އެސްޖޭ ކެމްއަށް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް

އެސްޓީއޯ އިލެކްޓްރޯނިކްސް އިން ބޮޑު އީދާ ދިމާކޮށް "އެސްޖޭ ކެމް"ގެ ޕްރޮމޯޝަން ފަށައިފި އެވެ. މިޕްރޮމޯޝަންގައި ގަންނަ ކޮންމެ އެސްޖޭ ކެމް އަކަށް 20 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބެ އެވެ.


އެސްޖޭ ކެމްއަކީ އެކްޝަން ކެމެރާގެ މާކެޓްގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ބްރޭންޑެވެ. އެ ކެމެރާއަކީ ދަތުރު ގޮސް އުޅޭއިރު އަދި ކުޅިވަރު ކުޅޭއިރު ފޮޓޯ ނަގަން ބޭނުންކުރަން ހާއްސަ ކެމެރާއެކެވެ. މި ކެމެރާ ވޯޓަޕްރޫފްކޮށް ވެސް ބޭނުން ކުރެވެ އެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސް އިން އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 8 ގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި ގަންނަ ކޮންމެ އެސްޖޭ ކެމް އަކާއެކު ހިލޭ ސެލްފީ ސްޓިކް އަދި ވޯޓަ ޕްރޫފް ކޭސްއެއް ލިބެ އެވެ.

އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަންގައި އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ފޮޓޯ މުބާރާތެއް ކުރިއަށްދަން ނިންމާފައިވާ ކަމަށެވެ. އަދި އެ މުބާރާތުގައި އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމްގައި އެސްޖޭ ކެމް ފްރޭމްއާއެކު ފޮޓޯ ނަގައި، އިންސްޓަގްރާމަށް އަޕްލޯޑްކޮށްގެން އެންމެ ގިނަ ލައިކްސް ލިބޭ ފަރާތަކަށް އެސްޖޭ އެކްޝަން ވައިފައި ކެމެރާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ފޭސްބުކްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އެންޑް އިލެކްޓްރޯނިކްސް ޕޭޖްގައި އެސްޖޭ ކެމްގެ ޝެއާ އެންޑް ވިން ކޮންޓެސްޓެއް ވެސް ކުރިއަށްދަން ވެސް ހަމަޖައްސާފައިވެ އެވެ.

އެސްޓީއޯ އިން ބުނީ ޕޯސްޓަރު ޝެއަކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް އެސްޖޭ ހަ ލެޖެންޑް ކެމެރާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޖޭ ކެމްއަކީ އެސްޓީއޯއިން މިއަހަރު ފެބްރުއަރީ ގައި ހުޅުވި އިލެކްޓްރޯނިކްސް ޝޯރޫމަށް އަލަށް ތަޢާރަފްކުރި ބްރޭންޑެކެވެ.