މިއަހަރުގެ މެރިން އެކްސްޕޯގެ ޕާޓްނަރުން ކަނޑައަޅައިފި

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ)ގެ ޕާޓްނަރުން ކަނޑައަޅައިފި އެވެ.


ހަތަރުވަނަ މެރިން އެކްސްޕޯ ލޯންޗްކުރުން އޮތީ މާލެ ކައިރީގައި އޮތް ރިޓްރެއްލާ ކްރޫޒް ހޮޓެލްގަ އެވެ. އެ ރަސްމިއްޔާތުގައި އެކްސްޕޯގެ ޕާޓްނަރުންނަށް ވަނީ ހަނދާނީ ފިލައެއް ހަވާލުކޮށްފަ އެވެ. އެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

މި އަހަރުގެ މެރިން އެކްސްޕޯގެ ޕްރިމިއަމް ޕާޓްނަރުންނަކީ ދިރާގާއި، އެމްއެމްޕީއާރުސީ، އެމް7 އަދި އިވެންޓް މޯލްޑިވްސް އެވެ. އަދި އެކްސްކްލޫސިވް ޕާޓްނަރުންގެ ގޮތުގައި ވެސް 10 ފަރާތެއް ހަމަޖައްސާފައިވެ އެވެ. އެކްސްކްލޫސިވް ޕާޓަރުންނަކީ "މިހާރު" ނޫހާއި ރިޓެލާ، ޕިކްސެލް ސޮލޫޝަން، އެފިކަސީ ލީގަލް، ފްލޯޓިން އޭޝިއާ، ސީޓީއެލް ސްޓްރެޓެޖިސް، ސިންފަނީ، ރައުޗް، އެލީޒް، އަދި އޭއެސްއޭޕީ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެކްސްޕޯގައި ކޮންމެ އަހަރަކު ބައިވެރިވާ ނުވަ ފަރާތަކަށް ވެސް ހަނދަނީ ފިލާ ދީފަ އެވެ. އެގޮތުން ސީގިއާ އަށާއި އެލިއާ އިންވެސްޓްމަންޓްސް، ގެރެންޓީ ފައިބާ ގްލާސް، ގަލްފްކްރާފްޓް، ހަސަން މެރިން އިންޖިނިއަރިން ސާވިސަސް، މައިޒާން އިލެކްޓްރޯނިކްސް، އެމްޓީސީސީ، މެރިން އިކްއިޕްމަންޓްސް، އަދި ވީއެމްކޯއަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

މި އެކްސްޕޯ ހިންގާ ބްލަކް އިން ބުނިގޮތުގައި މި އެކްސްޕޯ މިއަދު ލޯންޗްކުރި ނަމަވެސް އެގްޒިބިޝަން އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ 9 ން 11 އަށް ދަރުބާރުގޭގަ އެވެ.

މި އެކްސްޕޯ އަކީ މި ދާއިރާ އިން އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެންމެ ބޮޑު މައުރަޒެވެ.