހިތަށްއެރި އަގަކު ޓިކެޓު ވިއްކީ. އެހެން ބަޔަކު ފެށިމާ ދެން ތި އަގު ހެޔޮކުރީ. އަދިވެސް ބޮޑުކޮށް ވިއްކަބަލަ. ކޮވިޑްގެ ދަތި ދުވަސްވަރު ހުރިހާ ތަންތާކު މަސައްކަތްކުރާ ބަންގްލަދޭސް މީހުން ފޮނުވީ ހަމަ ދިވެހި ކޮމްޕެނީތަކުން. ދިވެހިން ޓިކެޓް ގަނެދެނީ މަސައްކަތް ނެތީމާ އެމީހުން ރަށަށް ފޮނުވަން. އަހަރެމެން ދަވާލައިފި މޑވ

The name is already taken The name is available. Register?

ކޮރަލް

25 November 2021

އިތުރު ބަޔަކު އައީމަ މަޖްބޫރު ވީ އެވެ.

The name is already taken The name is available. Register?

އަބްޑޫޅް

25 November 2021

ބަންގާޅީން އައުޓް

The name is already taken The name is available. Register?

ރަންދެލި

25 November 2021

ކޮންމެ ވިޔަފާރި އަކަށްވެސް ކަސްޓަމަރުންގެ އިތުބާރު ހޯދަން ޖެހެއެވެ. އިތުބާރު ހޯދަން ނޭގުމާ، އޮތް އިތުބާރު ގެއްލޭ ކަހަލަ ޕްރައިސިންގް ޕޮލިސީ ހެދުމަކީ ވާނުނާ ގަ ތިބޭ ބޭފުޅުން ކަންކަމާ ހަވާލުވީމަ ވާގޮތެވެ. އަދި އެ ފާޑުގެ ގެ ބޭފުޅުންނަށް އެ ފުރުސަތު ފަހިކޮށްދެވޭ ވަރުގެ ބަޔަކު އެކަން ކޮށްދޭތީއެވެ. ގައުމީ އެއާލައިން ގެ ހައިބަތު ކުޑަ ވާ ޒާތުގެ ކަންކަން ނުކުރުމަށް މިވަގުތު ެ ކުންފުނި ހިންގަން ތިބި ބޭފުޅުންނަށް އިއުތިމާސް ކުރަމެވެ.

The name is already taken The name is available. Register?

2021

25 November 2021

ކޮންމެވެސް ބަޔަކު އެތެރޭގެ އެއަރލައިން އިން އަގު ހެޔޮކޮށް ފެށިމަ ހަމަ އަގުކެޔޮކުރާނެ....

The name is already taken The name is available. Register?

އެޑްމުންޑޯ

25 November 2021

މިއޮތްހާ ދުވަހަު ބަންގަލަދޭސް ނިކަމަތި ރައްޔިތުން ފެލަމުންދިޔައީ ، މިހާރު އެގައުމުގެ ފްލައިޓެއް ދަތުރު ފެށީމާ އަގުހެޔޮނުކޮއް ކީއްކުރާނީ ، ރައްޔިތުން ފެލުމުގައި މަޝްހޫރު ދިރާގަކޭ މިމީހުންނަކޭ ތަފާތެއްނެތް

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

24 November 2021

ޔޫއެސް ބަންގްލާ އަށް ލަނޑެއް ދިނީ ދޯ.މޯލްޑިވިއަންއިން މީގެ 30 ދުވަސް ކުރިން މާލޭ/ޑާކާ ޓިކެޓެއް ގަތީ 7800 ރުފިޔާއަށް.ލަދު ކޮބާ؟ މޮނޮޕޮލީ ނެތިގެންދިޔައީމަ އަގުކުޑަކުރީ.ލަދު ކޮބާ؟ ވ.ވެދުން

The name is already taken The name is available. Register?

ދިވެހިންގެ އަސްލު

24 November 2021

ފެލޭތާ ފެލާލީ .. މިހާރު ދެން ބަނގުލަދޭސް އެއަރލައިންގެ ދަތުރުތައް ފަށާތީ ތި ހެޔޮކުރީ. ދިރާގުވެސް ކަންތައްކުރީ ހަމަ އެފަދައިން.

The name is already taken The name is available. Register?

ނާޒިމާ

24 November 2021

އިތުރު ފްލައިތެއް އައީ ކުޑަކުރީ، ތިޔައީ ވާވަރު، ތެޔޮވެސް އަގުހެޔޮވީކީ ނޫން، ކުއްލިއަކަށް ތިޔަ ހެޔޮވީ ،،،ހެހެެހެ

The name is already taken The name is available. Register?

ޓާކުރު ސާހަބު

24 November 2021

ފައިސަލް ނަސީމު ބަންގާޅަށްގޮސް، ބަންގާޅީންގެ މައްސަލަ ހައްލުކުރަނީއޭކިޔާފާ އަނެއްކާ ޑީލެއްނޫންބާ ހަދައިގެންމިއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454