ދިރާގުން ގެސްޓް ހައުސްތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް ތައާރަފް ކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ގެސްޓް ހައުސްތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް ދިރާގުން ތައާރަފް މިއަދު ކޮށްފި އެވެ.


ފިކްސްޑް ލައިން ބްރޯޑްބޭންޑް ނެޓްވޯކް ގާއިމް ކޮށްފައި ނުވާ ރަށްރަށަށް ވެސް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރް އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

މި ހިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ ގެސްޓް ހައުސްއަކަށް ވެސް ހާއްސަ ކޭބަލް ކަނެކްޝަނެއް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ހަލުވި ސްޕީޑުގައި އަންލިމިޓެޑް އިންޓަނެޓް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖުތަކާ އެކު ކްލައުޑް ބޭސްޑް ސެންޓްރަލައިޒްޑް ވައިފައި މެނޭޖްމަންޓް ސިސްޓަމަކާއި ޔުނިފައިޑް ތްރެޓް މެނޭޖްމަންޓަކާއި ޓްރެފިކް އެނެލައިޒްކޮށް އިންޓަނެޓް ބޭނުންކުރެވޭ މިންވަރު މެނޭޖު ކުރެވޭ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ގެސްޓް ޕޯޓަލް އަކާއި ބްރޭންޑުކޮށްފައިވާ ގެސްޓް ލޮގިން ޕޭޖަކާއި 24 ގަޑިއިރުގެ ޓެކްނިކަލް ސަޕޯޓާއި ހާއްސަ ރިލޭޝަންޝިޕް މެނޭޖްމަންޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ ހިދުމަތެވެ. ވަކިވަކި ގެސްޓްހައުސްތަކުގެ ބޭނުންތަކަށް ފަރުމާ ކުރެވޭ މި އިންޓަނެޓް ޕެކޭޖުތަކަށް މި މަހު އެޕްލައި ކުރާ ކަސްޓަމަރުންނަށް ސެޓަަޕް ފީގެ 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.