ނިއު އޭޖްގެ ކްރެޝަލް، ކޮލިޓީ ފާހާނަ ފިޓިން ބްރޭންޑެއް!

ނިއު އޭޖް އަންލިމިޓެޑަކީ 1998 އިން ފެށިގެން ރާއްޖޭގައި، ފާހާނަ ސާމާނުގެ ފެންވަރު ރަނގަޅު، އަދި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ތަޢާރަފްކޮށް ވިއްކަމުންދާ ކުންފުންޏެކެވެ. މިގޮތުން ރިސޯޓް، ޓޫރިސްޓް ހޮޓާ، ގެސްޓް ހައުސްތައް، އަދި އާންމު ގޭބިސީތަކާއި އެހެނިހެން ވެސް ޕްރޮޖެކްޓްތަކަށް ބޭނުންވާ މި ބާވަތުގެ ސާމާނު އަންނަނީ ފޯރުކޮށްދެމުންނެވެ.


ނިޔު އޭޖް އަންލިމިޓެޑްއިން ވިއްކަމުންދާ، ފެން އިސްކުރާއި ވޭލު، ޝަވަރު އަދި އެހެނިހެން ފިޓިންސް ހިމެނޭ ސިންގަޕޫރުގެ 'ކްރެޝަލް' އަކީ 2000 ވަނަ އަހަރު ތެރޭގައި އުފެއްދި ބައިނަލްއަގްވާމީ ފެންވަރުގެ، އަދި ފާހާނަ ފިޓިންސް އުފެއްދުމުގެ އެންމެ އުހުގައިވާ ޖަރުމަނުގެ ތަރިކަ އެކުލެވޭ ކޮލިޓީ ބްރޭންޑެކެވެ. މި ބްރޭންޑްގެ އެންމެ މުހިންމު އަސާސަކީ، ދިރިއުޅުމުގެ ވައްޓަފާޅި އާއި، ފާހާނަ ޑިޒައިންކުރުމާއި، ރީތިކޮށް މި ދާއިރާ އަށް ފުރިހަމަ ބަދަލުތަކެއް ގެނެސް، އަދި މި ދާއިރާ އަށް އަންނަމުންދާ ބަދަލުތަކަށް ފެތޭ ފެންވަރު ރަނގަޅު ޒަމާނީ އުފެއްދުންތައް އަބަދުވެސް ތަޢާރަފް ކުރަމުން ގެންދިޔުމެވެ. އަދި މި ބްރޭންޑްގެ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިޔުޓަރުގެ ގޮތުން ނިޔުއޭޖްގެ އަމާޒަކީވެސް، މިފަދަ އުފެއްދުންތަށް އަބަދުވެސް ފޯރުކޮށްދެމުން ގެންދިޔުމެވެ.

ޕޮރްޑަކްޓް ރޭންޖް

ކްރެޝަލް ބްރޭންޑް އުފައްދާ ސިންގަޕޫރުގެ ސުމް އިންޓަނޭޝަނަލްއަކީ ފާހާނަ ފިޓިންސް އުފެއްދުމާއި މާކެޓް ކުރުމުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ. މިގޮތުން އެ ކުންފުނިން ވަނީ ކްރެޝަލް ބްރޭންޑް ދުނިޔޭގެ މާކެޓަށް ނެރެ، ނަން މަޝްހޫރު އެހެނިހެން ބްރޭންޑްތަކާ ވާދަކުރާ، އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ ކޮލިޓީ ރަނގަޅު އުފެއްދުމަކަށް ހަދާފައި ވެއެވެ.

ނިއުއޭޖް އަންލިޓަޑްގެ ކްރެޝަލް ބްރޭންޑް ފާހާނަ ތަކެތި | ފޮޓޯ: ނިއުއޭޖް އަންލިމިޓަޑް

ޕްރޮޖެކް ރިފަރެންސް

ދިވެހިރާއްޖެ، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ސިންގަޕޯ، އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، ޔޫއޭއީ އަދި މިނޫން ވެސް އެހެނިހެން ގައުމުތަކުގައި ކްރެޝަލްގެ އުފެއްދުންތައް ދަނީ ބޭނުންކުރަމުންނެވެ. ފޯސީޒަންސް، ޝެރަޓަން، މެރިއޮޓް، އަދި ޑަބްލިޔު ހޮޓެލްސް ފަދަ ދުނިޔޭގެ އެކިކަންކޮޅުގައި ހިންގާ ނަން މަޝްހޫރު ހޮޓާ ޗެއިންތަކުގެ ފާހާނަތަކުގައި ކްރެޝަލް ބްރޭންޑްގެ ފިޓިންގްސް ބޭނުން ކުރެވެމުންދާކަމީ މި ބްރޭންޑަށް ލިބިފައިވާ އިތުބާރާއި ޔަގީން ކަމުގެ ހެއްކެއް އަދި ޚާއްސަ ފަހުރެކެވެ. މިގޮތުން ކްރެޝަލް ވެގެންދަނީ ހުރިހާ ގިންތިއެއްގެ ބޭނުންތަކަށް ވެސް ފެތޭ، ތަފާތު ގިނަ ޑިޒައިންތަކާއި ވައްތަރުތައް ލިބެންހުރި ފުރިހަމަ ބްރޭންޑަކަށެވެ.

ނިއުއޭޖް އަންލިޓަޑުން ވިއްކާ ކްރެޝަލް ބްރޭންޑް ފާހާނަ ސެޓް | ފޮޓޯ: ނިއުއޭޖް އަންލިމިޓަޑް

ޝަވަރު އެސެމްބްލީ

މިގޮތުން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވޭ މަގުބޫލު އެއް ޕްރޮޑަކްޓަކީ، ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރެވޭނެ ގޮތަށް ޑިޒައިން ކޮށްފައިވާ ކްރެޝަލްގެ ރެއިން ޝަވަރު އެސެމްބްލީ ސެޓް. ތަފާތު އެކި ޑިޒައިންތަކުގެ ރެއިން ޝަވަރު ހެޑް އަދި ހޭންޑް ޝަވަރު އެކުލެވޭ ސެޓްތައް ހިމެނޭ މި ޝަވަރު ސެޓްތައް ބައްލަވައިގަތުމުގައި އެ ކަސްޓަމަރެއްގެ ބޭނުމަށް އެންމެ އެކަށޭނަ އަދި އެންމެ ހިތްހަމަޖެހޭ ޑިޒައިނެއް އިޚްތިޔާރު ކުރުމަށްޓަކައި ތަފާތު އެކި މޮޑެލްތައް ލިބެން ހުންނާނެ އެވެ. ހޫނު އަދި ފިނިފެން ގުޅާލެވޭ ޝަވަރު މިކްސަރަކާ އެކު، ނުވަތަ އެއްފެނުގެ ވޭލަކާއެކު، ނުވަތަ އިންޑޯ ވޯޓާ ހީޓަރަކާ ވެސް ފަސޭހައިން ގުޅާލެވިދާނެ އެވެ. އަދި މީގެ އެންމެ ޚާއްޞަ އެއްކަމަކީ، ވަރަށް ފަސޭހައިން ހަރުކޮށްލެވޭ ގޮތަށް ޑިޒައިން ކުރެވިފައި ހުރުމެވެ. އާ ފާހާނައަކަށް ވިއަސް އަދި މިހާރު ބޭނުން ކުރަމުންދާ ފާހާނައެއްގެ ފިޓިންގްސް އާކޮށްލުމަށް ކަމަށް ވިއަސް، ފެންވައިރިން އަށް މާބޮޑު ބަދަލެއް ނުގެނެސް އަދި ގިނަފަހަރަށް އެއްވެސް ބަދަލަކާ ނުލާ ގުޅާލެވޭ ގޮތަށް ހުރުމެވެ.

ނިއުއޭޖް އަންލިމިޓަޑުން ވިއްކާ ކްރެޝަލް ބްރޭންޑްގެ ފާހާނަ ފިޓީންގް | ފޮޓޯ: ނިއުއޭޖް އަންލިމިޓަޑް

ނިއު އޭޖް ޝޯރޫމް

ކްރެޝަލް ބްރޭންޑްގެ ފިޓިންސް ރާއްޖޭގައި އެކްސްކްލޫސިވްކޮށް ޑިސްޓްރިބިއުޓްކޮށް މާކެޓް ކުރަމުންދާ ނިޔު އޭޖްގެ ޝޯރޫމުން ކްރެޝަލް ޕްރޮޑަކްޓްސް ލިބެން ހުންނާނެ އަދި ޕްރޮޑަކްޓް ރޭންޖްގެ ޑިސްޕްލޭއާ އެކު ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތާއި އަދި އެހެނިހެން ޚިދުމަތްތައް ވެސް ފޯރުކޮށްދޭނެ އެވެ. ނިޔު އޭޖްގެ ޝޯރޫމް އަދި އޮފީސް ހުންނާނީ މަޖީދީމަގުގައި ހެންވޭރު ބޯޅަދަނޑުގެ އިރުން މަގުގެ އަނެއްފަޅީގަ އެވެ.