ނަން ޖީއެމްއޯ ޓެމީސް ސީރިޔަލް: ހުރިހާ އުމުރަކަށް ވެސް ހާއްސަ!

ނަން ޖީއެމްއޯ ލޭބަލް ގައި ނެރޭ ކާނާގެ ބާވަތްތަކަކީ "ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް" ނުހިމެނޭ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ބާވަތްތަކެކެވެ. މާނަ އަކީ، ނަން ޖީއެމްއޯ ލޭބަލްގައި ނެރެފައި ހުންނަ ކާނާ އަކީ އޭގެ "ނަސްލަށް" ބަދަލު ގެނެސްފައި ނުވާ، ގުދުރަތީ ތާޒާކަންމަތީގައި ހުންނަ ބާވަތްތައް ކަމެވެ.


ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް ނުވަތަ ގުދުރަތީ ގޮތުން އުފެދިފައިވާ ނިޒާމަށް ލެބޯޓްރީގައި ބަދަލު ގެނެވިފައިވާ ތަކެއްޗަށް ވުރެ، ނަން ޖީއެމްއޯ ލޭބަލްގައި ނެރޭ ކާނާ ބޭނުން ކުރުމުން ސިއްހީ ގޮތުން ބޮޑެތިި ފައިދާތަކެއް ލިބެ އެވެ.

ހުރިހާ އުމުރަކަށް ވެސް ހާއްސަ، ނަން ޖީއެމްއޯ ޓެމީސް ސީރިއަލްގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކަނީ ޔުނައިޓަޑް ފުޑް ސަޕްލަޔާސް (ޔޫއެފްއެސް) އިންނެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންތަކެއް ވިއްކާ ކުންފުނިން ޓެމީސް ސީރިޔަލް ރޭންޖުގެ ޓެމީސް ސީރިޔަލްސް، ހަނީ ޕޮޕްސް، ޗޮކޯ ޕިލާސް، ނިޔުޓްރީ ފިޓް ބާސް އަދި އިތުރު ވައްތަރުތަކާއި ތަފާތު ސައިޒުތަކުގެ ޕެކެޓުތައް ވިއްކަ އެވެ.

ނަން ޖީއެމްއޯ ޓެމީސް ސީރިޔަލް، މިއީ "ޖެނެޓިކަލީ މޮޑިފައިޑް އޯގަނިޒަމްސް" ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ސީރިއަލް އެއް.

މާލެ، ހުޅުމާލެ އަދި މާފުށީގައި ހުންނަ ޔޫއެފްއެސްގެ ފިހާރަތަކުންނާއި ޕާކް އެންޑް ޝޮޕް، އިހުސާން ފިހާރަ، ޕޮލިސް ޝޮޕް، އަދި އެ ނޫން ވެސް އިތުރު މާޓުތަކަށް އަމާޒުކޮށްގެން ޓެމީސް ބްރޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ވެސް ޔޫއެސްއެފް އިން ކުރިޔަށް ގެންދެ އެވެ.

"ކެލޮގްސް"ގެ ކުންފުންޏެއް ކަމުގައިވާ މިސްރުގެ މަޝްހޫރު ސީރިޔަލް ކުންފުނި، މާސްފުޑްސް އިން، ސިއްހީ ގޮތުން ރައްކާތެރި މިންގަނޑުތައް ބަލައިގެން އުފައްދައިފައިވާ ނަން ޖީއެމްއޯ ޓެމީސް ސީރިއަލް ރާއްޖޭގެ އިތުރުން އަވައްޓެރި ސްރީ ލަންކާ އަށް އެތެރެކޮށް ވިއްކަނީ ވެސް ޔޫއެފްއެސް އިންނެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ