މީރާ މެދުވެރިކޮށް މިދިޔަ މަހު 985 މިލިއަން ދައުލަތަށް ލިބިއްޖެ

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް 985 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.


މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 985 މިލިއަން ރުފިޔާއަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 5.3 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ވެސް 5.2 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު ފައިސާގެ އެންމެ ބޮޑު ޕަސެންޓަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 643 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 65 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބުނީ އެހެނިހެން ފީގެ ގޮތުގައި ލިބުނު ފައިސާ އިންނެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ މަހު ލިބުނު ފައިސާގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 39 މިލިއަން ޑޮލަރެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ