މީރާ: ސައްހަނޫން ޓެކްސް ކްލެއަރެންސް ރިޕޯޓުގެ މައްސަލަތަކެއް ---ފޮޓޯ:މިހާރު
05 ޖުލައި 2022 - 19:02
މީރާއިން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓް ބަދަލުކޮށް، ސައްހަނޫން ރިޕޯޓުތައް ދައުލަތުގެ އިދާރާތަކަށް ހުށަހަޅާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން އޭގެ ފައިސާ ދައްކައި، ޓެކްސާ ގުޅޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަން ކަށަވަރު ކުރުމަށް މީރާ އިން ދޫކުރާ ރިޕޯޓެކެވެ.
ދައުލަތުގެ އޮފީސްތަކުން އެއްވެސް ވިޔަފާރިއަކަށް ހުއްދައެއް، ލައިސަންސެއް ނުވަތަ އެ ތަކެތި އާކުރުމާއި ބަދަލުކުރުމަށް ނުވަތަ ވިޔަފާރި ހިންގާ ފަރާތް ބަދަލުކުރާ ފަދަ ހާލަތެއްގައި އެ ވިޔަފާރިއަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއް ނެތްކަން ކަށަވަރުކުރުމަށް ޓެކްސް ކްލެއަރެންސް ރިޕޯޓު ބޭނުންވެ އެވެ.
އެ ރިޕޯޓުގެ ސައްހަކަން މީރާގެ ވެބްސައިޓް މެދުވެރިކޮށް ބެލޭނެ ކަމަށް މީރާއިން ބުންޏެވެ. އަދި މި ދުވަސްވަރަކީ ސައްހަނޫން ޓެކްސް ކްލިއަރެންސް ރިޕޯޓު ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، ރިޕޯޓު ބޭނުންކުރާ އޮފީސްތަކުން އޭގެ ސައްހަކަން ބެލުމަށްފަހު ނޫނީ ބަލައިނުގަތުމަށް މީރާއިން އިލްތިމާސްކުރި އެވެ.
ސައްހަނޫން ރިޕޯޓު ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް މީރާ އިން ވަނީ އެދިފަ އެވެ.
MIRA - Maldives Inland Revenue Authority
By clicking the submit button, I declare that the information given on this application is true and correct and that I am authorized to submit this application. I understand that if any incorrect information is provided on this form, MIRA may reject this form or take any necessary action for providi...
ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ޞައްޙަކަން ކަށަވަރުކުރުމަށް ބޭނުންކުރާނެ ލިންކް
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިކޭ
06 July 2022
ކުންފުނިތަކޭ ބުނާއިރު ހީވަނީ ހުސްދިވެހިން ހިންގާ ކުންފުނިހެން. އެކަމަކު ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮއްގެން ހިންގާބައެއް ބިދޭސީން ހިމެނޭކުންފުނިތަކުން ތިކަހަލަ ކުށްކުރަނީ ބިރެއްނެތި.
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
05 July 2022
ވަގުން އެހާގިނަގައުމެއް މިހެންނޫންތޯ ވާނީ.