އައްޑޫގެ ގުޅިފައިވާ ރަށްތައް. އެ އަތޮޅުގެ ޓޫރިޒަމް ޒޯންތަކުން ބިން ދޫކުރަން ވަނީ ހުޅުވާލާފައި.
އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯންގެ ދަށުން ކަނޑައަޅާފައިވާ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ން މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ބިޑް ހުށަހަޅަން ޖެހެނީ އެ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރައިން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކުންނެވެ.
އެމްއައިޓީޑީސީން އެ މަޝްރޫއުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 27ގެ ނިޔަލަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ބިޑް އިވެލުއޭޓްކުރުން ކުރަން ނިންމާފައި ވަނީ އޮކްޓޯބަރު 1 ން 4 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއަށް ޝައުގުވެރިވާ ފާރާތްތަކަށް އެ ކޯޕަރޭޝަނުންނާއި އައްޑޫގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ ގައި ހުންނަ "ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން ބިޑްފޮތް އަންނަ ހޯމަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް ވިއްކާނެ ކަމަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއައިޓީޑީސީން ބުނީ ބިޑްތައް ހުޅުވާނެ ތަން، ބިޑް ބަލައިގަންނަ ފަރާތްތަކަށް އެ ކޯޕަރޭޝަނުން އަންގާނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
14 September 2018
ފުޅާވެފައިވާ ޤައުމީއެއަރލައިންގެއުފެދުމަކީ އައްޑޫ މީހުންކަމުގައިވިޔަސް ގެއްލުމުގައި މާލެ ޗެންނާއީ، ޑެއްލީ، ޑާކާ އަދި އެހެންބަޔަކަށްބޮޑުފައިދާވާގޮތަށް ޗައިނާއަށް ދަތުރުކުރާއިރު ގަމުން ބޭރަށްއުދުހުންވަނީ ހަރާމްކޮށްފަ. . . ރިސޯޓާއިގެސްޓްހައުސްގެ ވާހަކަދައްކާސަރުކާރަކީ ސިލޯނުއެއަރލައިން ގަމަށް ޝެޑިއުލްދަތުރުފައްޓާންއުޅުމުން އެކަން ވިޔަނުދިނުމަށް އެކަމަށް ހުރަސްއެޅިބައެއް. ތިއީ ވޯޓްފޮށީގެ ބޭރުގައިލާ ކުލައެއް އައްްޑޫ ކަނޑުގައި އަޅާ ރޮނގެއްފަދަ ކަމެއް.
ދދދދ
13 September 2018
ގޯތި ނުދެެންޏާ ވޯޓު ނުދޭނަން. މިދައްކަނީ އަލިފާންފޮށި ކޮތަރު ކޮށި ވާހަކައެއްނޫން.
އިލަބޯ
13 September 2018
ކޮބައިތަ ރައިސް ޔާމީނު ބަރެސްދޫގަ ހަދަންބުނި ގެސްހައުސް އައިލެންޑު އެކަން ތޮޅިޔައް ދިއައީތަ
ބެއްޔާ އައްޑޫ
13 September 2018
ތިޔަފަދަ ބޮޑެތި ކަންކަމަށް ހުޅުވާލާއިރު އެކަށީގެންވާ ވަގުތު ނުދީ ތިއަ ގެންދަވަނީ ހަމަ ރައީސް މީހާގެ ހިކުމަތު އަމަލީގެ ދަށުންތޯ. ވިސްނަވާ ކުދިންނޭ އެމްއެމްޕީއަރުސީ މައްސަލައިގަވެސް ހުރިހާ ކަމެއް ކުރީ އަދީބުކަމަށް މީހަކު ބުނި. މިއަދު ތިޔަ ކުދީން ތިޔަ ކުރާ ކަންތައްތައް މާދަމާ ބައްދަލުކުރާނެ. އެދުވަހު ހުންނާނީ ތިމާ އެކަނި
ސައްތާރު
13 September 2018
ކީއްވާނީ ގޯތި ގެދޮރު ނެތް އާއިލަ ތަކަށް ގޮޓި ދިނިއްޔާ. ރާއްޖެގެ ބިން ބޮޑު އަތޮޅޔ ތަކުން އެއް އަތޮލޭ ކިޔާނެ. މީން ޒަމާނަކު ރައްޔިތުންނަށް ބިން ދޫކުރީ އެއް ނޫން.. ދެ ން އަލިފާފޮށި ވަރުގެ އެޕާރޓްމެންޓް ގޮޅި ދިނީމަ ހީވަނި އަހަރުމެން ވ އުފާ ވާނެ އޭ. ނުދޭނަން ވޯޓް އެއް ރައްޔިތުންގެ ބޮލަށް ތި ޗިޕެއް ވެސް ނުޖޭހޭނެ.
ރތޔޔޔ
13 September 2018
ތިޔަކަން ކުރަން ޖެހޭނީ އައްޑު ރައޔްިުތން. މާލޭ ބޭފުޅަކު ބޭނުންގޮތަކަށް މިހާރުވެސް ތިބި މާލެ މަހުޖަނުްނަށް ބަހާލަން ތިއުޅެނީ. ތީތި ރައްޔިތުން ހިއްސާވާ ގޮތަށް ހިންގޭނެ އައްޑޫގެ ދަރިން އެބަތިބި!
ފާސްނުވާ ޑރ
13 September 2018
ޗިޕް ހިޔެއްނުވޭ ވޯކްއްއުޓް ވާނެހެން... ކޮންމެސް އެހެންކަމަކާގެން އުލުއްވާ... އައްޑޫ ބޭފުލުން ބުނީ ވޯޓެއް ނުލިބޭނެޔޯ....