ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

މިދިޔަ އެޕްރީލް މަހުން ފެށިގެން މެއި 15ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ލުއި ލޯނު ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.


ބީއެމްއެލް އިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވާފައި ވަނީ ށ. މިލަންދޫ، މެޑޯޒް އައިޝަތު ޒީނާ އެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި 50،000ރ. ގެ ފައިސާގެ އިނާމެއް އެ ބޭންކުން ވަނީ ނިންމައިފަ އެވެ.

އެ ބޭންކުން ބުނީ ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2،300 އަށް ވުރެ ގިނަ މީހުންނަށް ލުއި ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އެ ބޭންކުން 20،000ރ. އިން ފެށިގެން 100،000ރ. އާ ހަމަޔަށް ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރު މުދަލެއް ބަހައްޓާކަށް ނުޖެހެ އެވެ. އަދި ގެރެންޓާއެއް ވެސް އަދި ކޮޓޭޝަނެއް ވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެ އެވެ.