ދިރާގު ހައި ސްޕީޑް ފައިބަ އިންޓަނެޓާއި، ޓީވީގެ ހިދުމަތް ހަނިމާދު އާއި ހޯރަފުއްޓަށް ތައާރަފްކޮށްފި

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް ހދ. ހަނިމާދުއަށާއި، ހއ. ހޯރަފުއްޓަށް ތައާރަފްކޮށްފި އެވެ.


ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނައިރު، ތިމަރަފުށީގެ އިތުރުން އެ ޚިދުމަތް އެންމެ ފަހުން ފޯރުކޮށްދިނީ ތ. އަތޮޅު ގުރައިދޫ، ތިމަރަފުށި އަދި ށ. މިލަންދު އަށެވެ.

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބާ ޓު ދަ ހޯމް" ގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އެހެން 41 ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ.

ހއ. ހޯރަފުށީގައި ދިރާގު ޓވީ އަދި ހައި ސްޕީޑް ފައިބާގެ ހިދުމަތް ތައާރަފް ކުރުން | ފޮޓޯ: ދިރާގު

ފައިބާ ބްރޯޑް ބޭންޑަކީ، ބްރޯޑް ބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑް ބޭންޑް ޚިދުމަތަކީ 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ އެއް ޓީބީގެ ޕެކޭޖާ އެކު ރާއްޖޭގައި މި ވަގުތު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ބްރޯޑް ބޭންޑްގެ ޚިދުމަތެވެ. އެ ޚިދުމަތް މިހާރު ގދ. ގައްދޫގެ އާންމުންނަށާއި ވިޔަފާރިތަކަށް ފުރިހަމަ އަށް ލިބެމުންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ މިދިޔަ މަހު ފިކްސްޑް ބްރޯޑް ބޭންޑް ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން، އެ ޕްރޮމޯޝަންގެ ދަށުން ގޭގެ އަށް ފައިބާ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރި އަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.