މާފުށީ ކުނި މެނޭޖްކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވި ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ: ނިޝާން އަލީ | މިހާރު
22 ޖޫން 2022 - 20:26
ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ހަވާލުވެ، ރާއްޖޭގައި ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެ އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏާއި މާފުށީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓަރު ޝައުނާ އާއި ސްޓެލްކޯގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ އާއި އެމްޑީ އަހްމަދު ޝަރީފް މިއަދުގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
ޓޫރިޒަމް ފުޅާވެފައި އޮތް މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތްކުރަން ސްޓެލްކޯ އިން ވަނީ އެއްބަސްވެފަ އެވެ. އެ ހިދުމަތާ އެކު، މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ގޭބީސީތަކުގެ ކުނި މެނޭޖްކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރައި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއް ފުރާޅެއްގެ ދަށުން ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ދިނުމުގެ ފަހުރު ސްޓެލްކޯއަށް ލިބުމަކީ ތާރީހީ ކަމެއް ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަ ދައްކަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
"މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު، ސްޓެލްކޯގެ މި ހިދުމަތާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފުށީގައި ދޭ ހިދުމަތް ރަނގަޅަށް ގެންދެވިއްޖެ ނަމަ އެ ހިދުމަތް ފުޅާކޮށް އެ އަތޮޅު ގުރައިދުއަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މާފުށީ ކައުންސިލްގެ ރައީސް ހުސައިން ސޮލާހު ވާހަކަދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ | މިހާރު
މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހް ވިދާޅުވި ގޮތުގައި އެ ރަށު ކުނި ގޮނޑުގެ އުނދަގޫ އެ ރައްޔިތުންނަށް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމަށް ހައްލެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"ގޮނޑުން އަރާ ވިހަ ދުންތަކުގެ އަސަރާ ހެދި އެ ސަރަހައްދުގެ ބައެއް ގެތަކުގައި އުޅޭ މީހުންނަށް ފަރުވާދޭން ޖެހިފައި އެބަހުރި" ސޮލާހު ވިދާޅުވި އެވެ.
މާފުށިން ދުވާލެއްގެ މައްޗަށް ފަސް ޓަނުގެ ކުނި އުކާލަ އެވެ. އެ ތަކެތި އުކާލުމުގައި ބައެއް ފަހަރު މޫދަށް ވެސް އެޅެ އެވެ. ނަމަވެސް، ސްޓެލްކޯގެ މި ހިދުމަތާއެކު އެ ހުރިހާ ކަމަކަށް ހައްލު ލިބި ރަނގަޅުގޮތުގައި ކުނި މެނޭޖެކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
23 June 2022
މިވަރުން ދަންޏާ ރަޢީސް އޮފީހުންނާއި، ރައްޔިތުންގެ މަޖިލިސް އިން ވެސް ކުނި މެނޭޖް ކުރަން ފަށާނެ!
މާފުށި
23 June 2022
ވަށާޖެހިފައިވާ އަދި ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމުގެ މަޝްރޫޢު އާއެކު މާފުށީ ބޮންތީގެ ކުރިބޯއްޓަށް ވާސިލްވެވޭނެ، ދެން މާފުށި އަތެއްނުވާނެ، ٱلْحَمْدُ لِلَّٰ
ހައްޕު
22 June 2022
މިއީ މައްސަލައެއް. ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ސްޓެލްކޯ ނިކުތުމަކީ.
ނެރުބޭ
22 June 2022
ދެން ސޮޓެލްކޯވެސް ތިޔަކަން ކުރުން ރަނގަޅުވާނީ. އިނޖީނު ބެލެހެއްޓުން ކޮންމެވެސއ އެހެން ބަޔަކަށްދީ. މިހާރު ކަރަންޓު ކެނޑުމަކީ އާއްމު ކަމަކަށް ވެއްޖެ.
ރަދީފު ބިން ރަފައިދާ
22 June 2022
ކުނިނައްތާލާ ބަޔަކަށްނޫންތަ ކުނިނައްތާލުމުގެ ތަޖުރިބާ ހުންނަނީ. ވެމްކޯއާ ސްޓެލްކޯއާ ހަވާލުކޮށްގެން އެކަން ވާނެބާ؟ ސްޓެލްކޯ ނުޖެހޭ ހުރިޔާތަނަށް ބޭނޭކަށް. ކުންޏާބެހޭކަމެއްްވިއްޔާ އެކަންކުރުން އެންމެ އައުލާކަންބޮޑީ ވެމްކޯއިން.
48343
22 June 2022
ތިކަން ސްޓެލްކޯއާ ހަވާލުކުރީމާ މާލޭމޭޔަރު ރުޅިދުރުނުވާނެބާ؟ މޭޔަރަކީވެސް ކުނިމެނޭޖުކުރުމަަށް އަތްބާނަން ވަރަށްގަދައަށް މަސައްކަތްކުރެވި ބޭކަލެއް. ވެމްކޯ ދޮރުމައްޗަށް ކުނިލޮރީއެއްވެސް އެމައްސަލައިގާ އަޅާލި. އެކަމަކު މިހާރު އެމަނިކުފާނު އެހާ ހަލަނިކޮށް ނޫޅުއްވާ.