ޔުނައިޓެޑު ފިހާރައިން ލޯޔަލްޓީ ކާޑެއް ތައާރަފް ކުރަނީ

"ޔުނައިޓެޑް" ފިހާރައިގެ ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ކާޑެއް ތައާރަފް ކުރަން ނިންމައިފި އެވެ.


މާލޭގެ ހިތަށްފިނިވާމަގުން ސަލަތައި ރެސްޓޯރަންގެ އިރުމަތީ ކޮޅުގައި ހުންނަ ޔުނައިޓެޑު ފިހާރައިން ބުނީ، ލޯޔަލްޓީ ކާޑު ތައާރަފް ކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެ ފިހާރައިގައި ބާއްވާ ޚާއްސަ ހަފްލާއެއްގައި ކަމަށެވެ.

ޔުނައިޓެޑް ފިހާރައިގެ ކަސްޓަމަރުންނަށް ހުޅުވައިލާ ލޯޔަލްޓީ ޕްރޮގްރާމްގައި އާންމުކޮށް ބައިވެރިވެވޭނީ 500 ރުފިޔާގެ ވިޔަފާރިއެއް ކުރުމުންނެވެ. ނަމަވެސް، މަޝްހޫރު ލަވަކިއުންތެރިޔާ އަބްދުﷲ ރަޝީދު (އަބްސީ) ގެ ލައިވް މިޔުޒިކާ އެކު ހޮނިހިރު ދުވަހުގެ ރޭ 8 އިން ފެށިގެން ބާއްވާ އިވެންޓުގައި ދާ މީހުންނަށް އެއްވެސް އަގަކާ ނުލައި ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ.

ޔުނައިޓެޑުން ތައާރަފް ކުރާ ލޯޔަލްޓީ ކާޑު.-- ފޮޓޯ: ޔުނައިޓަޑް ފުޑްސް

ޔުނައިޓެޑު ފިހާރައިން ބުނިގޮތުގައި، މިއީ "ޔުނައިޓެޑް ޕްރިމިއަމް" ފިހާރައިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް، އަދި ދުޅަހެޔޮ ސިއްހަތައް ލޯބި ކުރާ ހުރިހާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ޔުނައިޓެޑުން އަލަށް ރާއްޖެ އެތެރެކުރާ ސްވިޒަލޭންޑްގެ މަޝްހޫރު "ހީސްޓެންޑް" ބްރޭންޑްގެ ޕްރީމިއަމް ބޭކަރީ އުފެއްދުންތައް ވެސް ހޮނިހިރު ދުވަހުގެ ރޭގެ ހަފްލާގައި މާކެޓަށް ނެރުން އޮންނާނެ އެވެ.

ދުނިޔޭގެ އެތައް ގައުމެއްގައި ކަސްޓަމަރުންގެ އިތުބާރާ އެކީ، ރަހަ އަށް ތަފާތުކަމެއް ނެތި ވިއްކަމުން އަންނަ "ހީސްޓޭންޑް" ބޭކަރީ އުފެއްދުންތަކުގެ ރަހަ ބަލައިލުމުގެ ފުރުސަތު އެ ރޭ ލިބޭނެ އެވެ. އެގޮތުން، ގްލޯރިއާ ޖީންސްގެ ރާއްޖޭގެ ހުރި ހުރިހާ އައުޓްލެޓެއް ގައި ވެސް މިވަގުތު ލިބެން ހުންނަ "ހީސްޓޭންޑް" އުފެއްދުންތައް ޔުނައިޓެޑު ފިހާރައިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ލިބެން ހުންނާނެ އެވެ.