އިންޑިއާގެ މަގުބޫލު "އެންޑްޓީވީ އެޗްޑީ" މީޑިއާނެޓަށް

އިންޑިއާގެ މަގުބޫލު ޓީވީ ޗެނަލެއް ކަމަށްވާ "އެންޑްޓީވީ"ގެ އެޗްޑީ ޗެނަލް މީޑިއާނެޓުން ތައާރަފްކޮށްފި އެވެ.


މީޑިއާ ނެޓްގެ ކަސްޓަމަރުންނަށް އެންޑްޓީވީ ބެލޭނީ ޗެނަލް 856 އިންނެވެ.

މީޑިއާނެޓުން ބުނީ އެންމެ ފަހުގެ ޑްރާމާ، ކޮމެޑީ ކްރައިމް، ރިއަލިޓީ ޝޯތައް ދައްކާ މި ޗެނަލް ލިބޭނީ މީޑިއާނެޓްގެ ޕްރިމިއަމް އެޗްޑީ ޕެކޭޖުގެ ދަށުން ކަމަށެވެ.

އެ ޗެނަލުން ދައްކާ މަގުބޫލު ޕްރޮގްރާމްތަކުގެ ތެރޭގައި ވޮއިސް ސީޒަން 2، ހޯށިޔާރު، ކުއީންސް ހޭ ހަމް، ބަދޯ ބަހޫ އަދި ބާބީޖީ ގަރްޕަރްހޭ ހިމެނެ އެވެ.

މީޑިއާނެޓުން ބުނީ މިއީ ދިވެހިން ވަރަށް ބޭނުން ވެފައި އޮތް، ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.