އުރީދު އާއި ކޮކާކޯލާ އިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖެ އިން ކޮކާކޯލާ އަށް ލިބޭ ތަރުހީބު ފާހަގަކޮށް، ދިވެހިންނަށް ޝުކުރު އަދާކުރުމަށް އެ ކުންފުންޏާއި އުރީދޫ ގުޅިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


އަންނަ މަހުގެ 14 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކަސްޓަމަރުންނަށް ތަފާތު އިނާމުތައް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އުރީދޫގެ "އެމްފައިސާ ކޭޝް ބެކް" ފަދަ ގިނަ އިނާމުތައް ހިމެނެ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރަން ކުލައިގެ މަތިގަނޑުގައި ބަންދުކޮށްފައިވާ 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލްގެ ކޮކާކޯލާ ފުޅީގެ މަތިގަނޑު ދަށުގަ ޖަހާފައިވާ ކޯޑުންނެވެ. އެ ކޯޑު ހުށަހަޅަން ޖެހޭނީ އުރީދޫ އެމްފައިސާ އެޕްލިކޭޝަނުންނެވެ.

ރާއްޖޭގައި ކޮކާކޯލާ ވިއްކާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވީ، ކަސްޓަމަރުންގެ ހިތްހަމަ ޖެހުމަށް މުހިންމު ކަމެއް ދީގެން ޕްރޮމޯޝަންތައް ކުރިއަށް ގެންދަން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

ކޮކާކޯލާއިން އަންނަނީ ފިޒީ ޑްރިންކްތަކުގެ އިތުރުން މިނެޓް މެއިޑް ފަދަ ޖޫސްތައް ވެސް ރާއްޖޭގައި ވިއްކަމުންނެވެ.