ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ތިމަރަފުށްޓަށް ތައާރަފްކޮށްފި

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް ތ. ތިމަރަފުށްޓަށް މިއަދު ތައާރަފް ކޮށްފި އެވެ.


ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނައިރު، ތިމަރަފުށީގެ އިތުރުން އެ ޚިދުމަތް އެންމެ ފަހުން ފޯރުކޮށްދިނީ ތ. އަތޮޅު ގުރައިދު އާއި ށ. މިލަންދު އަށެވެ.

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބާ ޓު ދަ ހޯމް" ގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އެހެން 41 ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

ފައިބާ ބްރޯޑް ބޭންޑަކީ، ބްރޯޑް ބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑް ބޭންޑް ޚިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖާ އެކު ރާއްޖޭގައި މިވަގުތު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ބްރޯޑް ބޭންޑްގެ ޚިދުމަތެވެ. އެ ޚިދުމަތް މިހާރު ގދ. ގައްދޫގެ އާންމުންނަށާއި ވިޔަފާރިތަކަށް ފުރިހަމަ އަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑް ބޭންޑް ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން، އެ ޕްރޮމޯޝަންގެ ދަށުން ގޭގެ އަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރި އަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.