އެސްޓީއޯ ސުޕަމާޓުން ހޯލްސޭލް ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ ސުޕަމާޓްގެ ހޯލްސޭލް ސެންޓަރުން "ހޯލްސޭލް ޕްރޮމޯ"ގެ ނަމުގައި، ގަނޑުކޮށް މުދާ ނަގާ ވިޔަފާރިވެރިންނަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބަައިވެރިވެވޭނީ، ސުޕަމާޓްގެ ހޯލްސޭލް ސެންޓަރުން 1،500ރ. އިން މަތީގެ ވިޔަފާރިކުރާ މީހުންނަށެވެ. ޕްރޮމޯޝަނުގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ދޫކުރާ އިރު، ގުރުއަތުން އެއް ވަނަ އަށް ހޮވޭ މީހަކަަށް އިނާމެއްގެ ގޮތުން ހިޓާޗީ 18,000 ބީޓީޔޫގެ އޭސީ، 55 އިންޗީގެ ފިލިޕްސް ޓީވީ އަދި ސެންފޯޑު ޗިލާއެއް ލިބޭނެ އެވެ.

ދެ ވަނަ އަށް ހޮވޭ މީހަކަށް އިނާމެއްގެ ގޮތުން ހިޓާޗީ 12,000 ބީޓީޔޫ އޭސީ، 55 އިންޗީގެ ފިލިޕްސް ޓީވީ އަދި ވާވޭ ފޯނެއް ލިބޭނެ އެވެ. އަދި ތިން ވަނަ އަށް ހޮވޭ މީހަކަށް އިނާމެއްގެ ގޮތުން ހިޓާޗީ 9,000 ބީޓީޔޫ އޭސީ، 49 އިންޗީގެ ފިލިޕްސް ޓީވީއެއްގެ އިތުރުން ސެންފޯޑު މައިކްރޯވޭވް އަވަނެއް ލިބޭނެ އެވެ.

އެސްޓީއޯ ސުޕަމާޓުގެ ހޯލްސޭލް ސެންޓަރުން: ޕްރޮމޯޝަން ޚާއްސަ ކޮށްފައިވަނީ ސުޕްމާޓުން ރާއްޖެ އަށް އެތެރެކޮށް ހޯލްސޭލް ކުރާ 39 ބްރޭންޑުގެ އުފެއްދުންތަކަށް.

އޭގެ އިތުރުން ވެސް 10 ނަސީބުވެރިން ހޮވައި އިނާމު ދޭނެ އެވެ. އެ މީހުންނަށް އިނާމުގެ ގޮތުގައި ލިބޭނީ އެސްޓީއޯ ސުޕަމާޓުން ރާއްޖެ އެތެރެކުރާ ބްރޭންޑްތަކުގެ ތެރެއިން ކޮންމެ ވެސް ބްރޭންޑެއްގެ ކޭހެކެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ޚާއްސަ ކޮށްފައިވަނީ ސުޕަމާޓުން ރާއްޖެ އަށް އެތެރެކޮށް ހޯލްސޭލް ކުރާ 39 ބްރޭންޑުގެ އުފެއްދުންތަކަށް ކަމަށެވެ. އެ ބްރޭންޑްތަކުގެ ތެރޭގައި ޔޫރަޕް، އޭޝިޔާ، މެދުއިރުމަތި އަދި އެފްރިކާ ބައްރުގެ ބްރޭންޑްތައް ހިމެނެ އެވެ. އަދި އެ އުފެއްދުންތަކުގެ ތެރޭގައި ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ، ބާސްމަތީ ހަނޑޫ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ޓޮމާޓޯ ޕޭސްޓް، ކޯން ފްލެކުސް، ސްޕެގެޓީ، ރައިބީނާ، ޑްރިންކިން ޔޯގަޓް، ސައިފަތް އަދި އަނބު ދަޅު ހިމެނެ އެވެ.