ށ.ފޯކައިދޫގެ ބަޔަކާ އެކު ދިރާގު މުވައްޒަފުންތަކެއް--ފޮޓޯ:ދިރާގު
15 ޑިސެމްބަރ 2021 - 16:03
ދިރާގުން ދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ށ. ފޯކައިދޫގައި ރަސްމީކޮށް ފަށައިފި އެވެ.
މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ށ. ފޯކައިދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކު އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދި ފޯމް ހުށަހަޅާ ސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އިންޓަނެޓަށް ބޭނުންވާ ރައުޓާ ހިލޭ ލިބޭނެ އެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ނުވަތަ ޑިކޯޑަރު ހިލޭ ލިބޭނެ އެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ރާއްޖޭގެ ގޭބިސީތަކުގެ 80 ޕަސެންޓަށް ހިދުމަތް ދިރާގުން މިހާރު ފޯރުކޮށްދެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy