ވިޔަފާރި

ކުނި ނައްތައިލުމަށް ވިޔަފާރިތަކާއި ޖަމިއްޔާތަކާ އެކު "ފެހި ގުޅުން" ގާއިމްކޮށްފި

ކުނި ބަރުކޮށްގެން ތިލަފުއްޓަށް ގެންދަން ވެމްކޯ އިން ބޭނުންކުރާ ކޮޅުވެއްޓި އިންޑަސްޓްރިއަލް ވިލެޖާ ކައިރި ކޮށްފައި.-- ފައިލް ފޮޓޯ: މިހާރު

ކުނި މެނޭޖުކުރުމުގައި ބައިވެރިވެ، ކުނި ނައްތާލުމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ އެކު ވިޔަފާރިތަކަކާއި އަމިއްލަ ޖަމިއްޔާތަކަކުން "ފެހި ގުޅުން"ގެ ނަމުގައި މިއަދު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވެމްކޯ އިން ވަނީ ތިން ދާއިރާއަކުން ނުވަ ފަރާތަކާ އެކު ސޮއިކޮށްފަ އެވެ. "ފެހި ގުޅުން"ގެ އެއްބަސްވުން ހެދި ފަރާތްތަކަކީ:

- ހޭލުންތެރި ކުރުމުގެ މަސައްކަތަށް: ސޭވް ދަ ބީޗް އާއި ރެޑް ކްރެސެންޓްގެ ވިލިމާލޭ ގޮފި

- ރީސައިކަލް ކުރުމަށް: ސެކިއޯ ބޭގް، އައިވައިއެމްއެސް އަދި އީމާސް ޓްރޭޑިން

- ވިޔަފާރިތައް: ޓޭސްޓް މީ، ޗިލެކްސް، ފުޑް ބޭންކް އަދި ލެމަންގްރާސް

މި ރަސްމިއްޔާތުގައި، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު ވިދާޅުވީ އެ ކުންފުންޏާ އެކު ބައިވެރިވި ވިޔަފާރިތަކުން މައިގަނޑު ދެ ކަމެއް ކުރާނެ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޕްލާސްޓިކް ފުޅި ވެސް ހިމެނޭ ގޮތަށް ރީސައިކަލް ކުރެވޭ ޒާތުގެ ކުނި ވަކިކޮށްގެން އުކާލަން ގެންދިއުން އަދި ވެމްކޯގެ ވޭސްޓް ކަލެކްޝަން ހިދުމަތުގެ ބޭނުން ހިފުމެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު: އާއްމުންގެ އާދަތައް ބަދަލުކުރަން އޭނާ މިއަދު ގޮވައިލެއްވި. -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޭސްޓް ކަލެކްޝަން ނުވަތަ ކުނި އުކާލުމުގެ ހިދުމަތުގެ ޓެސްޓް ބުރެއް ވެމްކޯ އިން ވަނީ މިދިޔަ މަހު ފަށައިފަ އެވެ. މާލެ 10 ޒޯނަކަށް ބަހާލައިގެން ދޭ މި ހިދުމަތުގެ ޓެސްޓް ބުރުގައި ހިމެނެނީ ފުރަަތަމަ ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ހެންވޭރު އަޑި ޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ހުންނަ ސަރަހައްދުގައި ހިމެނޭ 51 ގެ އެވެ. އެކަމަކު، މި ހިދުމަތް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފަށައި، ވިޔަފާރިތަކަށް ވެސް ފުޅާކުރަން ވެމްކޯ އިން ވަނީ ނިންމައިފަ އެވެ.

އެކަމަކު، ކުނި މެނޭޖު ކުރުމުގެ އެންމެ މުހިއްމު ބަޔަކީ، ފުއާދު ވިދާޅުވި ގޮތުގައި، އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ސޭވް ދަ ބީޗާއި ރެޑް ކްރެސެންޓާ އެކު އެ މަސައްކަތް ކުރާނެ ކަމަށާއި މުޖުތަމައު ހޭލުންތެރި ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ދިވެހިންނަކީ ވަރަށް ފަސޭހަ އިން ރަނގަޅު އާދަތަކަށް ހޭނޭ ބައެކެވެ. އޭގެ މިސާލުތައް ވެސް ފެންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކުނި އުކާލަން އަންނައިރު އެއްކަލަ ޕްލާސްޓިކު ފުޅި ވަކިން ހުންނަ ތަން ފެނުމުން އެ ކަމާ ސުވާލުކޮށް، ޖެހިގެން އަންނަ ދުވަހު އެ ބަދަލު އަމިއްލަ އަށް ގެނައި ތަން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އާއްމުންގެ ބައެއް ނޭދެވޭ އާދަތައް ބަދަލުކުރަން ޖެހޭކަން ފުއާދު ފާހަގަކުރެއްވި އެވެ. އެ ގޮތުން، އޭނާ ވިދާޅުވީ މަގުމައްޗަށް ކުނި އެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވާން އެބަޖެހެއޭ ސުޕާރީ ކައިފައި ޕެކެޓް މަގުމައްޗަށް އެއްލައި ނުލަން. އަޅުގަނޑުމެން ވާން އެބަޖެހެއޭ ސިނގިރެޓް ބޮއެފައި ބަޓްބުރި މަގުމައްޗަށް އެއްލައި ނުލާ ބަޔަކަށް. މި ދެންނެވީ މާލޭގެ މަގުމަތި މިއަދު ސާފު ކުރިޔަސް އެންމެ ގިނައިން ނެގޭނެ ދެ އެތީގެ ވާހަކަ،" ފުއާދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، އެންވަޔަރްމަންޓް މިނިސްޓަރުގެ ނައިބު އަލީ އާމިރު ވިދާޅުވީ ރާއްޖޭގެ ކުނީގެ ހާލަތު އޮތް ގޮތުން އެ ވާހަކަ އެންމެން ވެސް ދައްކަން ޖެހޭ ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅިލާމެހިފައި ވާތީ އެވެ.

"މިއީ އެންވަޔަރްމަންޓް މިނިސްޓްރީގެ ޒިންމާއަކަށް ވުރެން ބޮޑަށް ފުޅާކޮށް، އިޖުތިމާއީ، އިގްތިސާދީ އަދި ސިއްހީ ގޮތުން ވެސް މީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުންނަ ކަމެއް،" އާމިރު ވިދާޅުވި އެވެ.

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައިވާ ވެމްކޯ އިން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. އެ މަޝްރޫއުގެ ދަށުން، އިންޑަސްޓްރިއަލް ވިލެޖުގައި ކުނި އުކާލަން ހާއްސަ ކޮށްފައިވާ ބިން ތަރައްގީ ކުރުން ހިމެނެ އެވެ. އަދި ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް މި އަހަރުގެ ބަޖެޓުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ހިމަނައިފަ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަގު އިންތިހާ

18 January 2017

ކުޑަ ޕިކަޕެއްގަ ގޮނޑި އެއްލާލީ 300 ރުފިޔާ ދީގެން. އޭގެ ގޮނޑިއެއް 150 ހައް ލިބޭ.

The name is already taken The name is available. Register?

ބަލަންވީ

18 January 2017

މާލޭގެ މަގުމަތީ ގައި ވާރޭ ފެން ކޮޅެއް ވެހުމުން އިނގޭނީ ދިވެހި ޒުވާނުން ތައް ސުޕާރީ ބަތްކާ އުސޫލުން ކައިފައި ހުންނަ ވަރު. އަދި މިއުޅޭ ސްކޫލް ތަކުގެ ކުދިންނާއި ޒުވާނުން ސުޕާރީ ޕެކެޓްސް އަނގައިގެ ތެރެއަށް ކަނޑާ ފައި އޮއްސާލަނީ އެއީ ޑަސްބިނަކަށް ކުނި އޮއްސާލާ ގޮތަށޭ މަމެން ބުނަން ނެތީމު އެވެ. ސުޕާރީ އަކީ އެއީ ހަށިގަނޑަށް އިންތިހާ އަށް ގެއްލުން ދޭ އެއްޗަކަށް ވާއިރު އެ ރާއްޖެ އަށް އެތެރެ ކުރަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ އެއްވެސް ނަގައިގެން ނޫން ކަމަށް މަމެންނަށް މައުލޫމާތު ލިބެނީ. ދެން ހީރާ ޕަންނާ ވެސް އެއްވެސް ހުއްދަ އެއް ނަގައިގެން ނޫން ކަމަށް ވަނީ އެ ވިއްކަނީ. އެކަމަކު މީ އިންސާނުންގެ އެތެރެ ހައްޓަށް ފޮނުވާ އެއްޗިއްސެވެ. ކަން މިހެން ހުރުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވެސް އެބަ ބަލަން ޖެހޭ މިކަން ކަން ކުރަމުން އަންނަ ގޮތް ވަރަށް ރަނގަޅަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!