ރާއްޖޭގެ ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް ބާއްވަން ތައްޔާރު ވެއްޖެ

ކަސްޓަމަރުންނާ ކުންފުނިތަކާއި އޮންނަ ގުޅުންތަކާ، ތަޖުރިބާތަކުގެ ދާއިރާ އިން ރާއްޖޭގައި ބާއްވާ ފުރަތަމަ ކޮންފަރެންސަށް ތައްޔާރު ވެއްޖެ އެވެ.


"ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސް"ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ މި ކޮންފަރެންސް އޮންނާނީ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހު، ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ. މިއީ ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް އިން ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން ޔޫކޫއާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓާ ޒިޔާއު ސަމަދު ވިދާޅުވީ، މި ކޮންފަރެންސްގައި ރާއްޖެ އާއި ބޭރުގެ މަޝްހޫރު ތަޖުރިބާކާރުން މައުލޫމާތު ދެއްވާނެ ކަމަށެވެ.

ކޮންފަރެންސްގައި މައުލޫމާތު ދެއްބާ ބޭރުގެ ތަޖުރިބާކާރުން:

- ކެރޯލް ލޭޒެލް، ޑިޖިޓަލް އީގަލް އެންޑް ޕްރޯ އެކްޓިވް އެންގޭޖްމަންޓް ޑައިރެކްޓާ ފޯ ބާކްލޭސް

- މޮރިސް ޕެންޓެލް، ކޮންފަރެންސް ޗެއާމަން އޮފް ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން އެންޑް އިންސްޓިޓިއުޓް (ސީއެކްސްއެފްއޯ)

- ވިލިއަމް ކާސަން، ޑިރެކްޓާ އޮފް މާކެޓް އެންގޭޖްމަންޓް ފޯ ޓެލެޕާފޯމެންސް

- އޮއިސިން ލަނީ، ޗީފް އިވާންޖެލިސްޓް އޮފް އޯޕަން މާކެޓް

- އަނަސް އަލްމާރީ، އޮފިޝަލް ލިންކްޑްއިން ސޮލިއުޝަންސް ޕާޓްނާ: ޓެލެންޓް، މާކެޓިން އެންޑް ސޭލްސް

- ވަފާ ހަމޫދީ، ސީނިއާ ޑައިރެކްޓާ ކަސްޓަމާ ކެއާ ފޯ ޒައިން ޓެލެކޮމްސް

- ދާތޯ އާރިފް ސިއްދީގު، ޗީފް އިންފޮމޭޝަން އޮފިސާ ފޯ ސްޓޭންޑާޑް ޗާޓާޑް ބޭންކް - މެލޭޝިޔާ

ކަސްޓަމާ އެކްސްޕީރިއަންސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރުގެ އެގްރީމަންޓްގައި ސޮއި ކުރުމުގެ ތެރެއިން ޒިޔާއު ސަމަދު (ކ) އަދި މިހާރުގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން ޝައްމޫން އަފީފް.-- ފޮޓޯ: މިހާރު

ކަސްޓަމާ އެކްސްޕީރިއަންސް ލީޑަރުންނާއި، ކަސްޓަމާ އެކްސްޕީރިއަންސް މަސައްކަތްތައް ކުރާ އައިޓީ މީހުންނާއި، ކަސްޓަމާ ޑޭޓާ އަދި އެނަލިސްޓިކްސް މެނޭޖަރުންގެ އިތުރުން ކަސްޓަމާ ސާވިސަސް އަދި ސަޕޯޓް މެނޭޖަރުންނަށް އަމާޒުކޮށްފައިވާ ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.

މި ކޮންފަރެންސްގައި ދޭނެ މައުލޫމާތުތަކުގެ ތެރޭގައި، ކުންފުނީގެ ސަގާފަތްތަކާ އެކު ވިިޔަފާރި ބަދަލު ކޮށްލާނެ ގޮތް ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން އާއި ކަސްޓަމަރުން ހިދުމަތްތައް ހޯދަން ހަރަކާތްތެރިވާ ގޮތް ދެނެގަތުމަށް ކަސްޓަމާ ޖާނީ މެޕިން ހަދާނެ ގޮތް ހިމެނެ އެވެ. އޭގެ އިތުރުން މުވައްޒަފުން ބާރުވެރި ކުރުވައިގެން ކޮންމެ ކަސްޓަމަރަކަށް ވެސް އަމިއްލަވަންތަ ތަޖުރިބާއެއް އިހުސާސް ކޮށްދެވޭނެ ގޮތަށް އެންޕްލޯއީ އެންގޭޖްމަންޓް ގެންގުޅޭނެ ގޮތްތަކުގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ހިދުމަތްތައް ދެވޭނެ އެންމެ ފަހުގެ ޓެކްނޮލިޖީތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

ކޮންފަރެންސްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7783303 އަށް ގުޅައިގެން ނުވަތަ sales@cxfo.mv އަށް އީމެއިލް ކުރުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.