ވިޔަފާރި / ސްރީ ލަންކާ

ބޮންޑުގެ އިންޓްރެސްޓް ނުދެއްކުމުން ލަންކާ އަށް ދައުވާކޮށްފި

ލަންކާގެ ރައްޔިތެއް، ފަހަތުގައި އެގައުމުގެ ދިދަ ---ފޮޓޯ: ބީބީސީ

ސޮވެރިން ބޮންޑުތަކުގެ އިންޓްރެސްޓް ނުދައްކައިގެން، ލަންޑަންގެ ހެމިލްޓަން ރިޒާވް ބޭންކުން ސްރީ ލަންކާގެ މައްޗަށް ދައުވާކޮށްފި އެވެ.

ބޭރުގެ ގިނަ ހަބަރުތަކުން ރިޕޯޓުކޮށްފައި ވާގޮތުން، އިގްތިސޯދީ ކާރިސާއަކާ ކުރިމަތިވެފައިވާ ލަންކާ ގޮވައިގެން ދައުވާ ކުރަން ނިންމައިފައި ވަނީ އެ ގައުމުން ހެމިލްޓަން ބޭންކަށް ވިއްކި ދެ ސޮވެރިން ބޮންޑަކަށް ދައްކަން ޖެހޭ އިންޓްރެސް ކަނޑައެޅިފައިވާ ތާރިހަށް ނުދެއްކި، އިތުރަށް ދިން މަސް ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އެއީ ކިހާވަަރެއް ކަން ހާމައެެއްނުކުރެ އެވެ.

ބޮންޑަކީ ވަކި މުއްދަތެއްގެ ތެރޭގައި ހަލާސްކުރާ ގޮތަށް އެކި ގައުމުތަކާއި ބޭންކުތަކުން ނަގާ ލޯނެކެވެ. ބޮންޑުގެ އަސްލު އަދަދު ދައްކަންޖެހޭ ތާރީހުގެ ކުރިން، ކަނޑައެޅޭ އުސޫލަކުން ބަރާބަރަށް އިންޓްރެސްޓް ދައްކަން ޖެހޭނެ އެވެ. މިއީ އިނގިރޭސިންގެ އަތްދަށުން މިނިވަންވުމަށް ފަހު ލަންކާ އަށް ބޮންޑެއްގެ އިންޓްރެސްޓް ނުދެއްކުނު ފުރަތަމަ ފަހަރެވެ.

ހެމިލްޓަން ބެންކުގައި ހުރި ލަންކާގެ ބޮންޑުތައް 250 މިލިއަން ޑޮލަރަށް ވުރެ ގިނަ އެވެ. ޕްރިންސިޕަލް އަދަދު ދެއްކުމަށް އެއްބަސްވެފައި ވަނީ އަންނަ މަހު 25 ވަނަ ދުވަހުގެ ކުރިންނެވެ.

ލަންޑަންގެ ހެމިލްޓަން ރިޒާވް ބޭންކް ---ފޮޓޯ: ހެމިލްޓަން ރިޒާވް ބޭންކް

ހެމިލްޓަން ބޭންކުން އިއްޔެ ވަނީ އިންޓްރެސްޓާ އެކު ބޮންޑުގެ ފައިސާ ހޯދުމަށްޓަކައި އެމެރިކާގެ ނިއުޔޯކްގައި ހުރި ފެޑެރަލް ކޯޓަކަށް ދައުވާ ހުށަހަޅައިފަ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުން އެ ފައިސާ އަނބުރާ ނުދެއްކީ ރާޖަޕަކްސަ އާއިލާ ހިމެނޭހެން ލަންކާ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެ ގަސްތުގަ އެވެ. އަދި އެ ލޯނަށް ފައިސާ ނުދައްކައި އެހެން ލޯނުތައް ހަލާސް ކުރުމަށް ލަންކާ އިން ވާހަކަ ދައްކައި، މަޝްވަރާ ކުރާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

"އެ ލޯނުތައް ނުދައްކާތީ އަހަރެމެންނަށް ވަރަށް ބޮޑަށް އެބަ ގެއްލުންވޭ،" ހެމިލްޓަން ބޭންކުން ބުންޏެވެ.

ލަންކާގެ ހާލަތާ ގުޅިގެން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ނުކުމެެ މުޒާހަރާ ކުރަނީ --- ފައިލް ފޮޓޯ: އޭއެފްޕީ

ލަންކާގެ ބޮޑެތި ބައެއް ކުންފުނިތަކަކުން އެއްވެ، ހެމިލްޓަން ބޭންކުގެ ލޯނު ހަލާސް ކުރުމާ ގުޅޭ ވާހަކަތައް ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބަރުތައް ބުނެ އެވެ.

އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާ އަކީ، ފަހުގެ ތާރީހެއްގައި ދިމާވި އެންމެ ބޮޑު ކާރިސާ އެވެ. ތެލާއި، ގޭސް ފަދަ ތަކެތި ލިބުން ދަތިވެފައިވާ އެ ގައުމުގެ ރައްޔިތުން ހާލުގައި ޖެހި، ގިނަ ބަޔަކު އަންނަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލާއިރު

23 June 2022

ހެމިލްޓަން ރިޒާވް ރިސޯޓަކާ ވައްތަރީ

The name is already taken The name is available. Register?

ނަބަޔަކުންރަނގަޅެއް

23 June 2022

މިކަންތައް ގަނޑުން ރަނގަޅެއް ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު. ބައިނަލް އަގްވާމީ ގޮތުން ގައުމަކައް އެންމެ ގިނައިން ދަރަނި ނެގޭނެ ވަރެއް ނުވަތަ އުސޫލެއް ވުޖޫދުވެއްޖިއްޔާ ހުރިހާގައުމެއްގެ ރައްޔިތުންނައްވެސް ކުރިމަގުގަ ރަނގަޅަކައްވާނެ. ނޫނީ ކޮންމެގައުމަކައްވެސް ޒިންމާވާންޖެހޭނީ މިވެނިވަރެއްގެ ދަރަނިކަމައް އޮންނައުސޫލެއްރަނގަޅު. އޭރުން އެއައްވުރެ އިތުރައް ބަޔަކު ދަރަނިދިނަސް އެއީ އެބަޔަކު ނަގާ ރިސްކަކައްވާނީ ނުދެއްކުނަސް ދައުވާއެއްނުކުރެވޭނެ.

The name is already taken The name is available. Register?

ނުބަޔަކުންރަނގަޅެއް

23 June 2022

ގައުމުތައް ޑިމޮކްރަޓިކް ވަމުންދާއިރު، ރައްޔިތުންގެ ބޭނުންތައް އިތުރުވަމުންދާއިރު، ސަރުކާރުތައް ބަދަލުވާއިރު، ބައިއަޅަންޖެހޭ މީހުން އިތުރުވަމުންދާއިރު މިނޫންގޮތަކައް ގިނަ ގައުމުގެ މިނިވަންކަން ދެމިއޮންނާނެކަމަކައް މަށަކައް ނުފެނޭ. ހަންފަތުރާ މީހުން އެތިބެނީ އަންނަ ކޮންމެ ސަރުކާރަކައް ދެއްކުނަސް ނުދެއްކުނަސް ދަރަނިދޭން ތައްޔާރައް. އެއްބަޔަކު ނުދިނިއްޔާ އަނެއްބަޔަކު ދޭގޮތައް. ވެރިންނައް ލިބޭނެ އެއްވެސް ދެރައެއްނެތް ބޮލުއަޅަންތިބޭނީ ރައްޔިތުން.

The name is already taken The name is available. Register?

ކޮރަލް

23 June 2022

ރާއްޖެ އިން މިވަގުތައް އަސާސީ ކަންކަމުގަ ނޫނީ ލޯން ނެގުން ހުއްޓާލަން ވެއްޖެ އެވެ. އޭގެ ބަދަލުގަ ޑްރަގް އަދި ބިދޭސީންގެ މައްސަލަ ހައްލު ކުރަން ވީ އެވެ. ދެން ދަނޑުވެރިކަމާ މަސްވެރިކަން ކުރި އަރުވަން އުޅެން ވީ އެވެ.

The name is already taken The name is available. Register?

ދދދ

23 June 2022

ތިކަންކުރަންއުޅޭ ވެރިއަކު މިގައުމަކުނެތް.

The name is already taken The name is available. Register?

ބުރިންޖޯލް

23 June 2022

ކޮބާ ދަރަނިދަންތުރަ ޖަހާމީހުން ފެނޭދޯ، ޗައިނާއޭކިޔާ ޕުރޮޕެގެންޑާ ފަތުރާ ގައުމުތަކުގެ ފެންވަރު މިހުންނަނީ.

The name is already taken The name is available. Register?

ރައްޔިތުމީހ

23 June 2022

މަޝްރޫޢުތައް ހިންގުމުގެ ނަމުގަ ބޮޑެތި ލޯނު ނަގަމުން އެދަނީ ޗަައިނާއިން އެކަނިތަ. މިގައުމުވެސް މިއޮތީ ޔޫރަޕަށާ ޗައިނާއަށާ އިންޑިއާއަށް ދަރާ ވިކިފަ. ނުވިތާކަށް އަދިވެސް ހުއްޓާލާކަށް ނޫޅޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454